މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ކައިރީގައި އޮންނަ ބިމެއް، ވަގުތީ ޕާކިންގ އޭރިޔާއަކަށް ހެދުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ. ޕާކިންގ އޭރިޔާއަކަށް ހެދުމަށް ނިންމި ބިމަކީ ކުރިން އެމްޓީސީސީގެ ހެޑް އޮފީސް ހުރި ބިމެވެ.

ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވީ މި ހަފްތާގެ ތެރޭގައި އެ ބިން، އާއްމުން ޕާކު ކުރުމަށް ހުޅުވާލެވޭތޯ މަސައްކަތް ކުރަމުން އަންނަކަމަށާއި އެތަނުގައި ހުރި ބައެއް އިމާރާތްތައް މަރާމާތު ކުރަން ޖެހިފައިވާކަމުގައެވެ.

ޕާކު ކުރާނެ އެކަށޭނެ ޖާގަ ނެތުމަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ކުރީގެ ސަރުކާރުތަކުންވެސް މި މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތްތަކެއް ކޮށްފައިވީނަމަވެސް، އެދެވޭ ހައްލެއް ލިބިފައި ނުވެއެވެ.

ވެހިކަލްތައް ޕާކު ކުރާނެ ޖާގަ ނެތުމަކީ ވެހިކަލްތައް ގެންގުޅޭ ފަރާތްތަކަށާއި އެހެން ފަރާތްތަކަށްވެސް އުނދަގޫ ކަމަކަށްވެފައިވާއިރު، ނުގަވާއިދުން ޕާކު ކުރުމުން ސްޓިކާ ޖެހުން، ފުލުހުން ވަނީ ވަރަށް ފަހުން ހުއްޓާލާފައެވެ. އެހެންނަމަވެސް، ނުގަވާއިދުން ޕާކު ކުރާ ބައެއް އުޅަނދުތައް ޓޯވ ކުރާނެކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގަބުރޭ

    ތޔާގޮތައް އެއްވެސް ޕްލޭޭނެއް ނެތި ކަންކަން ކުރުމުމުން ވާނެގޮތަކީ ވަގުތީ ދާއިިމީވެ ހަމައެއް ލަމައެއް ނެތި އެމީހަކު ބޭނުންވާ ގޮތަކަށް ކަންތައް ކުރަން ފެށުން. މިއޮތީވާ ސަރުކާރެއް ދޯ ވައުދު ވީ ގަވާއިދާ ހިލާފައް ޕާކުކުރިމުން ސްޓިކާޖެހުން ހުއްޓާލުން. ގަވާއިދާ ހިލާފަށް ޕާކުކުރުމުން ނަގާގެންގެންގޮސް ބޮޑެތި އަދަދިތަކުން ޖޫރިމަނާކުރުން ވައުދެއް ނޫން. ވާ ވާ ވާ ވައިސަރިވާ