ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ނަމާއި، ލޯގޯ، ކުލަ، އަސާސީ ޤަވާއިދު އަދި މެނިފެސްޓޯ ފާސްކޮށްފިއެވެ. ޕާޓީގެ މި ކަންކަން ފާސްކޮށްފައިވަނީ މިރޭ ބޭއްވި އެޕާޓީގެ އިފްތިތާޙީ ބައްދަލުވުމުގައެވެ.

ނަން، ލޯގޯ، ކުލަ، ދިދަ، އަސާސީ ޤަވާއިދު އަދި މެނިފެސްޓޯ ފާސްކުރުމަށް ވޯޓު ދީފައިވަނީ ކަނޑައެޅިފައިވާ މަންދޫބުންނެވެ. އެއީ ޖުމުލަ 357 މަންދޫބުންކަމަށް ޖަލްސާގައި ފާހަގަކޮށްފައިވެއެވެ.

ޕާޓީގެ ނަމަކަށް "ޕީޕަލްސް ނޭޝަނަލް ކޮންގްރެސް" ހަމަޖައްސާފައިވާއިރު ރަމްޒީ ނަމަކަށް ހަމަޖައްސާފައިވަނީ "ކޮންގްރެސް ޕާޓީ" އެވެ. މިކަން ފާސްކޮށްފައިވަނީ މަންދޫބުންގެ އިއްތިފާޤުންނެވެ.

އެޕާޓީގެ ކުލައަކަށް ވިލު ނޫ ކުލަ ނުވަތަ ޓާކޮއިސް ހަމަޖެއްސިއިރު، ކުލަ ފާސް ކޮށްފައިވަނީ 355 މަންދޫބުންގެ ވޯޓުން އަޣުލަބިއްޔަތު ލިބިގެންނެވެ.

ލޯގޯ އިން ދޫންޏަށް ސިފަވާއިރު ކުލައަކީ ވިލު ނޫ ކުލައެވެ. ދިދަަ އަކީ ވިލު ނޫކުލައިގެ ފަސް މަންޒަރެއްގައި ހުދު ކުލައިން ލޯގޯ ފެންނަން އިންނަ ދިދައެކެވެ.

މީގެއިތުރުންވެސް، މިރޭގެ ޖަލްސާގައި މަންދޫބުންގެ އިއްތިފާޤުން އަސާސީ ޤަވާއިދާ މެނިފެސްޓޯވެސް ވަނީ ފާސްކޮށްފައެވެ. ހަމައެހެންމެ، ޕާޓީގެ ރައީސުންނާއި ދެ ނައިބު ރައީސުންނާއެކު، 40 މެންބަރުންގެ ވަގުތީ ކޮމިޓީއެއްވެސް އެކުލަވާލެއްވިއެވެ.

ކޮންގްރެސް ޕާޓީގެ ކުލަ އަކީ ވިލު ނޫކުލަށް ކަމަށް ފާސްކުރިއިރު އިލެކްޝަންސް ކޮމިޝަނުން ގެންދަނީ އެކޮމިޝަންގެ ރަސްމީ ކުލަ އަކީ ވެސް ވިލުނޫކުލަ ކަން އިއުލާން ކުރަން ތައްޔާރު ވަމުންނެވެ. ކޮމިޝަންގެ ކުލަ އާއި ލޯގޯ ބަދަލުކޮށް އެކަން މާދަމާ އިއުލާން ކުރާނެ ކަމަށް ބެލެވެއެވެ. އެހެންކަމުން ކޮންގްރެސް ޕާޓީގެ ކުލަ އިލެކްޝަންސް ކޮމިޝަނުން ބަލައި ގަންނާނެ ކަމަކަށް ނުބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ރާޅު ބޯއީ

  ތިމަރަފުށީ ބޮޑު ވަގުކަލޭގެ ތިހެންވެސް ހަދާފާނެ.

 2. އަލްޖިބްރާ

  ތީ ވަގުންގެ ޕާރޓީ !

