ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެންނަން ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނުން އެގްރީމެންޓެއްގައި ސޮއި ކުރައްވާފައި ނުވާނެ ކަމަށް ކޯލިޝަނުގައި ހިމެނޭ އެމްޑީޕީ އިން ބުނެފިއެވެ.

"ރާއްޖެޓީވީ" ގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާރސަން ހަސަން ލަތީފް ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަން އެއްބަސްވުމެއްގައި އެމްޑީޕީން ސޮއިކޮށްފައެއް ނޯންނާނެ ކަމަށާއި ސަރުކާރު ބަހާނެ ގޮތެއްވެސް، އެހެން ކަމެއް ކުރާނެ ގޮތެއް ވެސް އޮންނާނީ ހަމައެކަނި ވަކިވަކިން ޕާޓިތަކާ އެކީގައި ކަމަށެވެ.

"ވަރަށް ގިނަ ލިއެކިއުންތަކުގައި ސޮއި ކުރިން އެކަމަކު ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވާފަދަ ކޯލިޝަން އެގްރީމަންޓެއްގައި ސޮއިކުރައްވާފައި ނުވާނެ" ހަސަން ލަތީފު ވިދާޅުވިއެވެ.

"ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަން އެއްބަސްވުމެއްގައި އަޅުގަނޑުމެން ސޮއިކޮށްފައެއް ނޯންނާނެ. އެއްބަސްވުމަށް ވުރެ ބޮޑަށް އަޅުގަނޑުމެން ބޭނުންވާ ގޮތް، ހުށައަޅާ ހުށައެޅުން އޮންނާނީ، ދެން އެއަށް އެބޭފުޅުން އެއްބަސްވުމޭ ކިޔާކިޔާ މިހާރު މީހުންނަށް ހީވަނީ އެއީ އެއްބަސްވުމެކޭވެސް. އެއްބަސްވުމެއް ނޫން އެއީ. އެއީ ހުށައެޅުމެއް." ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ސަރުކާރުގެ ކަންކަން ނިންމާނީ ކޯލިޝަންގެ ހުރިހާ ޕާޓީއެއްގެވެސް ލަފަޔާ އިރުޝާދާއެކު ކަމަށާއި ޖުމްހޫރީ ޕާޓީއާ ވަކިން އެއްބަސްވުންތަކެއް އޮތް ހާލަތެއްގައިި ވިޔަސް ކޯލިޝަން ސަރުކާރެއްގައި ހަމައެކަނި އެ އެއެއްބަސްވުމަކަށް ރިއާޔަތްކޮށް ކަންކަން ނުނިންމޭނެ ކަމަށެވެ.

"އެމްޑީޕީން ހުށައެޅި ހުށައެޅުންތަކުގައި އެމްޑީޕީން ސޮއިކުރައްވާފައިވާނީ ހަސަން ލަތީފްގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ކޯލިޝަން އެއްބަސްވުނެއް ނޯންނާނެ ކަމަށް ހަސަން ލަތީފް ވިދާޅުވެފައިވާއިރު، އަނެއްކާވެސް އެމްޑީޕީ އިން ޖުމްހޫރީ ޕާޓީ މަގުމަތިކޮށްފި ކަމަށާއި އެމްޑީޕީ އިން ހެދި އެއްބަސްވުމާ ޚިލާފުވެއްޖެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީނާއެކުވެސް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެއްކޮށް މަސައްކަތް ކުިރުމަށް މަޝްވަރާކުރަން ތައްޔާރަށް ހުންނެވި ކަމަށް ގާސިމް އިބްރާހިމް ވަނީ އިއުލާން ކުރައްވާފައެވެ.

ޖޭޕީ އާއި އެމްޑީޕީ އާއި ދެމެދު ކަންބޮޑުވުންތަކެއް އުފެދިފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާއަށް އެމްޑީޕީން ވާދަކުރުމަށް ނިންމުމާއި ގުޅިގެންނެވެ. އެމްޑީޕީ ފިޔަވައި ކޯލިޝަންގެ އެހެން ބައިވެރިން ބުނަނީ އެއީ އެއްބަސްވުމާއި ހިލާފަށް އެމްޑީޕީ އިން ކުރި ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ދފ

