ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގުޅުމުން އުފެދޭނީ ދިވެހި ޤައުމު ސަލާމަތް ކުރާނެ ލަޝްކަރުކަމަށް ކޮންގްރެސް ޕާޓީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވީ އެޕާޓީ އުފެއްދުމުގެ ގޮތުން ބާއްވަން ޖެހޭ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެންގެ ޕާޓީއާ ޕީޕީއެމް ގުޅުނީމާ އެއީ މި ދިވެހި ޤައުމު ސަލާމަތް ކުރާނެ ލަޝްކަރު" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ކޮންގްރެސް ޕާޓީގެ މައިގަނޑު މަގުސަދަކީ ސައްތައިން ސައްތަ މުސްލިމު، މިނިވަން މުސްތަގިއްލު ޤައުމެއް ބިނާކުރުންކަމަށާއި، މި ފަސްގަނޑުން އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުޞަތު ނުދިނުމަށްޓަކައި އެޕާޓީން ތިބީ ކަމަރު ބަނދެގެންކަމަށެވެ.

"އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަގީންކޮށް އަރުވަން ބޭނުންވަނީ އަޅުގަނޑުމެންގެ ޕާޓީގެ މައިގަނޑު މަގުސަދަކީ ސައްތައިން ސައްތަ މުސްލިމު، މިނިވަން، މުސްތަގިއްލު ދިވެހި ޤައުމެއް ބިނާކުރުން. އަޅުގަނޑުމެން މިތިބީ މި ފަސްގަނޑުން މާތްވެގެންވާ އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުޞަތު ނުދިނުމަށްޓަކައި ކަމަރު ބަނދެގެން." އަދުރޭ ވިދާޅުވިއެވެ.

މިއީ ރައީސް ޔާމީންގެ ވިސްނުންފުޅާއެކު އުފެއްދެވި ރައީސް ޔާމީންގެ ޕާޓީއެއްކަމަށާއި ޕީޕީއެމްއާ ގުޅިގެން މަސައްކަތް ކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މި ޕާޓީއަކީ ޚުދު ރައީސް ޔާމީންގެ ޕާޓީއެއް. މި ޕާޓީ އުފެއްދެވުމުގެ ހުރިހާ ވިސްނުންފުޅަކާ ހުރިހާ ޚިޔާލުފުޅެއް އަޅުގަނޑުމެންނާ ހަމައަށް ތިލަކޮށްދެއްވި ބޭފުޅަކީ ރައީސް ޔާމީން. މި ޕާޓީގެ ފިކުރަކީ ރައީސް ޔާމީންގެ ފިކުރު. މި ޕާޓީން ދަމަހައްޓާނީ ރައީސް ޔާމީންގެ ސިޔާސަތު. އަޅުގަނޑުމެން މިހާރު އުފެއްދުމަށް މި މަސައްކަތް ކުރަމުންދާ ކޮންގްރެސް ޕާޓީއާއި މި ވަގުތު ރައީސް ޔާމީން ރައީސްކަން ކުރައްވަމުންދާ ޕީޕީއެމް ދާނީ ވަރަށް ގުޅިގެން އެކީ އެއް ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ގޮތަށް ވަރަށް ސާބިތުކަމާ އެކީގައި." އަދުރޭ ވިދާޅުވިއެވެ.

ކޮންގްރެސް ޕާޓީއަށް ގިނަ ބައެއްގެ ތާއީދު ލިބުނީ ރައީސް ޔާމީންގެ ވެރިކަމުގައި ކޮށްދެއްވި ކަންކަމުގެ ސަބަބުންކަމަށް ވެސް މިރޭގެ ޖަލްސާގައި އަދުރޭ ވިދާޅުވިއެވެ.

"މި ޕާޓީ އަށް ދިވެހި ރައްޔިތުންގެ ތާއީދު މިހާ ބޮޑަށް ލިބިގެންދިޔައީ ވޭތުވެދިޔަ ފަސް އަހަރު ދިވެހިރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ރައީސް ޔާމީން ހުންނަވައިގެން ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކޮށްދެއްވި އަގު ނުކުރެވޭނެ މަތިވެރި ޚިދުމަތުގެ ސަބަބުން" އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަޝްރަފް

    އަދުރޭ. މަޤްޞަދަކީ ސައްތައިން ސައްތަ ވައްކަންކުރާ މުސްލިމު ގައުމެއް ބިނާކުރުމޭ ވިދާޅުވިނަމަ ގަބޫލުކުރަން ތަންކޮޅެއް ފަސޭހަވީސް.

