މިހާރުގެ ރައީސް، އިބްރާޙިމް މުޙައްމަދު ސޯލިހާއި، ނައިބު ރައީސް ފައިސަލް ނަޞީމު އިސްތިއުފާ ދެއްވުމަށްފަހު، ޤާސިމު އިބްރާހިމްއާއި ވެރިކަން ހަވާލުކުރައްވާ، އަދި ޤާސިމުގެ ރައީސްކަމުގައި އައު އިންތިހާބަކަށް ދިއުމަށް ރައީސް ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އަޙުމަދު ޞިއްދީޤު ގޮވާލައްވައިފިއެވެ.

ޞިއްދީޤު މިފަދައިން ސަރުކާރަށް ގޮވާލައްވާފައިމިވަނީ، ޗެނަލް 13 އިން ރޭގައި ގެނެސްދިން "ނިއުސް ޓޯކް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

"އިބްރާޙިމް މުޙައްމަދު ސޯލިހަކީ އެފަދަ، ނާޤާބިލު ބޭފުޅެއްގެ ގޮތަށް ހުންނެވި ކަމަށް، އިބްރާޙިމް މުޙައްމަދު ސޯލިހު އަމިއްލައަށް އިޢުތިރާފުވެ ވަޑައިގަންނަވާ ކަމަށްވަންޏާ އަވަހަށް އެމަނިކުފާނު ދުރުކުރައްވާފަ ކޮންމެސް އެހެން ބޭފުޅަކަށް ދޭންވީނޫންތޯ. ނޫނީ ފައިސަލް ނަސީމަށްވެސް ދޭންވީނޫންތޯ. ނުވަތަ ދެ ބޭފުޅުން އިމްޕީޗް ކުރެއްވި ކަމަށްވަންޏާ، ޖުމްހޫރީ ޕާޓީގެ ރައީސް، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނޫންތޯ ދެން ހުންނަވާނީ ރައީސްއަކަށް." ޞިއްދީޤު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން ޞިއްދީޤު ވިދާޅުވީ، ރައީސް ނަޝީދުވެސް އިސްތިއުފާ ދެއްވީ ޤައުމު ހިންގަން ނޭނގިގެން ކަމަށާއި، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި ފައިސަލް ނަޞީމުވެސް އިސްތިއުފާ ދެއްވާފައި ޤާސިމް އިބާރާހިމާއި ވެރިކަން ހަވާލުކުރަން ވެއްޖެ ކަމަށެވެ. އަދި ޤާސިމުގެ ރައީސްކަމުގައި އައު އިންތިޙާބެއް ބޭއްވޭނެ ދުވަހަކީ ދެކެން ބޭނުންވާ ދުވަހެއްކަމަށްވެސް ޞިއްދީޤު ވިދާޅުވިއެވެ.

ޕީ.ޕީ.އެމް ގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ އަޙުމަދު ޞިއްދީޤު ވަނީ ޕީ.އެން.ސީ އެފެއްދުމާއި ގުޅޭގޮތުންވެސް މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ޞިއްދީޤު ވިދާޅުވީ، ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ މިރޭ ދަރުބާރުގޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މަދުވެގެން 300 މީހުން އެ ޖަލްސާގައި ބައިވެރިވާނެ ކަމަށެވެ.

ޞިއްދީޤަކީ ރައީސް ޔާމީންގެ ވަރަށް އަރިހުގައި މަސައްކަތް ކުރެއްވި، އަދި މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސސދ

    އިބޫ އަށް އަހަރުމެން ވޯޓް ދިނީ ގާބިލްވެގެނެއް ނޫން. އެއީ އެވަގުތު ޔާމީން ބޭރުކޮށްލެވެން އޮތް ހަމަ އެކަނި ފޯމިއުލާ.
    ދޮޅު އަހަރުތެރޭ އަހަރުމެން ވެރިކަމުގެ ނިޒާމް ބަދަލުކޮށް ބޮޑުވަޒީރުކަމަށް އައްނި ގެންނާނަން (އިންޝާ ﷲ). އަހަރުމެން ނަކީ މޑޕ ރީނދޫ މީހުން، ފަޚްރްވެރިކަމާއި އެކު މިހެން ބުނަން ކެރޭނެ، އަހަރުމެންގެ މަސައްކަތުގައި ހައްގު ރަހަލާނީ ލޯބިވާ ރައީސް އައްނި ވެރިކަމަށް އެރިދުވަހަކުން.

    • މިދާ

      ބޭފުޅާ ކިހާވަރަކަށް އިސްލާމް ދީނަށް ލޯބި ކުރައްވަންތޯ.

  2. އަންނޯން

    ކީއްވެތަ ޔާމިން އާއި ހަވާލް ކުރާށޭ ނުބުނީ.
    ސިއްދީގް ތީ މޮޔައެއްތަ. މިހާރް އުޅޭ ސިޔާސީ
    މީހުންގެތެރެއިން އެންމެ ހަމަނުޖެހޭ މީހާ.

  3. ޓިނު

    މި ސިއްދީގަކީ ކާކު؟

  4. ސީސީސީ

    މި ސިއްދީގަކީ ކާކު؟

  5. ޙައްވަ

    ކަލެޔަށް އެނގޭނީ ހަމައެކަނި ޔާމީނަށް ކުރުނީސް ކުރަން. ޙެހެ!

  6. ބަކުރު

    ޤާސިމް ބޮލަށް ޗިޕްޖަހަން ވެގެން ދައްކާވާހަކަ ހުސްވެސް.

  7. ރައްދު

    ސިއްދީގުގެ ވާހަކަ ފުޅަށް ތާއީދުކރަމެވެ

  8. ކަސަބު

    ސިއްދީގުކިޔާތީމަހީކުރީ މިއީވަރަށްހޭޖެހޭ
    މީހެއްކަމަށް

  9. ނަޓުވަރު

    ސިއްދީގު ތި ވިދާޅުވީ ހަމަރަނގަޅައް އިބޫއަކީ ސަރުކާރު ހިންގަން ނޭނގޭ ނާބިލު ވެރިއެއް ނުކިޔަވާ މީހާވެސް ބުއްދި ހުރިއްޔާ ތިމީހާ އަށްވުރެ ރަނގަޅުވާނެ .

  10. އަނިޔާ

    ވެރިކަމައް އިންޑިޔާގެ ބޮޑުވަޒީރު ގެންނަވާ އޭރުން މާތާހިރު ވާނެ