ރާއްޖޭގައި މަސްވެރިކަން ކުރާ ބޭރުގެ މަސްބޯޓުތަކުގެ ހުއްދަ އައު ނުކުރަން ސަރުކާރުން ނިންމައިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޒަހާ ވަހީދު މިހެން ވިދާޅުވީ އިއްޔެ ހަވީރު އައްޑޫ ސިޓީގެ މަސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

އައްޑޫ ސިޓީގެ މަސްވެރިންނަާ ބައްދަލު ކުރައްވަމުން ޒަހާ ވިދާޅުވީ ވަނީ ބޭރު ޤައުމުތަކުގެ މަސްބޯޓު ތަކުން ރާއްޖޭގައި މަސްވެރިކަން ކުރުމަކީ، ރާއްޖޭގެ މަސްވެރިން އަބަދުވެސް ކުރާ ޝަކުވާއެއް ކަމަށާއި ބޭރުގެ ބޯޓުތައް ރާއްޖޭގައި މަސްވެރިކަން ކުރަން ދޫކޮށްފައިވާ ހުއްދަތައް މި އަހަރުގެ މޭ މަހުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ. އަދި މޭ މަހުގެ ފަހުން ރާއްޖޭގައި މަސްވެރިކަން ކުރުމަށް ބޭރުގެ ބޯޓު ތަކަށް ހުއްދަ އައު ނުކޮށްދޭން ނިންމައިފައިވާކަމަށް ޒަހާ ވިދާޅުވެފައި ވެއެވެ.

ރާއްޖޭގެ ކަނޑުތަކުން ބޭރުގެ މަސްބޯޓުފަހަރުތަކަށް މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުން ހުއްޓާލުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދުއިޒަ

    ވަރަށް ރަގަޅު... ސާބަސް ???

  2. ހަސަން

    ތިގޮތައް ސަރުކާރު ކުންފުނިތަކުގަ އުޅޭޭ ބިދޭސީން ވެސް ބޭރުކޮބަލަ.

  3. ހަސަން

    ތިގޮތައް ސަރުކާރު ކުންފުނި ތަކުގަ އުޅޭ ބިދޭސިން ބޭރުކޮއްބަލަ.