ފެނަކަ ކޯޕަރޭޝަންގެ ގިނަ އަދަދެއްގެ މުވައްޒަފުން ސަސްޕެންޑް ކުރީ ކީއްވެކަން އެ ކުންފުނިން މިއަދު ހާމަކޮށްފިއެއެވެ.

އެކަން ހާމަކޮށް މިއަދު އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ފެނަކަ މުވައްޒަފުން ކުއްލި ގޮތަކަށް ސަސްޕެންޑްކޮށް، އެ މުވައްޒަފުންނަށް ލިއުންތައް ފޮނުވަމުންދާ ވާހަކަތައް މީޑިއާތަކުގައި ގެނެސްދީފައި ވަނީ ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، ކުންފުނީގެ ކޮންމެ ބްރާންޗަކުންވެސް އަދި ރީޖަނަލް އޮފީހަކުންވެސް އެ ކުންފުންޏާއި މަތިކުރެވިފައިވާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ހަރުދަނާ އަދި ދެމެހެެއްޓެނިވި ހިދުމަަތްތަކެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަކީ ކޮންމެ މުވައްޒަފެއްގެ ޒިންމާއެއް ކަމަށެވެ.

"މުވައްޒަފުން ޒިންމާ އަދާކުރުމުގައި، އެ މުވައްޒަފާއި ހަވާލުކުރެވިފައިވާ ވަޒީފާ އަދާކުރުމުގައި ފަރުވާކުޑަކޮށް، އިހުމާލުވެ، ދެވޭ ހިދުމަތްތަކަށް ބުރޫއަރާ، ކުންފުންޏަށް ގެއްލުންވާނަަމަ، އެ މުވައްޒަފާއި މެދު އަމަލު ކުރަން ކަނޑައަޅެޅިފައިވާ އުސޫލުތަކެއް މުވައްޒަފުންނާއި ބެހޭ ގަވާއިދުގައި ވެއެވެ". އެ ބަޔާނުގައި ވެއެވެ.

އެހެންކަމުން އެ ކުންފުނީގެ މުވައްޒަފުން ސަސްޕެންޑް ކުރެވިފައި ވަނީ، ކުންފުނިން ދޭ ހިދުމަތްތައް ދިނުމުގައި އިހުމާލުން ކުންފުންޏަށް ގެއްލުންވުމާއި، އެ މުވައްޒަފު ފަރުވާކުޑަވުމާއި، ކުންފުނީގެ މުދަލާއި ފައިސާއަށް އިހުމާލުވުމާއި، ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ނަހަމަގޮތުގައި، ބޭނުން ކުރަމުންދާކަން ފާހަގަކުރެވި، ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބުރޫ އަރާފަދަ ގޮތަަކަށް މުވައްޒަފުގެ އަމަލު ހުންނާތީ ކަމަށެވެ.

މިދިޔަ ހަފްތާއެއްހާ ދުވަހު، ފެނަކައިގެ މުވައްޒަފުންތަކެއް ސަސްޕެންޑް ކުރި މައްސަލަތަކެއް ވަރަށް ބޮޑަށް ވަނީ ފެންމަތިވެފައެވެ. އެ މުވައްޒަފުން ސަސްޕެންޑްކޮށްފައި ވަނީ ކީއްވެގެންކަން އެއިރު، އެ މުވައްޒަފުންނަށް ފޮނުވި ސިޓީގައި ބުނެފައި ނުވެއެވެ. އެހެންކަމުން، އެ މުވައްޒަފުންތައް އެކަން މީޑިއާތަކުގެ ސަމާލުކަމަށް ގެނައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ފެނަކަ

  ފިކުރު ތަފާތުވުމުންނޭ ބުނީމަވެސް ދިވެހި ރައްޔިތުން ޤަބޫލް ކުރާނެ....

 2. ޒަހާ

  އެހެންކަމުން އެ ކުންފުނީގެ މުވައްޒަފުން ސަސްޕެންޑް ކުރެވިފައި ވަނީ، ކުންފުނިން ދޭ ހިދުމަތްތައް ދިނުމުގައި އިހުމާލުން ކުންފުންޏަށް ގެއްލުންވުމާއި، އެ މުވައްޒަފު ފަރުވާކުޑަވުމާއި، ކުންފުނީގެ މުދަލާއި ފައިސާއަށް އިހުމާލުވުމާއި، ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ނަހަމަގޮތުގައި، ބޭނުން ކުރަމުންދާކަން ފާހަގަކުރެވި، ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބުރޫ އަރާފަދަ ގޮތަަކަށް މުވައްޒަފުގެ އަމަލު ހުންނާތީ ކަމަށެވެ.

