ޖުމްހޫރީ ޕާޓީން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއެކު މަސައްކަތްކުރަން ޖެހޭ ހާލަތެއް ނާންނާނެ ކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރިޔާޒް މިހެން ވިދާޅުވީ ޕީއެސްއެމް "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުންނެވެ. ޖުމްހޫރީ ޕާޓީން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއެކު މަސައްކަތްކުރަން ޖެހޭ ހާލަތެއް ނާންނާނެ ކަމަށް ރިޔާޒް ވިދާޅުވިއިރު ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޔާމީނާ މަޝްވަރާ ކުރަން ވެސް ތައްޔާރު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރަހިމް ވަނީ ވިދާޅުވެފައެވެ.

"ރައީސް ޔާމީނާއެކު މަސައްކަތްކުރަން ޖެހޭ އެއްވެސް ހާލަތެއް ނާންނާނެ. އަޅުގަނޑުމެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކުރިއަށްއޮތް ފަސް އަހަރު ކޮންޓިނިއު ކުރާނަން. އެއީ ޖުމްހޫރީ ޕާޓީގެ ޕޮޒިޝަނަކީ،" އޭނާ ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ކުރިއަށް މިއަންނަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކަމަށާއި އިންތިޚާބަކަށް ދާއިރު ޖުމްހޫރީ ޕާޓީއަށް ވެސް ރައްޔިތުންގެ މެޖޯރިޓީއެއް ބޭނުންވާނެ ކަމަށެވެ. އަދި ހުރިހާ ޕާޓީއަކާއި ހުރިހާ ލީޑަރުންގެ ތާއީދު ވެސް ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ވެސް ހުރިހާ ލީޑަރުންގެ ތާއީދު ބޭނުންވޭ. އެ ތާއީދު ބޭނުންވުމަކީ އެބޭފުޅަކާއެކު މަސައްކަތްކުރުމެއް ނޫން. އަޅުގަނޑު ދެކޭގޮތުގައި ރައީސް ޔާމީން ނޫނީ ޕީޕީއެމް ނޫނީ ޕީއެންސީ ވެގެންދާނީ އޮޕޮޒިޝަނަށް، އަޅުގަނޑުމެން ވާނީ ސަރުކާރަށް. އޮޕޮޒިޝަނުން ރަނގަޅަށް ޕޮލިޓިކްސް ހިނގާ ކަމުގައިވަންޏާ އަޅުގަނޑުމެން ޒާތީ ވެގެންނެއް ނުވާނެ އެއްވެސް ބަޔަކާ. އަޅުގަނޑުމެން އޮޕޮޒިޝަންގެ ގޮތުގައި ތިބި ބަޔަކާއެކު ވެސް މަޖިލިސް ތެރެއިން ކުރަންޖެހޭ ބަހުސް، މަޝްވަރާ ކުރެވެން ޖެހޭނެ. އެމީހުންނާ އެއްވެސް ވާހަކައެއް ނުދެކެވި، ކަންކަން ނުކުރެވޭ ގޮތަކަށް އޮވެގެންނެއް ނުވާނެ،" އޭނާ ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އިތުރުން ގާސިމް އިބްރާހީމްއަކީ ރައްޔިތުންގެ މަޖިލީހުގެ ވެސް ރައީސަށްވުމާއެކު ރައްޔިތުންގެ މަޖިލިސް ރަނގަޅަށް ހިންގުމަށްޓަކައި މިވަގުތު ޕީޕީއެމްގެ މެންބަރުންގެ ތާއީދު ވެސް ބޭނުންވާނެ ކަމަށެވެ. ގާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހިއްޖެ ހާލަތެއްގައި ވެސް ޕީޕީއެމްގެ މެންބަރުންގެ ތާއީދު ވެސް ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖޭޕީން ރައީސް ޔާމީނާއެކު މަސައްކަތްކުރަން ޖެހޭ ހާލަތެއް ނާންނާނެ ކަމަށް ރިޔާޒް ވިދާޅުވިއިރު މީގެ ކުރިން ވެސް އޭނާ އަކީ ޔާމީނަށް އަމާޒުކޮށް އެންމެ ވަރުގަދަ އަށް ފާޑުވިދާޅުވާ އެއް ބޭފުޅާއެވެ.