  އަހަރެންނަށް އިނގޭ އެއްޗަކީ މަޖިލިސް އިންތިހާބުގެ ކުރިން އަދި ތަރައްގީގެ އެއްވެސް ކަމެއް ނުކުރެވޭކަން.
  ދެން މަޖިލިސް އިނތިހާބު ފަހުން މޑޕ އިން އެހެން ޕާޓީތަކުގެ މިނިސްޓަރުން ސަރުކާރުން ބޭރުކޮށް އަދި ގާސިމްވެސް ކޯލިޝަން ދޫކޮށްދާ ވަރު ކުރާނެ.
  ނަތީޖާޔަކަށް ވާނީ 5 އަހަރު ނިމޭނީ އެއްކަމެވެސް ނުވެ މުޒާހަރާ އާއި ތިކަހަލަ ބޭކާރު ވާހަކަ ތަކުގައި ވަގުތު ހޭދަކޮށް.
  އަހަރުމެން ދެކެން ބޭނުންވާ ހުވެފެނަކީ ރޔ ގެ 5 އަހަރުގައި ލިބުނު ކުރިއެރުމަށްވުރެ ބޮޑެތި ކުރިއެރުން ތަކެއް، ނަމަވެސް ޝައްކު އުފެދޭ އެވަރުގެ ވިސްނުމެއް އޮވެދާނެ ކަމާއި މެދު

 2. ސައިބޯނި

  ހަސަނާ ވެރިކަން ތިއޮތީ ލިބިފަ ބޭނުން އެއްޗެއްހަދާ. އެމްޑީޕީ ގައުމީ މަޖްލިހުގައި ހަސަން ބުނި އެއްވެސް އެގްރިމެންޓެއްގައި ސޮއި ތިމަންނަ ނުކުރަމޭ. މިހާރު ތިކިޔަނީ ކުރީމޭ. ތިކަމާ ހައިރާނެއްނުވޭ. ޔަހޫދީންގެ ސިފައަކީ ވައުދެއް ވެއްޖެއްޔާ އެވައުދަކާ ޚިލާފުވެ އެހާމެ ދޮގުހެދުން. އެސިފަ އެބަހުރި ބަރާބަރަށް.

 3. އަލީ

  އެމްޑީޕީއަކީ އަބަދުވެސް ކާންދޭ އަތުގަ ދަތްއަޅާ ބައެއް

 4. ސޯކާބެ

  ތިޔަ މީހާ އެންނު ވިދާޅު 4 ކަށިމަތީ މާލޭ މީހެކޭ ވަރަށް ގިނަ އިމާރާތްތަށް ފެނެއޭ ބިށްލޫރިތަށްވެސް ފެނެއޭ ތިމަންނަކޮއްފަ ނުކުރާނެ ކަމެށް ނޭންގޭނޭ ތިމަންނަ އާއިލާ އަކީ މިވެނި އާއިލާއެކޭ ބަލަ ބާރުގަދަ ފަރާތަކީ މާތްﷲ އެއަށްވުރެ ބާރުގަދަފަރާތެއް ނުވާނެ ތިވާނީ ތިޔަޔަށް އެހެން އެއްޗަކަށް ނުވާނެ ބިރުވެތިވާންވީ މާތްﷲ އަށް ކަލޭމެންގެ ރޭވުން މޮޅަށް ދެނެވޮޑިގެން ވާނީ މާތްﷲ މާތްﷲ މިގައުމު ސަލާމަތް ކުރށްވާށި އާމީން އަނިޔާވެރިންނަކަށް ކާމިޔާބެއް މާތްﷲ ނުދެއްވާނެ އާމީން

 5. މަސްވެިރިޔާ

  އޮތަސް ނެތަސް މަޖްލިސް އިންތިޚާބުގެ ފަހުން އޮނަރަބަލް ޤާސިމް ދުރަށްލާނެ. އޭގެ ފަހުން މަޤާމްތަކުގަވެސް ތިއްބަވާނީ 7 އަހަރު މަގުމަތީ މަސައްކަތްކުރި އެމްޑީޕީގެ އިސްފަރާއްތައް. 2023 އަށް ތައްޔާރުވެ ޤާސިމް ވެރިކަމަށް ގެންނަންވީ.

 6. ނަދީމާ

  ރައީސް ޔާމީންއަށް ދެވަނަ ދައުރެއް ލިބުނުނަމަ މި ދިވެހިޤަވްމު ތަރައްޤިއާއި އިޤްތިޞާދީގޮތުން ކުރިއަރައިގެންގޮސް ތަރައްޤިވެފައިވާ ޤަވްމުތައް ސިއްސުވާލީސްކަން ކަށަވަރެވެ. މިހެން މި ބުނީ ފަސްއަހަރުގެ ތަޖްރިބާއަށް ބަލާފައެވެ. ހުރިހާ ދާއިރާއަކުން ބާރުލާފައި ކުރިޔަށް ދިޔަ ޤަވްމެއް ހުއްޓުވާލާ ޤަވްމު ފަހަތަށް ސޮއްސުވާލި މީހުންނަށް ހިތި ރަހަ ލައްވަލާފިތާއެވެ!