  • Anonymous

   ލާދީނީ ވަގުންނެއް ނޫނެއްނު. ދެން ލަލަލާ

 3. ާޝުޖާ

  ޢީސީ ޝަރީފު މީހެެއް ދެކެ ހިތާވިޔަސް ތީބޮޑުވަރެއް

 4. ޏަޓަ

  ލޯގޯ ވަރައް ފުރިހަމަ. ކޮންގްރެސް ވެސް ހަމަ އެހާ ފުރިހަމަ ކޮއް ގެން ދިޔައީ. އަދުރޭގެ ސްޕީޗް އައްފަހު އީސީ ގެ ރިއެކްށަން މާދަމާ ފެންނާނެ. އަހަރުމެން ނައް އިނގޭ އެއްޗަކީ ތެދުވެރިކަމާއެކު އިސްލާމްދީން މަތީގާކުރާ މަސައްކަތައް ނަސްރު ދެއްވާނެކަން. އަހަރުމެން އިރާދަ ކުރެއްވިޔާ ކެއްތެރިކަމާއެކު ރައީސްޔާމީން އާއެކު މިގައުމުގެ ހައްގުގާމަސައްކަތް ކުރާނަން. މިރޭ ރައީސް ޔާމީން ފެނުނީމަ ވަރައް އުފާވި. މާތް ﷲތިކުރައްވާ މަސައްކަތުގަ ބަރަކާތް ލައްވާށި. އާމީން.

 5. އަޒްލީ

  ތީ އަދާލަތު ލޯގޯއައް ބަލައިގެން ކޮއްފަ އިން ކަމެއްދޯ.. ޕާޓީގެ ނަމަކާ. ލޯގޯއަކާ އެއްވެސް ގުޅުމެއް ނެތް.. ވަރައް ވަނދު ޕާޓީއަކައްވާނީ.

  • މޫސާ ހަލީލް

   އެހެން ޕާޓީތަކުގެ ލޯގޯއާއި ޕާޓީއާ ހުރީ ވަކި ކޮންގުޅުމެއްތަ އެމްޑީޕީގައި އިންނަނީ ތިލަފަތެއް ކޮބާތަ ޕާޓީއާ ގުޅިފައި ތިލަފަތަކީ ކިރާ މިނަން ގެއްގުޅޭ އެއްޗެއް ޕީއެމްފާ އިންނަނީ ރުކެއް ކޮބާތަ ގުޅިފައި ޖުމްހުރީ ޕާޓީގައި އިންނަނީ ތަރި ހަދުފަޅި ކޮބާތަ ގުޅިފައި ތަރިއާއި ދެން މިހެން ގޮސްކިޔާނެ ބައިބަރު އެއްޗެހި އެބަހުރި ވަރަށް ސަލާ

  • Anonymous

   ހާހާ ޔޫ ވިޝް!

 6. ސަމްއާން

  ކަރަޕްޝަނުގެ ދޫނި.. މަނީލޯންޑަރިންގެ ދޫނި.. ރައްތަކާއި ފަޅުތައް ވިއްކާ ދޫނި..

  • Anonymous

   އޫ. ތަރައްގީގެ ދޫނި. ވޯޓު ވަގު ފަޟީހަތް ކުރާ ދޫނި. ލާދީނީންނަށް ހަޖަމު ނުވާ ދޫނި. ދީނަށް ފުރައްސާރަ ނުކުރާ ދޫނި. މޮޔައިންގެ ކިއްލާ އިން މިގައުމު ސަލާމަތް ކުރާ ދޫނި. އަދިވެސް ކިޔަންވީތަ؟

 7. ހަސަނުލް

  އައިލެންޑް އޭވިއޭޝަން އަށްވެސް ރަގަޅު ލޯގޯއެއް.

 8. އިކްރާމް

  ވައި އަކުރު ސިފައެއް ނުވޭތަ؟

 9. ޛަމަލޭ

  ދޫންޔަކަށްވުރެ ތިލޯގޯ ވައްތަރީ ޕައިރެޓް ޝިޕް އަކާ