ރ. އަތޮޅު މާކުރަތު ކައުންސިލްގެ އިދާރާއާއި، ޞިއްޙީ މަރުކަޒު އަދި މެޖިސްޓްރޭޓް ކޯޓުގެ ތިޖުރީ ފަޅާލި މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި ދެ މީހުން ހައްޔަރު ކުރެވުމާއެކު، މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ އަދަދުވަނީ ހައަކަށް އަރާފައެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މި ވައްކަމާ ގުޅިގެން ހައްޔަރު ކުރި ދެ މީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންކަމަށެވެ. އަދި ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނެއްކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ފުލުހުން ވިދާޅުވި ގޮތުގައި މި ދެ މީހުންގެ ތެރެއިން 38 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ރ. ދޮލަނގަލި ނަމަކަށް ކިޔާ ފަޅު ރަށަކުންނެވެ. އަދި 34 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ރ. އިނގުރައިދޫ ބޭރުގައި އަޅާފައި އޮތް ދޯންޏަކުންކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައިގައި ދެން ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ދެމީހަކާއި، 19 އަހަރުގެ މީހެއްގެ އިތުރުން 62 އަހަރުގެ މީހެކެވެ.

ތިން އޮފީހުގެ ކުޑަދޮރު ހަލާކު ކޮށްލައިގެން ވަދެ އެތަންތަނުން ވައްކަން ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރެއެވެ. އެހެންނަމަވެސް، ތިން އޮފީސް ފަޅާލާ ތިން އިދާރާގެ ތިޖޫރި ވަގަށް ގެންގޮސްފައިވާ ކަން އެނގުނީ ހުކުރު ދުވަހުގެ ހެނދުނު އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިއްފުށީ މީހާ

    ކަލޭމެންނަށް ވަކި ރަށެއްގެ ތިޖޫރި ނެގީމަދޯ މީހުން ހައްޔަރުކުރެވެނީ...ދިއްފުށީގެ އޮފީސް ފަޅާލާފަ ތިޖޫރީގަ ހުރިފައިސާ ނެގީމެ އެއްކަމެއްވެސް ތި ޕޮލިހުންނަކަށްނުވި..މީހުނެއްވެސް އަތެއްނުލެވުން.. ލާރިކޮޅެއްެވެސް ނުހޯދުން. އެެެހެންނުވާނީ މިރަށުގެ ވައްކަން ކުރާ ، ބޮއި ހަދާމީހުނާ ތި ފުލުހުން ތިބެނީ ގުޅިފަވިއްޔަ....