ލާމަރުކަޒީ ގާނޫނު އިސްލާހް ކުރާއިރު، ހުޅުމާލެ އިން 5000 އަކަފޫޓުގެ ބިމެއް ކޮންމެ އަތޮޅެއްގެ އަތޮޅު ކައުންސިލް އަކަށް ދިނުމަށް ގާނޫނު ގައި ކަނޑައަޅަން ޖެހޭ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ބަންޑާރަ ނައިބު އަދި ގޮތް ނޭނގޭ މަރުތަކާއި، މީހުން ގެއްލުވައިލުމުގެ މައްސަލަތައް ތަހުގީގުކުރަން ރައީސުލް ޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުގެ ރައީސް ކަންވެސް ކުރައްވާ ސުއޫދު، މިއަދު ކުރެއްވި ޓްވީޓެއްްގައި ވިދާޅުވެފައިވަނީ، "ލާމަރުކަޒީ ގާނޫނު އިސްލާހް ކުރާއިރު، ކޮންމެ އަތޮޅެއްގެ ކައުންސިލްއަށް، ހުޅުމާލެ އިން 5000 އަކަފޫޓުގެ ބިމެއްދީ، އެތަނުގައި އިންވެސްޓް ކޮށްގެން ލިބޭ ފައިސާ މުޅި އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ލިބޭ ގޮތަށް ހަމަޖެއްސުން ރަނގަޅު،" ކަމަށެވެ.

ސުއޫދު ވިދާޅުވީ އެގޮތަށް އެކަންކުރަންޖެހެނީ، އަތޮޅު ފިހާރައިގެ ބަދަލު އެ ފަރާތްތަކަށް ލިބިފައި ނުވާތީ ކަމަށެވެ.

ސުއޫދު މިހެން ވިދާޅުވެފައިވާއިރު، އެ ގާނޫނު އިސްލާހު ކުރުމަށް އެޓާނީ ޖެނެރަލް އޮފީހުން މިދިޔަ ބުދަ ދުވަހު އާންމުންގެ ހިޔާލު ހޯދަން ވަނީ ހުޅުވާލައިފަ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، އެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އޮންލައިންކޮށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ އޮފީހުން ބުނި ގޮތުގައި ހިޔާލު ހޯދުމުގެ ފުރުސަތު ފެބްރުއަރީ 3ގެ ނިޔަލަށް އޮންނާނެ އެވެ.

ލޯކަލް ކައުންސިލްތައް ބާރުވެރިކުރުވުމަށް ހަދާވައިފާ، ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބުހުތާނު

    ޔާމިނޯ އަތޮޅުތެރެ ތަރައްގީ ނުކޮށް މާލެއަށް އެންމެން ތޮއްޖައްސަނީ. މީވަކި ކޯޗެއް؟

  2. މާމިގިލީ މީހާ

    ކައުންސިލަރުން ނާޗަރަންގީ ކުޅޭން ތޯ. އަދިވެސް ކައުންސިލަރުންނައް ނާޗަރަންގީ ކުޅެވޭލެއް މަދުވެގެން ތޯ ބިންދޭންޖެހެނީ.. ކައުންސިލަރުންނަކީ ބޭކާރު ބައެއް. ސަރުކާރުން މުސާރަ ދީފަ. ރައްޔިތުންނައް ޖެއްސުން ކުރާން ތިބޭ ބައެއް. ހާއްސަކޮއް މާމިގިލީ ކައުންސިލަރުން އެއީ. ގާސިމް އަށް ތަބާވެގެން އުޅޭ ކާހިނުން ތަކެއް.

  3. ށާމީ

    ޢަހަރުމެން ރައްޔިތުންނަށް އެއްވެސް ކަމެއްކޮއްދޭކަށް ގާނޫނެއްބޭނުމެއް ނުވޭ

  4. ހާޖަރާ

    ބޭފުޅާއަށް މާލެން ގެދޮރު ލިބުނަސް އަހަރެމެން މިއުޅެނީ ވަންނާނެ ތަނެއް ނުލިބިގެން.

  5. މާލެ

    ދެން އެހެންވިއްޔާ މާލެ ކައުންސިލް އައް ކޮންމެ އަތޮޅަކުން 5000 އަކަފޫޓް ބިމެއް ދޭންޖެހޭނެތާ!!

