ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އަނބުރާ ނަގައިފިއެވެ.

މައުމޫން، ފާރިސް އަދި ނަދީމަށް ވަކިވަކިން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ފޮނުވި ސިޓީގައި ބުނެފައިވަނީ، ސަރުކާރު ވައްޓާލުމަށް މަޖިލިސް މެންބަރުންނާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމަށް ތުހުމަތުވާ މައްސަލާގައި ކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާކަމަށެވެ.

ފާރިސް މައުމޫން – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ފާރިސް މައުމޫން – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އަދި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ފުލުހަށް ފޮނުވާލާފައިވާ ކަމަށް ވިދާޅުވިއެވެ.

މައުމޫން، ފާރިސް އަދި ނަދީމްގެ އިތުރުން، ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ކުރިއަށް ނުގެންދަން ނިންމައި އެ މައްސަލަވެސް ޕީޖީން ވަނީ އަނބުރާ ގެންގޮސްފައެވެ. މީގެކުރިން ފާރިސްއަށް ކުރި ރިޝްވަތުގެ ދައުވާ ވެސް ވަނީ އަނބުރާ ނަގާފައެވެ.

ނަދީމް މިރޭ ކްރިމިނަލް ކޯޓުގެ ބޭރުގައި – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ނަދީމް މީޑިއާ އަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މައުމޫން، ފާރިސް އަދި ނަދީމްގެ އެ މައްސަލަ އަނބުރާ ނަގާފައިވާއިރު އެ ތިން ބޭފުޅުންގެ އެ މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް ވަނީ ނިންމާލާފައެވެ. އަދި އެ މައްސަލަ އޮތީ ޝަރީއަތަށް ފޮނުވާފައެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަގޫ ފިތި

    ބަސް އަހައިގެން ލާދީނިއްޔަތަށް ތަރުހީބު ދޭން ތިއްތިކޮށް ތިބޭ. އަތަކަށް ހިރިލިޔަސް "ދައުވާގެ މަޅި" އަށް ބާރުކޮށް އަނގަ ވަތަށް ވައްޓާލެވޭނެ.

  2. ސަޓޯ

    މާނުބެ އަކީ ބޯ ބޮޑު މޮޅު ގޮލައެއް އިނގޭ !!