މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ނޭދެވޭ އަސަރުތައް ރާއްޖެއަށް ފޯރައި ދިވެހިންގެ އަތުން ރާއްޖެ ބީވެގެން ހިނގައިދާނެކަމަށް ވިދާޅުވެ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ރާއްޖެފަދަ ކުދި ޤައުމުތަކަށް އޮތް މިންވަރު ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހާރު ރާއްޖޭން ބޭރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އދ. އަށް ޒިޔާރަތް ކުރައްވާ އެތަނުގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވެފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މުރަކަތައް ހަލާކުވެ، ސާފުފެނާއި ލޮނުފެން އެކުވެ، ތަޣައްޔަރުވަމުންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ލޭނާރުކަމަށްވާ މަސްވެރިކަމަށްވެސް ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވެފައި ވެއެވެ.

ޝާހިދުގެ ވާހަކަފުޅު ފެއްޓެވީ އެމަނިކުފާނު އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދިމާވި އައިޝާ ކިޔާ ކުއްޖާއާއި ބައްދަލުވެ އެމަނިކުފާނާއި އެ ކުޑަ އަންހެން ކުއްޖާއާއި ދެމެދު ދެކެވުނު ވާހަކައިންނެވެ.

އެމަނިކުފާނު ވިދާޅުވެފައި ވަނީ މި ކުޑަކުއްޖާއަށް އަޅުގަނޑުމެންނަށް ކޮންމެވެސް ބޭނުންތެރި ކަމެއް ކޮށްދެވިދާނެބާއޭ ހިތާ ސުވާލުކޮށްލެވުނު ކަމަށާއި އެކުއްޖާއަށް އެހީތެރިވެ އެ ކުއްޖާ ދެކޭ ހުވަފެންތައް ޙަޤީޤަތަކަށް ހެދިދާނެބާއޭ ހިތައް އެރި ކަމަށެވެ. އަދި އެ ކުއްޖާ ބޭނުންވަނޭ މުސްތަޤުބަލާއި އަމާން ރައްކާތެރި މާހައުލެއް ހޯދައިދެވިދާނެ ބާއޭ ހިތައް އެރިކަމަށްވެސް އެމަނިކުފާނު ވިދާލުވެފައި ވެއެވެ.

"މިހާރު ދުނިޔޭގައި އޮތް ހާލަތައް ބަލާއިރު މުސްތަޤުބަލެއް ހޯދައިދެވޭކަށް ނެތް،" މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެފައި ވެއެވެ.

2007 ވަނަ އަހަރު މުސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން އދ. ސެކިއުރިޓީ ކައުންސިލަގައި ދެއްކެވި ވާހަކަފުޅު ތަކުރާރު ކުރައްވަމުން ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ބޮދުވެ، ރާއްޖެއަށް އެތައް ގެއްލުމެއް ލިބެމުންދާ ކަމަށެވެ. ޝާހިދު ވިދާޅުވީ އޭރުގެ އދ. ގެ ސަލާމަތީ މަޖިލީހުގެ ސަމާލުކަމަށް، ކަނޑުގެ ލޮނުގަނޑު ދެމީޓަރަށް އުފުލޭ ހިސާބުން ރާއްޖެ އަޑިއަށް ދާނެކަމުގެ ބިރުހީވެފައިވާކަން ގެނެސްފައިވާނެ ކަމަށާއި މިއަދުވެސް އެވާހަކަ ތަކުރާރުކުރަން ޖެހިފައިވާ ކަމަށެވެ. މިހެން ޝާހިދު ވިދާލުވެފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކަނޑުގެ ލޮނުގަނޑު ބޮޑުވާނޭކަމަށް ސައިންސްވެރިން ކޮށްފައިވާ އަންދާޒާ އަކަށެވެ.

ރާއްޖެއަކީ މި ދުނިޔޭގެ އެންމެ ތިރި ޤައުމެވެ.

"ކައުންސިލް ގައި 12 އަހަރުފަހުން އަނެއްކާވެސް މި ވާހަކަތައް އަލުން ތަކުރާރު ކުރަން މި ޖެހޭއިރު، އަޅުގަނޑުމެންގެ މުސްތަޤުބަލު އޮތީ ޚިޔާލުވެސް ނުކުރާހާ ގޯސްކޮށް" ޝާހިދު ވިދާޅުވެފައި ވެއެވެ.

"އަޅުގަނޑުމެން އަބަދު ކެތްކޮށްގެން ތިބެވޭކަށް ވަގުތެއް ނެތް، މޫސުމަށް އަންނަ ބަދަލުތަކަށް ދުނިޔޭގެ ފެންވަރުގައި ހައްލެއް ގެނެސް، ފިޔަވަޅުތަކެއް އަޅަން ޖެހޭ، އަޅުގަނޑުމެން އެއްބަސްވާނެ ޖެހޭ މިކަމުގެ ސަބަބުން ދުނިޔޭގެ ސުލްޙަ އަށާއި ސަލާމަތައް އަސަރު ކުރާކަން،" ޝާހިދު އިތުރައް ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހޭލާ

    މުސްތަގުބަލެއް ނެތިއްޔާ ގައުމު ދަވާލަންވީނު އަވަހަށް

  2. Anonymous

    ތިޔައީ މިވެރިން އަބަދުވެސް ވެރިކަމަށް އައުމުން ދައްކާ ވާހަކައެއް،

  3. ???