  6. ޣާދިރު

    މިހިރަ މަމޮޅުވެގެން ދުވާ ހުސުނުސޫދާ. މިހާރުވެސް އަތޮޅު ތަކައް ހޮވިފަތިބި ކައުންސިލަރުން އެބުނަނީ ތިމަންނާމެން މީ ކީކުރާ ބައެއްހޭ.. އެއްކަމެއް ކުރާނެ ނެތިގެން ކައުންސިލު އޮފީސް ބޭރުގަ ވައިއަގަތަޅަން ތިބެނީ އޭ.. އަތޮޅު ކައުންސިލް ތައް އުވާލަން ވީ މަޖިލީހައްވެސް ކޮންމެ ރަށަކުން ނޫނީ 2000 ހަމަވާ ކޮންމެ ރަށަކައް މަޖިލީ ހައް ގޮޑި ކަނޑައަޅަންވީ..500 ދަށުގެ އާބާދީ ތައް އެއްފަސް ކުރަންވީ.. އިބޫއައް ދަންނަވަން މިހާރުން މިހާރައް އަތޮޅު ކައުންސިލްތައް އުވާލަން...ކޮންމެރަށެއްގަ ހުރި ދައުލަތުގެ މުދަލާ އޮފީސްތައް އެރަށު ކައުންސިލުގެ ބާރުގެ ދަށައް ދިނުމައް..ކޮންމެ ރަށު ކައުންސިލަކައް އާއްމުދަނީ ހޯދޭނެ ގޮތްތަކެއް ހޯދައިދިނުމައް..

  7. ޢަލީ ހަމީދު

    އަތޮޅުކައުންސިލަކައް ނޫން މާލެ ނޫނީ ހުލުމާލެ އިން ބިންދޫކުރަންވީކީ..ރާއްޖެ އެއްފަސް ކުރަންވީ.. ނ. ޢަތޮޅުގަ އޮންނަންވީ 4 ރައް.. މާފަރު.ލަންދޫ މީހުން މަނަދޫ އައް.. މާޅެންދޫ ހެބަދޫ ކުޑަފަރި މީހުން ކެނދިކުޅުދޫއައް.. މިލަދޫ މަގޫދޫ ހޮޅުދޫއައް.. ފޮއްދޫ މީހުން ވެލިދޫ އައް..ނ އަތޮޅުން މަޖިލީހައް 4 ގޮޑި މީހުން ބާލާ ރައްތަކުން 1 ރައް މީހުންޖަމާ ކުރާ ރަށައް ދޭންވީ ދެންކަޢުންސިލް އިން އެރައްވިއްކާނީ ވެސް.. ރަށު ކައުންސިލަރު ކަމައް ކުރިމަތި ލާ މީހުންގެ އުމުރުވެސް މަތިކުރަން ޖެހެ..ރައީސް ކަމައް ކުރިމަތި ލާ އުމުރއައް. 35 އަހަރު.. މީހުންޖަމާ ކުރާ ރަށުގަ1500 އަކަފޫގޯތީގަ 3ކޮޓަރީ ގެ އަޅާފަ ހިލޭ ބަދަލް ކުރަންވީ.. މިކަމަކީ ވަރައް ހަރަދު ކުޑަކޮއް ކުރެވިދާނެ ކަމެއް..މިވަރު ގެއެއް އަޅަން ފަސްލައްކަ ހަރަދުނުވާނެ.. މީހުންޖަމާކުރާ ރަށުގަ ހޮސްޕިޓަލް އާ ހައިސެކަންޑަރީ ސުކޫލާ ހޮސްޕިޓަލް ޒަމާނީ ކުޅިވަރު އެކުވެނިތަކާ ޓާފު ދަޑު ހެދޭނެ..

  8. Anonymous

    ބޭވަފާތެރި ސަރުކާރުގެ ވަކީލުންތަކަށް ވެސްހުޅުމާލެން ގޯތީދޭންވިއެއްނޫންތޯ!!!

  9. އެމް ޖޭ

    ކޮންމެ ރަށުކައުންސިލަކަށް ވެސް 4000 އަކަފޫޓްގެ ބިމެއް ހުޅުމާލެއިން ދޭންޖެހޭ.

  10. ހަނދޭގިރި

    ހުޅުމާލެއިން 5000 އަކަފޫޓުލިބޭނީ ފުރަތަމަ އަމިއްލަރަށުން 0 އަކަފޫޓުލިބިގެން ނޫން ބާ؟

  11. ހުޅުމާލެ

    ނުޖެހޭނެ ދޭކަށް.. މިދެން ކިހާ ބޮޑުވެއްޖެ ކަމެއް...