  2. ދޮންބެ

    މިނޫން މީހަކު ތިޔަތާގަ ނެތީތަ އަޅެ.... ކިޔަވައިގެން ތިބި މީހުންގެ ބޭނުމެއް ނެތް... ހިތާމަ ހުރި.... ވަގުންނަށް ވަރަށް ފުރުޞަތު ބޮޑުކަމަށް ބެލެވެނީ... ވަރަށް ސަލާން

  3. ކޭޓީ

    ސާބަހޭ ކޮންގޮރަސް ޕާޓީ

  4. އަލްޖިބްރާ

    ފޯމުތަކުންވެސް ވައްކަންކޮށްގެން ޕާރޓީއަށް މީހުންހަމަކުރިބަޔަކު ނުގަޅާނެ އަގައެއް ނޯންނާނެ ! ކަލޭމެނަށް ވެރިކަން ހަވާލު ނުކުރާނެކަން ފާއިތުވި އިންތިޚާބުން އެއޮތީ ރައްޔިތުން ދައްކާފަ ! ތީ މިހާރު ގާދޫކޮލުން ބޭރުކޮށްފާވާ ބައެއް ! ތިތާތިބި ގިނަމީހުންނަކީ ޖަލަށް ލާން ޖެހޭބައެއް ! އެތަން އަދި ފެންނާނެ ! މަވަރު މީހަކު ނެތިގެން އަނެއްކާ އަނެއް އަގައެއް ގަޅަން ފެށީ އުތަ ؟ ލަދުހަޔާތް ކޮބާތަ ؟

    • ހަހަ

      އެހެންތަ؟

    • ހަހަ

      ވައްކަން ކުރި އަންނި ވެސް ، ދެނޯ؟

  5. ??

    ސާބަސް އަދުރޭ

  6. ޖަރީމާޔާނު

    ހަހަ ތިލަޝްކަރުތިއީ ރައްޔިތުންގެ ތިޖޫރީ ސާފުކުރާ ލަޝްކަރު

  7. ކޮންގ

    ލައްކަ އަސަރުގަނދެއް ކޮށްފިތާ ކޮބާ އެ އޮތީ ޕާޓީވެސް ހަދަާފަ ދެން ހަމަ ލަލަލާލާ ހަހަހަހާޙާ ޕޮއް!!!!!

  8. މުހައްމަދު

    މާނައަކީ ފޭރި ފުރޭމްކޮށް މީހުންގެމުދާއަތުލާ
    ވަށްކަން ަކުރުމޭ ބޭނުމަކީ

  9. އަހުމަދު

    އަމާ އަހަންނަކީ ފެށުނީއްސުރެން ރައީސް ޔާމީނުގެ ސަޕޯޓަރެއް ، ރ ޔާމީން ގައުމަށް ކުރެއްވި ބ ބޮޑު މަސައްކަތް އަބަދުވެސް ހަނދުމަފުޅު ހުންނާނެ، އެކަމކު އަމާ ކަލޭ ތިޕާޓީގެ ރައީސަކަށް ނެގިހިސާބުން މަ މިޖެހުނީ ފޭޔަށް ، ތިޔަކަހަލުގެ ފެއިލިޔަރުން ނާއި އެކު މަސައްކަތް ނުކުރުމަށް ، ހަގީގީ ރައީސް ޔާމީން ބަލިވުމުގެ އަސްލަކީ ކަލޭ ، ގަބޫލު ނުކުރިޔަސް ކުރޔަސް މީ ހަގީގަތް. ވަރަށް ވެދުން

  10. ވގ

    ދައުމުދަވާލާނެ ލަސްކަރު ނިމިދިޔަ ސަރުކާރުގަ އެކަންފެނިގެންދިޔަ އަދުރޭ ކޮން މުއްސަދި ކަމެއްތޯ ލިބިގެން ތިއުޅެނީ އަނއެކާ ތަރިކަބެހީތޯ އެކަމަކު ވައްތަރީ ވައަކަން ކޮއްގެންހޯދާފަ ހުރި މުދާހެން