    މާތްﷲ ވޮޑިގެންވާކަން ގަބޫލު ނުކުރާމީހުން ތި ހައްތާވެސް ދެން ހިތުން ތިދައްކަނި ވަރަށް މޮޅުވާހަކައެއް ދޯ އަވަހައް ގައުމު ވިއްކާލާ ބުދުދީނުގެ އަހުލުވެރިންނަށް އިންޑިޔާ މީހުން ތިކާރިކުރަނި އެހެްވެގެން

  4. ކާފު

    ރާއްޖެ ނެތިދާނީ އެމްޑީޕީ ލާދީނީ ފިކުރާހެދި

  5. ޣާދިރު

    މީ ކޮންތާކު ދެއުޅިއެއް ނުވާ ވާހަކަ ދައްކާ ކުއްޖެއްބާ..މިފަދަ ކަމެއް މާތްﷲ މިގައުމައް ނުޖައްސަވާށި..

  6. މަޚުމާ

    އެތަކެއް ގަރުނުއެއްވީ އިރުވެސް ރާއްޖެ މާތް ﷲގެ ހެއު ރަޙުމަތްފުޅުން މިއަދާ ހަމައަށްވެސް އިބައޮތެވެ. ކުއްލިއަކަށް ރާއްޖެ ނެތިދާނެކަމުގެ ބިރު ޝާހިދުއަށްވެގެން މިއުޅޭނީ ކިހިނެއް ވެގެންބާ! ކުރެވޭ ދީނާ ޚީލާފު ކނަތައްތަކުގެ މަތިން ހަދާންވަނީ! އެހެނެއނޫންވާނީ ވެރިކަން ލިބުމާއެކު ދިޔައީ ގެރި މޯދީކައިރިއަށް މޯދީއަކީ ގުޖުރާތުގެ އަހުމަދު އާބާދުގައި ހިންޑޫން ހިންގި ފަސާދައިގައި 6000 މުސްލިމުން ކަތިލި މީހެއް!

  7. އަހްމަދު

    ޝާހިދުވެސް އެންމެފުރަތަމަ ﷲ ގެކުޅަދުންވަންތަކަންހިތައްގެނެސް އެކަލާންގެމިންވަރުފުޅައްއީމާންވާންދަސްކުރޭ ﷲ މިންވަރުފުޅުގަ ތިޔަކަންތިޔަގޮތައްއޮތްނަމަ އެބަދަލުކުުމަކީ ޝާހިދައްކުރެވޭނެކަމެއްނޫން

  8. ޒާހިރު

    މީގެ އެތަކެއް މިލިއަން އަހަރުކުރިން އެމޭޒަން ޑެޒަރޓް އަކީވެސް ކަނޑު އަޑީގެ ތަނެއްކަން ސައިންޓިފިކް ހޯންޔަކުން އެބްއެނގޭ. ބައެއްފަހަރު އެއްގަން ކަނޑަށްވެ އަނެއްބައިފަހަރު ކަނޑު އެއްގަމަށް ވުމަކީ ނުހުއްޓުވޭނެކަމެއް.

  9. ދިއްގާ

    ހެހެހެ ތީ ކަލޭމެން އިންޑިއާ އާ ގުޅިގެން ޖައްސާ ގޭމެއް. ރާއްޖެ އަޑިއަށް ދާކަމަށް ކިޔައިގެން އިބްޑިއާގެ ހަނަފަސް×ރާޖިސްތާނުން ރާއްޖެ ތެރޭ މީހުނަށް ބިންކޮޅަކާ، މާލޭ މީހުނަށް ޔޫކޭ އަދި އޮސްޓްރޭލިޔާއިން ބިންކޮޅެއް ހޯދައިގެން ދިވެހިރާއްޖެ އިންޑިއާއާ އެމެރިކާގެ އަސްކަރީ ބޭހަކަށް ހެދުން ކަލޭމެންގެ މަކަރުވެރި ރޭވުން. އެކަމުގެ ބަދަލުގައި ކަލޭމެންގެ ޖީބާ ޔޫކޭ އެކައުންޓްތައް އިންޑިއާގެ ކުންފުނިތައް މެދުވެރިކޮށް ފުރާލާ ގޮތަށް އޮތީ. ތި މަކަރުވެރިކަމުގެ ހަގިގަތް ރައްޔިތުންނަށް ވަރަށް ސާފު

  10. ޑެއިލް

    މިގައު އޮންނަތާ 800އަހަރުވެއްޖެ. މޫސުމަށް އަންނަ ބަދަލުން ދުނިޔޭގެ ހުރިހާ ގައުމުތަކަށް ބޮޑެތި ގެއްލުންވޭ. މިގައުމު އަޑިޔަށް ގޮސްދާނެތީ އެހީއަށްއެދި ގޮވާ އެމެރިކާގެ ހާލު ރާއްޖއަށްވުރެ ބޮޑު. ކިތައްމެ ބިރުގަތަސް މަރުވާނެ.

  11. ހުސައިން

    ވެރިކަމް ލިބޭއިރަށް ކޮންމެފަހަރަކު ރާއްޖެ އަޑިއަށް ދަނީއޭ ކިޔައިގެން މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަނީ...ތީ ބޮޑުވަރު