ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ކަނޑައަޅާ ބަޔަކު ތިބޭ ތަނެއްތޯ މަޖިލީހުގެ ނައިބްރައީސް މޫސާ މަނިކު ސުވާލު އުފައްދަވާފައެވެ.

މަޖިލީހުގެ މިލްކުވެރިކަމަށް ޕާޓީތަކުން ދައުވާކުރާކަށް ނުވާ ކަމަށް ބުނެ މޫސަ ކުރެއްވި ޓުވީޓެއްގައި ވަނީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ކަނޑައަޅާ ބަޔަކު ތިބޭ ތަނެއްތޯ ސުވާލު އުފައްދަވާފައެވެ. މޫސަ ވިދާޅުވީ ރާއްޖޭގެ ގިނަބަޔަކު އަދިވެސް ތިބީ ޕާރޓީތަކުގައި ނޫންކަމަށާއި، މަޖިލީހުގެ މިލްކުވެރިކަމާއި، ޕާރޓީތަކުން ދައުވާކުރާކަށް ނުވާކަމަށެވެ.

https://twitter.com/ReekoMoosa/status/1088667621820588032?s=19

19 ވަނަ ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވާފައިވާ، މޫސާ މަނިކު ޕާޓީތަކާއި ގުޅޭގޮތުން މިފަަދަ ވާހަކައެއް ވިދާޅުވެފައިވާއިރު، އެމަނިކުފާނު ވަނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައިވެސް މަޖިލީހުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައެވެ.

އެމްޑީޕީއަށްފަހު އޭނާ ވަނީ ޕީޕީއެމްއާއި ގުޅިވަޑައިގެން، ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައިވެސް މަޖިލީހުގައި ދުވަސްތަކެއް ހޭދަކުރައްވާފައެވެ. ނަމަވެސް ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބް ނުކުރެވުމާއި ގުޅިގެން، ޕީޕީއެމްގެ ތެރޭގައި ހިނގާދިޔަ ކަންތައްތަކުގައި މޫސަ ވަނީ ޕީޕީއެމުން ވަކިވެ ވަޑައިގަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސޯޅަ ގެވަޅު

    ހަމަދެންމެ މޫސައަށް އެނގުނީ މޖިލީހަކީ ރައްޔިތުންގެ ތަނެއްކަން

  2. ޓްވިސްޓް

    ވަގުތު ނޫހަކީ މީހުންގެ ޓްވީޓްތައް، ޓްވިސްޓްކޮށްގެން، ވަކި މަގްސަދެއްގައި، ވަކި ގޮތަކަށް މާނަކުރުމުގައި ހަމަ އެއްވަނަ

  3. ނުރަބޯ

    މޫސައަކަށް ނޫން. ވަގުތު ނޫހަށް ނޭންގިފަ މިއޮތީ. އަދި ރަނގަޅަށް ދެތިންފަހަރު ޓްވީޓް ކިޔާލާ

  4. ޔާމީން 2023

    ޕުރައިމެރީ ބޭއްވުމގެ ބޭނުމަކީ ހަމަހަމަކަމާއި އިންސާފުން މަޖިލީހުގެ ދާއިރާތަކުގެ ގޮޑިދިނުން ނަމަވެސް ޕުރައިމެރީ ނަމުގައި ބާއްވާ ކުރިމަތިލާ ކެނިޑޭޓުން ގުދާރުބިނދައިގެން އެއްކޮށްފައިވާ ފައިސާއާއި ދަރަނިއަށް ފައިސާ ނަގައިގެން ކެންޕެއިންކޮށް ހަދާއިރު ލީޑަރސިޕުން ވަކިބަޔަކަށް ވޯތު ދިނުމަށް ފޯނުކޮށާއި އެހެނިހެން ގޮތްގޮތުން ޕާޓީގެ ވެރިންގ ސަޕޯޓުއޮތީ ކާކަންދޭހަވާގޮތަށް ކަންކަންކުރުމުގެ ސަބަބުން، ނިކަމެތިވެގެން ދަނީ ކުރިމަތިލި ކެނިޑޭޓް، މީގެ ބަދަލުގައި ޕާޓީއިން ބޭނުންވާ ވަކި މީހަކަށް ޓިކެޓްދިނުން މާރަގަޅު ގައިމުވެސް ބޭކާރުހަރަދަކޮށް ދަރަނިވެރިނުވާނެ

  5. ފުނަދޫ އޭޑީ

    އެއްވެސްރައްޔިތަކުންނައްފައިދާކުރަން އެކަކާއަނެކަކު ތޮޅިސަހީދުވެގެންވައްންނަތަނެއްެނޫންއެއީކީ ދާއިރާ މީހުންނައް ހިތައްއެރިހާދޮގުތަކެއް ހަދައިދީފަ އެމީހުންގެނާޖާއިޒު ފައިދާގަނޑަކައް އެއޮޅުލަނީ ރައްޔިތުންނައް މިހާރުވިސްނެންވެއްޖެ