ޕޯސްޓްގެ ޒަރިއްޔާއިން ބެލްޖިއަމް އިން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި 24 ޖަނަވަރީ 2019 ވީ ބުރާސްފަތި ދުވަހު ކަސްޓަމްސް އިން އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފިއެވެ.

ކަސްޓަމްސް އިން ހާމަކުރައްވާފައިވަނީ ޕޯސްޓުން ގެނައި ޕާރުސަލެއް، އޭގެ ވެރިފަރާތުގެ ހާޒިރުގައި ކަސްޓަމްސް އިން ކަނޑައި ބެލި އިރު މަސްތުވާ އެއްޗެއްކަމަށް ޝައްކުކުރެވޭ 1943 ގުޅަ (ބަރުދަނުގައި 1105 ގްރާމު) ފެނިފައިވާ ކަމަށެވެ.

އެތަކެތި ކަސްޓަމްސް އިން ޓެސްޓް ކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ އެމް.ޑީ.އެމް.އޭ (އެކްސްޓަސީ) އަށް ޕޮސިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފައި ވެއެވެ.

ކަސްޓަމްސް އިން އިތުރަށް ވިދާޅުވީ ވަނީ އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ހަވާލުކޮށްފައިވާ ކަމަށާއި އެފަރާތުން މިހާރު މައްސަލަ އިތުރަށް ތަޙްޤީޤް ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޅޮޓަސް

    ކޮންތަހުގީގެއް މިހާރު ނޭގޭނެ ގެނައި މީހެއްވެސް

  2. ސސ

    ކޮންތަހުގީގެއް މިހާރު ނޭގޭނެ ގެނައި މީހެއްވެސް

  3. މަމެންގެޓީމު

    ވަގުތުން ނައްތާލިނަމަ ވީނުވީއެއް ފަހުންވެސް ނޭގޭނެ

  4. ޜާއްޖެ އިސްލާމް

    ރުހުން ލިބިގެން ކުރާކަންތަށް ކިހިނެއްތޯ ތަހްގީގް ކުރާނީ . ތިޔަށްވުރެ ވަކި ތިޔާގި އެއްޗެއް މިހާރު މިޤައުމްގަ ވޭތަ