ލ. ފޮނަދޫ އަށް ބަދަލުވެ އެ ރަށުގައި ދިރިއުޅެމުންދާ ލ. ގާދޫ މީހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ވަރަށް އަވަހަށް ޙައްލު ކޮށްދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ލ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ލ. ފޮނަދޫ އަށް ބަދަލުވި ގާދޫގެ ބައެއް އާއިލާތަކާއި ބައްދަލުކުރައްވާ ރައީސް ޞާލިޙް ވަނީ އެ އާއިލާތަކަށް ދިމާވެފައިވާ ކަނބޮނޑުވުންތައް އައްސަވާފައެވެ.

އެ ފަރާތްތަކާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމީހުންގެ ދިރިއުޅުމުގެ ހާލަތު ބަޔާންކޮށްދެއްވައި ދަތިވާ ކަންކަމުގެ މަޢުލޫމާތު ވަނީ ރައީސްޖުމްހޫރިއްޔާ އާއި ހިއްސާ ކުރައްވާފައެވެ. އަދި އެކަންކަން ހައްލުކުރެވޭނެ ގޮތަކާއިމެދު ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެއާޢިލާތަކުން ވަނީ އެ މީހުންނަށް ދިމާވެފައި ވަނީ ބޯހިޔާވަހިކަމުގެ ދަތިކަން ކަން ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނަވާފައެވެ.

ގާދޫގައި ތިބި 108 ޢާއިލާއެއް ފޮނަދޫއަށް ބަދަލުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 18 ވަނަ ދުވަހުއެވެ. ފޮނަދޫގައި ގާދޫގެ ރައްޔިތުންނަށް އަޅައިދީފައި ވަނީ 85 ގެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެދުރު

    ފޮނަދޫން ގެ ހޯދާންވެގެން ގާދޫ މީހުން ހެދީ މަކަރަ ﷲ މޮޅައް ދެނެވޮޑިގެންވޭ. ފުރަތަމަ 85 ގެ މިހާރު އަދިވެސް ގެ އަޅާދެމުންދަނީ އަދި ގޯތި ދިން އިރު ކިތެއްމީހުނަށް ގޯތި ދިންތޯ ބަލާލަބަ ނިކަން. އޭރުން އެގޭނެ އުޅޭނެ ތަނެއް ނެތްކަން: ކީކޭ ހިތަށް އަރާގަނެން ޔާމީން ކެރީކަމެއްތޯއޭ ހިތަށް އަރާ

  2. ދަންނަ

    ނުވިތާކަށް ގާދޫމީހުން ދިރިއުޅޭ ކޮންމެ ގެއަކަށް މިއަދާހިސާބަށްވެސް މަހަކު 3500ރ ދޭ