 7. ޖިންނި

  ޒަޔަނިސްޓް ޔަހޫދީ ޢަމަލު ހިންގާ ބައެއް އެމް ޑީ ޕީ އަކީ

 8. ޙާމިދާ

  ކޯލިޝަނެއއ އޮންނަކަން އަނެއްކާ އެމްޑީޕީ ދަނޭތަ؟

 9. ސާފުރާއްޖެ

  ކޮންމެކަމަކަށް ނިމުން އަންނަނީ އޮންނަހަމައިން އެކަންނިންމަނީ،.
  ހުރިހާ އަހުދުނާމާން ދައްކާލަބަލަ. މިމީހުން މިކިޔަނީކީކޭ؟ އެމްޑީޕީ ބަލަަންތިބޭ ދެންމަޖުލިސްއަށް ވާނެގޮތެއް

 10. ޙާސަރު

  ސޮއިނުކުރިޔަސް އެއްބަސްވެފަދޯ އަގައިން

 11. އަބުދުﷲ

  އެމޑޕ ގުއިރޯނުގަޖެހޭ ލީޑަރުންފެނިްޖެ
  ދެބުރަން ވެސް ކަށިޖަހާނެ ތިންބުރަށް
  ވެސްކަށިޖަހާނެ

 12. ދަންބެރު

  ޜައްޔިތުން ވާވައްދައިގެން ވެރިކަމަށް އައިސް ތިހެން ސަޅި ބައިސާގައި 5 އަހަރު ދުއްވާލަން ތިޔަރާވާ ރޭވުން އެބަފެނޭ. ބަރުލަމާނީ ގައި ދެއިރު ދެދަޅަ އަށް ވެއްޓޭ ސަރުކާރެއް ގެނެސް ލާދީނީ ވާން އުޅޭތަން ވެސް އެބަ ފެނޭ. ތިޔަބައިގަޑާއި ހިންގަން ހަވާލުވި އިރު ކަންތައް ކުރިގޮތް ވަނީ އެގިފާ.ދެންވެސްތިޔައުޅެނީ ގުބޯ ހައްދަން ވެގެން. ޢޭއި އޯއި ރައްޔިތު ބޭކަލުންނޭ މިވެރިންނަށް ތިޔަބައިމީހުން ވޯޓު ދޭންޖެހޭތަ.

 13. ސިލްމާޒު

  ދޮގުވެރިންގެ މައްޗަށް ބިނާވެފައިވާ އެމްޑީޕީއަކީ ވަރަށް ދޮގުވެރިން ގިނަ ޕާޓީއެއް. އެގްރީމެންޓެއް ހެދިއްޔާ އެަށް ހިލާފްވާނެ... އެމްްޑީޕީ ވަރަށް ނުލަފާބައެއްއޭ

 14. ދދދދދދ

  އަނިޔާވެރިން ފެނޭ؟ މަކަރުވެރިން ފެނޭ؟ ވަގުން ފެނޭ؟ ގާސިމަށް ވިސްނޭނީ ކިހާ ވަރެއް ވީމަބާ! ދިވެހި ރައްޔިތުން ހޭއަރާނީ ކިހާ ހިސާބަކުންބާ!

 15. ރަސީދު

  ސަރުކާރު ބަހަން މީ ކަލޭ ތަރިކަ މުދާތަ

 16. ޏ

  މޑޕ ނުދަންބަޔަކު ރާއްޖޭގައި މިހާރު ތިބިކަމަށް ވާނަމަ އެއީ ވަރަށްބޮޑު މައްސަލައެކެވެ

 17. ނަޞީރާ މުޙައްމަދު

  ޔާމީންފަދަ ޤާބިލް ވެރިޔަކު ދުއްވާލާފަ މިމީހުންނަށް ވޯޓްދެވުނީތީ ވަރަށް ދެރަވެ ހިތާމަކުރަމެވެ.