ރިޔާޒް ގެންދަވަނީ އަންނަ އޭޕްރިލް މަހު އޮންނަ މަޖިލިސް އިންތިޚާބުގައި ތިމަރަފުށީ ދާއިރާއަށް ވާދަ ކުރައްވަމުންނެވެ. އޭނާ އާއި ވާދަކުރައްވާނީ ތިމަރަފުށީ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު މުސްތަފާ އެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. އަޑަފި

  ތިޔަހެންކި މުހައްމަދު ނަޝީދުއާ ބެހޭގޮތުންވެސް

 2. ޓްރޭސް

  ތިމަރަފުށީ ޢަބްދުﷲ ރިޔާޟަށް ވާނެކަންތަކާ ނުވާނެ ކަންތަކެއް ނޭނގޭނެ! ކަލޭ މެއްސެއްހެން ފޮޅާލާފަވެސް ޔާމީނާއެކު މަސައްކަތް ކުރާނެ ޙާލަތެއް އަތުވެދާނެ! ޔާމީނާ އަޅާކިރާލާއިރު ކަލޭތީދެން ކާކުތަ؟

 3. އުސައިދު

  މި ރިޔާޒުއަކީ ޖޕގެ ލީޑަރަށްވުރެވެސް މަތީ މީހެއް!

 4. ސިލްމާ

  ރަގަޅީވެސް ތިގޮތެވެ. އިންޝާއަﷲ މަޖްލިސްގެ މެޖޯރިޓީ ރައީސް ޔާމީން ނަންގަވާނެއެވެ. މަދުވެގެން 96000 މީހުންގެ ވޯޓް ރައީސް ޔާމީންގެ މެމްބަރުންނަށް ލިބޭނެއެވެ. އެއީ މަދުވެގެން 36 ގޮނޑިއެވެ.

 5. Anonymous

  ޢެމްޑީޕީ އެންމެ ވޯޓެއްވެސް ލިބޭނެކަމައް ހީނުކުރާތި . މަޖުލިސްގޮނޑި ހޯދަން ނާންނާތި. ގޮނޑި ލިބުނަސް ލިބޭނީ ޕީއެންސީ ގެ މެމްބަރަކު ވޯޓެއް ދިނިއްޔާ. ތިޔައީ ބާޣީއެއް އަހަރެމެން ކަލެއައް މާފެއް ނުކުރާނަން. އެމްޑީޕީ ވެރިކަން ވައްޓާލި ބޮޑު ބާޣީއެއް.

 6. Anonymous

  ރައީސް ނަސީދުގެ ވެރިކަން ވައްޓާލުމުވެ އަޑީގަ ހުރި ބާޣީ ރިޔާޒު ކޮން ސޯލިހު އެއްގެ ވާހަކައެއް ދައްކާކައް. ކަލޭމެން މެއްސެއް ފޮޅާލާހެން ފޮޅާލާނަން

 7. ހަލީމް

  މުސާރައަށް ޖުމްހޫރީ ޕާރޓީގަ މަސައްކަތް ކުރާ ތިމަރަފުށީ މީހަކަށް ކިހިނެތް ތަ ބުނެދޭން އެނގޭނީ ޖުމްހޫރީ ޕާރޓީގެ ޕޮޒިޝަން؟ ޕާރޓީގެ އެންމެ އިސް ފަރާތުގެ ބަސް އިއްވާފަ އެބައޮތް.

 8. Anonymous

  ޖޭޕީންދޯ އުޅެނީ ޕީޕީއެމްއާ އަޅައިގަނެގެން. ގާސިމު އަޔަސް ބާޣީ ރިޔާޒު ނުޖެހޭ އަންނާކަށެއް

 9. ތިމަރަ އަލިފާން

  އަބުދުﷲރިޔާޒުއަށް ގޮނޑިކާމިޔާބު ކޮއްދޭން ރޔާމީންގެވެސް ތާއިދުބޭނުންވާނެކަމަށް ބުނެފަ ދެންމިބުނަނީ ރޔާމީނާއެކު މަސައްކަތްކުރަންޖެހޭ ހާލަތެ ނާންނާނެއޭ. އެހެންވީމަ ހަމައެކަނި ޖޕއަށް ގިނަގޮނޑި ހޯދަދޭންއެކަނިދޯ ރޔާމީންގެ ތާއިދުބޭނުންވަނީ. ތިކަމެނުވާނެ ކަލޭމެން ދެން ރުހިގެންވިޔަސް ނުރުހިގެންވިޔަސް ތިކޯލިޝަނުގަތިބޭ. ތިތަނަކުން ކަލޭމެންނަކަށް ނުނިކުމެވޭނެ އެއަށްވުރެ ބާރަށް ބަދެފަތިތިބީ. މޮހާދޭންއުޅުނަސް އެކަމަށް އެއްބާރުލުން ދިންކަންއެގުނަސް އެއަށްވުރެ އަވަހަށް ކަރަށް މަޅިފައްތާނެ.. މޑޕއާއެކު ކަލޭަމަސައްކަތް ކުރާނެ ހާލަތެ އަތުވެދާނެކަމަށް ގަބޫލުކުރިންތަ 2012ގަ ފެބްރުއަރީ7ގަ. އެހެންވީމަ ހާލަތު ނިޔާކުރާނީ ﷲ އެހާލަތު ދިމާވިޔަސް ތިކަހަލަ ފިތުނަވެރި ހަސަދަވެރިޔަކަށް އެއްބާރުލުން ނުދިނަށް ރޔީނަށް ގޮވާލަން.

