މާލޭގައި ވަޅިން ބިރުދައްކާ ފިހާރައަކުން ފައިސާ ފޭރިގަތް މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ވަޅިން ބިރުދައްކާ ފައިސާތަކެއް ފޭރިގެންފައި ވަނީ، މާފަންނު ބިސްބުރު ކައިރީ ހުންނަ ފިހާރަކުން ކަމަށެވެ.

އޭނާ އެ ފިހާރައިން ވައްކަންކޮށްފައި ވަނީ މިއަދު ހަވީރުއެވެ.

ފުލުހުން ވިދާޅުވީ، ވަޅިން ބިރުދައްކާ ފިހާރައިގެ ވަށްގަޑުގައި ގިނަ އަދަދެއްގެ ފައިސާތައް ވަގަށް ނެގި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ފޭރިގަތް ފައިސާތަކާއި އެކުގައެވެ. އެ ފިހާރައިން ވަގަށް ނެގި ފައިސާތަކުގެ އަދަދު 6000 އަށްވުރެ މައްޗަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދެރަމީހާ

    ވަރަށް ދެރަ ފޭރޭމީހުން ހުއްޓުވައި ފިޔަވައަޅާ

  2. ކިރު

    ވަށްގަޑު އެއީ ކޯއްޗެއް ؟؟

  3. ރޯނު އެދުރު

    ވަށްގަޑުގައި ގިނަ ަދަދުން ފައިސާ ރައްކާކުރެވޭނީ ވަރައް ބޮޑުވީމަ ދެއްތޯ. ވަޅިން ބިރުދައްކާ ލާރިތަކެއް ނެގީމަވެސް ވައްކަން ކުރީ ދެއްތޯ. ވަގުތުގައި ހަބަރު ލިޔާ ކުދިން ދިވެހި ބަހުގެ ކޯހެއް ހަދަން ފެނޭ. ހެހެހެހެ