ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމުގެ ޑޮކިއުމަންޓްސް ހެކި ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފުލުހުންގެ ތަރުޖަމާނު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، މާފަންނު އެންދެރިމާގެއިން ސިއްރުން ބަޔަކު ނެރެގެން ދިޔަ ކަޅު ފޮއްޓެއްގައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފައިވާކަމުގެ ހެކި ފެނިފައި ވެއެވެ.

"ހާއްސަކޮށް ފަނޑިޔާރުުންނަށް ކަނޑައެޅިގެން ނުފޫޒް ފޯރުވުމުގެ ނިޔަތުގައި އަހުމަދު ފާރިސް މައުމޫން މަސައްކަތްކޮށްފައިވާކަމުގެ ޑޮކިޔުމެންޓް އެވިޑެންސް ލިބިފައިވޭ". ޝިފާން ވިދާޅުވިއެވެ.

ފާރިސް ބަންދުން ދޫކޮށްލާފައި ބެހެއްޓުމަށްފަހު އަނެއްކާވެސް އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

އޭނާ ހައްޔަރު ކުރަން ނެރުނު އަމުރުގައި ބުނެފައި ވަނީ "2017 ވަނަ އަހަރުގެ މޭ މަހުގެ މެދެއްހާ ހިސާބުގައި އަޙްމަދު ފާރިސް މައުމޫން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް، ފައިސާ ބެހިކަމަސް ތުހުމަތުކުރެވޭތީއާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކާ ގުޅިގެން ދިވެހިރާއްޖޭގައި އޮތް ގާނޫނީ ވެރިކަން ވައްޓާލުމަށްޓަކައި ގާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ފާރިސްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް"ގައި ކަމަށެވެ.

ފާރިސްގެ އިތުުރުން ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި މައުމޫންގެ ދަނބިދަރިކަލުން ނަދީމްވެސް ވެސް ވަނީ، ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރައްޔިތުން

    .ތީދެން ފެންނާނެ . މިކަހަލަ ޓެކްނޮލަޖީ ޒަމާނެއްގަ ޔާމިނިޒަމް ނިޒާމެއްގަ ނުފެންނަ އެއްޗެއް ނޯންނާނެ

  2. ޔާމިން

    ބަލަ ކަޅުފޮސި ހުންނަނީ އެންދެރިމާގޭ އެކަނިތަ މިގޭގަވެސް އެބަހުރި ކަޅުފޮސި ބޭނުމިއްޔާ ބަލާއާަދޭ?

    • ހުސޭނުބޭ

      އެ ބުނާ ކަޅުފޮށި މުޅިން ތަފާތުވާނެ. އެ ކަޅުފޮށީގައި ހުންނާނީ ދިއްގަރު ދާއިރާގެ ރައްޔިތުންގެ ހައްޤުތައް. ކެކެކެކެކެކެކެ

  3. ހެކިބަސް

    ހެކި އުފައްދާ ބައެއް ފުލުހުންނަކީ.... އުފައްދާ ކޮންމެ ހެއްކަކައް ކިހާ ފައިސާއެއް ލިބޭބާ!!!!

  4. ނަހީލު

    މިހާރު މި ވެގެން އުޅޭ ގޮތަކީ، 2013 ގައި ޔާމީނު މީހާ ހުވާ ކޮށް ނުނިމި އުޅެނިކޮށް މި ފާރިސް ބެއްޔާ 2018 ގައި ރައީސްކަމުގެ އިންތިޚާބަށް ކުރިމަތިލާނަމޭ ބުނި ހިސާބުން ޖެހިގެން އުޅޭ މައްސަލައެއް! ކޭން ވީ ހޭވް ސަމް ސަޕްރައިޒަސް އަޅެ ޕްލީސް!