ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ރައީސްކަމަށް އަބްދުލް ރަހީމް އަބްދުﷲ އައްޔަން ކުރައްވާ ނައިބު ރައީސުންގެ މަޤާމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދާއި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު އައްޔަން ކުރައްވައިފިއެވެ.

މި ބޭފުޅުން މަގާމުތަކަށް އައްޔަން ކުރައްވާފައިވަނީ، ޕާޓީގެ ދާއިމީ މަޤާމުތަކަށް މީހުން އައްޔަން ކުރެވެންދެން، ޕާޓީ ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރުމަށެވެ.

ރައީސް އާއި ނައިބު ރައީސް ހިމެނޭހެން އިތުރު ގިނަ އަދަދެއްގެ ފަރާތްތަކާއެކު ވަނީ އިންތިޤާލީ ކޮމިޓީއެއް އެކުލަވާލައްވާފައެވެ. އޭގެތެރޭގައި، ކުރީގެ ވަޒީރުންނާއި، ކުރިން ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި ފަރާތްތައް، މަޖިލީހުގެ މެންބަރުން އަދި ކުރިން ޕީޕީއެމްގައި ވަރަށް އިސްކޮށް ހަރަކާތްތެރިވި ފަރާތްތައް ހިމެނެއެވެ.

އިންތިޤާލީ ކޮމިޓީގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު، ކުރީގެ އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު، ޕީޕީއެމްގެ ކުރީގެ އެސްޖީ މުޙައްމަދު ޙުސައިން ޝަރީފް، އެމްޕީއެލްގެ ކުރީގެ ސީއީއޯ އިބްރާހީމް އަބްދުއް ރައްޒާގު ހަލީމް އަދި އެމްޑަބްލިޔުއެސްސީގެ ކުރީގެ ސީއީއޯ ފަޒުލް ރަޝީދުވެސް ހިމެނިވަޑައިގަންނަވައެވެ.

ކޮންގްރެސް ޕާޓީ އުފެއްދުމުގެ ޖަލްސާ މިރޭ ބާއްވާފައި ވާއިރު ޖަލްސާ ނިމުމުގެ އިރުކޮޅެއް ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ޖަލްސާއަށް ވަޑައިގެން ހާއްސަ މެހެމާނެއްގެ ގޮތުގައި ޖަލްސާގައި ބައިވެރިވެ ވަޑައިގެންފައެވެ. ނަމަވެސް އެމަނިކުފާނު ޖަލްސާގައި ވާހަކަފުޅު ދައްކަވާފައެއް ނުވެއެވެ.

ކޮންގްރެސް ޕާޓީ އުފެއްދުމުގެ މަސައްކަތް ޔާމީން އިސްވެ ހުންނަވައިގެން ފެއްޓެވީ ޕީޕީއެމްގެ މައްސަލަ އެމަނިކުފާނާއި އެއްކޮޅަށް ސުޕްރީމް ކޯޓުން ނިމޭނެ ކަމަށް ގަބޫލު ނުކުރެވޭތީއެވެ.

ކޮންގްރެސް ޕާޓީ އުފެއްދުމުގެ ޖަލްސާ މިރޭ ބާއްވާފައި ވާއިރު އެޕާޓީ ރަޖިސްޓްރީ ކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެ ގަވައިދެއް އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާގައި ވަނީ އެކުލަވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޝަހީ

    މަރުހަބަާ ތިން ބޭފުޅުންނަށް

  2. ޑާންސް

    ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސަކަށް އަދުރޭ، ނައިބުންނަށް ސައީދާއި އާދަމް ޝަރީފް ހަމަޖައްސާ އަދި މަމެން ޕީއެންސީގެ ބިއުޓިފުލް ރައީސް ޖަލްސާގައި ބައިވެރިވި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މީގެ ސަބަބުން ރާއްޖޭގެ ޕޮލިޓިކަލް ލޭންޑްސްކޭޕް އަށް ބިއުޓިފުލް ބަދަލު ތަކެއް އަންނާނެއޭ ކުދިންނޭ ހިނގާ ދެން މިކަމުގެ އުފަލުގައި ނަށާލާ ލަވަލިޔާލަން ކުދިންނޭ ބޭބީ ކަމޯން ހޭންޑްސް އަޕް ބޭބީ ޓު ނައިޓް ޗޭންޖް ދަ ކަލަރސް އޮން ދަ ޑާންސް ފްލޯރ ސޯ ޑާންސް ޑާންސް ޑާންސް