  ތިޔަބުނާ ކަންކަން ނޫސްބަޔާނަކުން ފުއްދާނުލާ އެ އިންޖީނުގެއަކަށް ވަޑައިގެން ބައްލަވާލައްވަން ވީއެއްނުތޯ، ނޫނީ އެރަށެއްގެ ރައްޔިތުންކުރެން އައްސަވަންވީއެއްނުތޯ< މޮޅު އެއްޗެއްދޯ މިބުނެލީ. ވަޒީފާގެ ބިރުދައްކާ ވަގުސަރުކާރު

 3. ދޮންހޯނު

  ޔަޤީން ނައިފަރު އިންޖީނުގޭގައި ތިޔަބުނާ އެއްވެސްކަމެއް ނޯންނާނެ. މަށަށްއެނގޭތީވެ މިބުނަނީ. ރިމްޒާނުކަހަލަ ހިންގުންތެރި މީހެއް ނުލިބޭނެ. ދެން މޮޅުވާހަކައެއްމިދައްކަނީ. ބަލަންތިބޭ އަހަރެމެންނަށްވެސް ދުވަހެއް އަންނާނެ އެދުވަހުން ވަޒީފާގެބިރު ނުދައްކާށޭ ގޮވިޔަސް އަޑެއްނީވޭނެ. ހަނދާންކުރާތި. ރައީސް ސޯލިޙް ތިޔަ އަޅުއްވަނީ ވަރަށް ޅަކޮށް. 5 އަހަރުގެ ޓާމްއެއް ތިވަރުން ނުލިބޭނެ

 4. ލަބީބު

  ތިފަދަ ކަންތައްތައް ހިނގާނަމަ ޤާވާޢިދުގައި އޮންނާނީ 1. އަގަބަހުން ނަޞާހަތްދިނުން 2. ލިޔުމުން ނަޞޭޙަތްދިނުން 3. ވަޒީފާއިން ވަކިކުރެވިދާނޭކަމުގެ އިންޒާރު ލިޔުމުން ދިނުން 4 . ވަކިމުއްދަތަކަށް މަސައްކަތުން އެއްފަރާތްކުރުން . 5 ވަކިކުރުން. އެ ކަންތައްތައް ފައިލްކުރެވިފައިހުންނަންވާނެ! މިއިން ފުރަތަމަ ތިން މަރުޙަލާ ނުގެންގޮސް ފަހު ދެ މަރުޙަލ ކުރިޔަށް ގެންދިޔުމަކީ އަނިޔާ! ތިޔައީ ކުލަ ތަފާތުކުރުން. ތިޔައީ ކަމެއް ނިމެންއުޅޭކަމުގެ ޢަލާމާތް! އިން ޝާ އަﷲ ތިޔަ ނިމެނީ!

  • ގަވާއިދު

   ގަވައިދަކު ނޯވޭ ޕާޓީ މީހުންނަށް ވަޒީފާ ދޭށެކޭ.. އެންމެ ފުރަތަމަ އިޢުލާން ކުރަންޖެހޭ.. ޝަރުތު ހަމަވާ މީހުންނާ އިންޓަރވިއު ކުރަންޖެހޭ... އެއްމެ ގާބިލު މީހަކު ހޮވަންޖެހެނީ... ފަތްބޯ މީހުންނާއި ވަގުންނާއެއް ނޫން ލާން ޖެހެނީ.. ފެހެންދޫ ބްރާންޗަށް ވެސް ނަގާފަ ހުރީ ފަތްބޯ މީހުންނާ ވަގުންނާ..ވަގު ޔާމީން

 5. ޙުސާމް

  ޜ.މާކުރަތު އިންޖީނުގެ އަނެއްކާ ސަލާމަތުން އެބަހުރިތަ،އެމީހުންނަކީ ތިޖޫރީން ހެޓްރިކް ހަދާފައި ތިބިބައެއް

 6. ޙަސަން

  ޔާމީން ސަރުކާރުން އަޅުގަނޑު މެން ވަޒީފާ އިން ވަކިކުރި އިރު..... ކޮބާ އެކަންތައް....

 7. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ތީ ކޮން ފިކުރެއްގެ ބައެއްތޯ ބަލާ!! އޭރަށް ތިވީ އިހުމާލު ވަރަށް ރަނގަޅަށް ރައްޔިތުންނަށް ހާމަވާނެ!!

 8. އަލިފްހާ

  ފިކުރު ތަފާތުވުމުންނޭ ބުނީމަވެސް ދިވެހި ރައްޔިތުން ޤަބޫލް ކުރާނެ.... މިހެން ޖަހާލިނަމަ . އެމްޑީޕީ މަޖިލިސް ކެންޑިޑޭޓަށް ތާއީދު ނުކުރުމާ، ރައީސް ވަގު ސޯލިހަށް ތާއީދު ނުކުރީމައޭ. މިހެން ކިޔާފަ ނޫސް ބަޔާން ނެރުނުނަމަދޯ

 9. އަހްމަދު

  ތިޔަބުނާގޮތުންވިއްޔާ ފުރަތަމަސަސްޕެންޑްކުރަންޖެހެނީ ރައީސް އިބޫ އެއީރައްޔިތުންކައިރީގަވި ވަޢުދުތައް ފުއްދާނުދީ އެކަމައް އިހްމާލުވުމުގެސަބަބުން