 18. ކޮރަޕްޝަން

  ސަރުކާރުގެ މުހިއްމުކަން ކުޑަ ކުރަންވީ. ހަގީގަތުގާ ސަރުކާރެއް ހޮވަނީ ރައްޔަތުންނަށް ކަންތަކެއް ކޮށްދިނުމަކަށް ނުން. ޔާމީނުގެ ސަރުކާރުންވެސް ދިވެހި ރައްޔަތުންނަށް ކޮށް ދިން ކަމެއް ނުފެނޭ. ވަޒީފާތަކެއް ނުއުފެދޭ ލިބޭ އާމްދަނީއަކީ ޒަރޫރީ ކަންކަން ކުރުމަށްފަހަރު ސޭވިނގް ހެދޭވަރުގެ އެއްޗަކަށް ނުވޭ. އަދި މިހާރުގެ ސަރުކާރަކުން ވެސް އެކަން ނުކުރެވޭނެ. ކަންތަ ކޮށްދޭނަމޭ ބުނާހިސާބުން ސަރުކާރު އެއޮތީ ފެއިލްވެފާ. ސަރުކާރަކީ ރައްޔަތުންނަށް ކަންކޮށްދެވޭނެ ބައެއް ނުން.ސަރުކާރަށް ކަން ކޮށްދެވޭނީ ރައްޔަތުންނަށް. ވިސްނުން ބަދަލު ކުރަން އެބަޖެހޭ. ދީން ހިމާޔަތް ކުރެވޭނީ ވެސް ރައްތޔަތުންނަށް. އިގްތިސާދު ވަރުގަދަ ކުރެވޭނީ ވެސް ރައްޔަތުންނަށް. ސަރުކާރުން ރައްޔަތުންނަށް ކަންކޮށްދޭނަމޭ ކިޔާފާ ވައުދުވުމަކީ ވަރަށްބޮޑު ނާއިނަސާފީއެއް. ފަސާދަ އިތުރެވެ މުޅި ސިސްޓަމް ގަޑުބަޑު އެކުރެވެނީ.އެންމެ ބޮޑު ކޮރަޕްޝަނަކީ އެއީ.

 19. ވަހީދު ހަސަން

  ހިތާމަޔަކީ މި މީހުންގެ މަކަރުގައި ޖެހުނު މޮޔަ 3 މީހުން. މި ރާއްޖޭގައި އެމްޑީޕީ ނިދާފަ އޮއްވާ އަމިއްލަ އެދުމާ ހުރެ ދަރިޔަށް ވެރިކަން ލިބިދާނެ ކަމުގެ އުނމީދުގައި އަމިއްލަ ކޮއްކޮގެ ތަރައްގީއަށް ނޫނެކޭ ބުނެ ލާދީނީ ބައިގަނޑެއް ވެރިކަމަށް ގެންނަން މަސައްކަތް ކުރީ. އިލްޔާހާ ޒައިދުއާ އިޔާޒުަަ އިމްރާނާ ގާސިމްގެ އެހީ ހޯދައިގެން. މި ރާއްޖެ ސެކިޔުލާރ ކޮށް ބަރުލަމާނީކޮށް އަހުލީ ހަނ'ގުރާމަ ފެށުނީމާ ެކަމުގެ ޒިންމާ އުފުލަނީ ކާކު؟ ކާފަ އޭރު ދުނިޔޭގަި ނުހުރެދާނެ. އެކަމަކު ދަރިންނާއި ދަރީންގެ ދަރީން ތިބޭނެތާ!

 20. ހަސަންބެ

  ކޮން ކޯލިޝަނެއްތޯ؟

  ކޮން ޖަޒީރާ ރާއްޖެ އެއްތޯ.؟

  ކޮން އަނެއް ދިވެހި ރާއްޖެ އެއްތޯ؟

 21. ހެހެ

  ކޮބާ ހިިތުން ކޯލިޟަން ހަދައިގެން ކޯލިޟަން ރޫޅުނަ ނުދޭން އުޅޭ ބޭފުޅުން.

 22. ދެރަކަމެއް

  މިއީ ދެން އަރަތެއް ނޫންތޯއެވެ، ވަކިވަކިންވެސް އޮތީ އެކައްޗެކެވެ. އޮތީ ސޮއި ކޮށްފައެވެ. ލިޔުނު އެއްޗެއް ނިންމާލި އިރު ސޮއިގެ ކުރިއަށް އޮތް ޖުމުލަ އަކީ "އެއްބަސްވަމެވެ." ދެން ލެޓަހެޑާއި އަނެކެއްޗަކާ ކިޔައިގެން ކޮންކަމެއް ހެއްޔެވެ. އާއެކެވެ. ޔަހޫދީ ކަމެވެ. މާތްﷲ މީސްތަކުންނަށް ބާރު ދެއްވާ އިމްތިހާން ކުރައްވަތެވެ، ވެރިކަން ވެސް ދެއްވަތެވެ. ހަރާން ކޯރު ވުމުގެ ނަތީޖާ ވަރަށް ހިތިވާނެއެވެ. ދެކެމާ ބަހީއެވެ.