  3. ރަނގަޅުވަނީއޭ

    މަމެންނަށް އިނގޭ އެއްޗަކީ މިއަދު ހެދުނު ތެދުވެ ގޭގެ ކުޑަ ދޮރުގެ ކާރޓެއިން ކަހާ މައްޗަށް ބަލާލުމުން ބްލޫ ސްކައި ފެންނާން ފަށައިފިއޭ މިއިން އެގިގެން ދަނީ މިއަދަކީ އެއީ މަމެންގެ ހަލާކުވެފައިވާ ހިތަށް ފިނި ކަމެއް ގެނެސްދޭނެ އުފާވެރި އޯޓަމް ބްރީޒް ފީލިންގް ގެނެސްދޭނެ ހެޕީ ނިއުސް އެއް މިއަދު ލިބިގެންދާނެ ކަމަށޭ މަމެންނަށް ބުނަން އިނގޭހާ އެއްޗަކީ މަމެންނަށް ބުނަން އިނގޭހާ އެއްޗަކީ އަދަކީ އުފާވެރި އިހްސާސް އެއް ހިތަށް ގެނެސްދޭ ދުވަހެކޭ ހުރިހާ ކަމެއް

  4. ސާ ލެމަން

    ފެންނަފެނުމުން ފެންނަނީ ވަގުންގެ ޖަމީއްޔާއެއް ގޮތުގަ.

  5. ރާއްޖެ

    ކޮންގްރެސް ޕާޓީ ސައްހަ ނޫންކަމަށް ނިއްމައި
    އެޕާޓީން މަޖިލިސް އިންތިޚާބުގައި ވާދަކުރިއަ
    ނުދޭނެކަމަކަށް ނުބެލެވެއެވެ އަދި ޕޕމގެ މައްސަލަވެސް އިންތިޚާބުގެ ކުރިން ނިމޭނެކަމަށް
    ނުބެލެވެއެވެ މިކަންކާމެދު ކޮންގްރެސް އާއި ޕޕމގެ މެންބަރުން ވިސްނެވުމަށްފަހު މި އަޑި
    ގަނޑުން ސަލާމަތްވާނެ ފޯމިއުލާއެއްހޯދުން ބުއްދި
    ވެރިއެވެ.

  6. ޚޮތުރތިތު

    ޝެއިޚް އިބްރާގެ ނުބައި އަނގައިން މިގައމު ސަލާމަތްކޮށްދީ. ޢަދި އަންހެންދަރިން ކައިވެނީގެ ބޭރުން ނުވިހާގޮްތް ހަދަން އުޅޭ ފޫޅުމައި އައްނިގެ ބޭކާރުވާގަކަ ތަކުން ރައްޔިތުން މަގުފުރައްދިޔަނުދީ އިސްލާމްކަންމަތީ މިގައުމު ހިމާޔަތްކޮށްދީ.

  7. މިއަދު

    ތިޖަލްސާގައި ޚާއްޞަ މެހްމަނެއްގެގޮތުންވެސް ރައިސްޔާމީނު ބައިވެރިވެ ވަޑައިގަތުމަކީ ޕާޓީ ރަޖިސްޓްރީވުމަށް އޮތްހުރަހެއްކަމަށްވަނެ މިއަދު ކުއްލިގޮތަކަށް އީސީ އިންބަޔަނެއްނެރެފަނެ ޕީއެންސީ އުފެއްދުމުގެ ޖަލްސާ ބައްވާފައިވަނީ އެހެންޕާޓީތަކުގެ މެމްބަރުންހިމަނައިގެންނ300 މީހުން ހަމަކޮށްގެނޭ އެހެންވެ ޕީއެންސީ އުފެއްދުމަށް ބޭއްވި ޖަލްސާކޮމިޝަނުންބަލައިނުގަންނަމޭ އެއިރުން ތިމަސައްކަތް އަނެއްކާ ބޭކާރުވީ ޝަރީފް ގެ އަދާވަތްތެރިކަން ހައްދުފަހަނައަޅާފައި

  8. އަވަސް

    މި ޤައުމު ދެން ހަލާކުގެ ތެރެއަށް ވައްޓާލާނީ އިލެކްޝަން ކޮމިޝަންގަ ތިބި އަކުރަމް އާއި ޝަރީފް އާއި މި ދެމީހުން، ދިވެހިން ބަލަން ތިބޭ، އެ ދެމީހުންނަށް މިލިޔަނުން ދީފަ އެތިބީ ދެންހަމަ ތެޅިފޮޅޭނީ،،