ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ރައީސް އަޙުމަދު އަދީބު އަބްދުލް ޣަފޫރު، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް އެދި ހައިކޯޓުގައި އަމުރަކަށް އެދުނު މައްސަލައިގައި ކޯޓުން ވަކި ގޮތެއް ނިންމަންދެން، އެމަނިކުފާނު ގެއަށް ބަދަލު ކުރުމުގެ އަމުރަކަށް އެދިއްޖެއެވެ.

އަދީބުގެ ފަރާތުން މި އަމުރަށް އެދިފައިވަނީ 2018 ވަނަ އަހަރު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް މިއަދު ހައިކޯޓުގައި ބޭއްވި ޝަރީއަތުގެ ތެރެއިންނެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަދީބުގެ ވަކީލު އެދިފައިވާ ކަންކަމުގެ ތެރޭގައި ދެން ހިމެނެނީ ސިވިލް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމް ބާތިލު ކުރުމަށްފަހު އެމައްސަލަ އެކޯޓަށް ބެލޭނެކަމަށް ނިންމުމަށާއި، އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމަށް ދައުލަތުގެ މައްޗަށް އަމުރު ކުރުމަށެވެ.

މި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ބުނެފައިވަނީ ކުރިން އެމަނިކުފާނު ބޭރަށް ނުފޮނުވުނީ އިޖުރާއަތުތައް ފުރިހަމަ ނުކުރުމުންކަމަށާއި އަދީބުގެ ސީޓީ ސްކޭނެއް ހަދަން އުޅުމުން އެކަމަށް އަދީބުގެ ފަރާތުން އެއްބާރުލުން ދީފައި ނުވާކަމުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހްމަދު

    ޖަލުގަތިބިހުރިހާމީހުންނައްވެސް މިފުރުސަތުހުޅުވިގެންދާނެ

  2. ސައްތާރު

    ބޮޑެތި ވަގުން އަބަދުވެސް ހުކުންތަންފީޒުކުރާނީގޭގެ، ނިކަމެތި ކުޑަ ވަގުން ޖަލުތަކުގަ! އަންދާ ގާނޫނު ހިންގަން މިވަރެއްނެް!

  3. އިހްސާނާ

    އޭނަ ގެޔަށް ދޫނުކުރާތި!!