 10. އަބުދުﷲ

  އަހަރެންގެހިތެންނުބުނޭ އަބުދުﷲރިޔާޒު
  ތިގޮޑިލިބިދާނެކަމަށް މެންބަރުންތިޕާޓީއަށް
  ދިޔައީ ރަތްޔެތުންތިބީއެހެންދިމާލެންގަ

 11. ލަބީބު

  ކަލޭތީ މަތިންބައިން އައިސްހުރި މީހެއް! ޤާސިމުގެ ނިންމުން ކަލެޔަށް ބަދަލެއްނުކުރެވޭނެ!

 12. މިގޭ

  މީ ކާކު މޮޔަވެގެން މިއުޅެނީ. ތިހެން މާ ފުއްޕަންޏާ ސައިޒު ކުރެވިދާނެ.

 13. މިގޭ

  ތީ ބާޢީއެއްނޫންތަ. މާ ފުއްޕަނީ

 14. Miadhu

  ޖޭޕީގެ ލީޑަރޝިޕަށް ޢަބުދުﷲ ރިޔާޟް ތަސައްރަފްނުފުދެ ޖޭޕީގެ ލީޑަރޝިޕްގައިމިހާރުތިބީ ގޮތްދޫކުރާ އަދީ މަޢާފުކުރާ ހިތްތިރި މަޑުމައިތިރިބައެއް ލީޑަރު ގާސިމު އިބިރާހިމާއި ކާނަލްނާޒިމުފަދަބޭފުޅުން ނަމޫއަށް ދެކުމަށް ޢަބުދުﷲރިޔާޒުއަށް ނަސޭހަތްތެރިވެ އަންގަން ނޫންނަމަ ތިލެވަލުގައި ޕާޓީގައި ނުހިރެވޭނެކަމުގެ އިންޒާރުވެސްދެން

 15. ބޮޑު ބާޣީ

  ލާދީނީ ނަޝީދު ކަލެއަށް ވަރަށް ފައްކަލެއްނު. ލަދެއް ނެތް އެއްޗެއް މީ.

 16. ބެއްޔާ

  ޖޭ.ޕީ އަކީ މީނާގެ ހަރު މުދާތަ؟ މީނާ ގާސިމު ބޮލަށް އަރަން ކައިރިވަނީ.

 17. ރުޒާނާ ޗޮއްޕަޓު

  ޖޭޕީން ޔާމީނާއެކު މަސައްކަތް ކޮށްފާނެ. އެކަމަކު ކަލޭ ބަލައެއް ނުގަނެވޭނެ. ކަލެއަކީ ބޮޑު ބާޣީއެއް.

 18. އަހަންމަދޭ

  "އަޅުގަނޑު ދެކޭގޮތުގައި ރައީސް ޔާމީން ނޫނީ ޕީޕީއެމް ނޫނީ ޕީއެންސީ ވެގެންދާނީ އޮޕޮޒިޝަނަށް، އަޅުގަނޑުމެން ވާނީ ސަރުކާރަށް." އެހެންތަ؟ ކެކެކެކެ ޚިޔާލީ ފޮލާގަ އުޅޭ ގޮލައެއް މީ. ކަލޭ ތީ ސަރުކާރު ކަމަށް ހެދިގެން ދޯ ކަލޭ ތިހުންނަނީ. އަމައްޔާއި. މަށެއްނު ލަދުގަންނަން މިޖެހުނީ.

 19. ބުއްރާސްކުކުޅު

  ބާޣީ ރިޔާޒޫ ގާފުރޮޅާ ނިމުނީއުތަ

 20. އަމްރު

  އެ ހާލަތު އަންނާނީ ކަލޭގެ ހުންނަ މޮޅުކަމަކުންނެއް ނޫން

 21. އަމްރު

  އެ ހާލަތު އަންނާނީ ކަލޭގެ ހުންނަ މޮޅުކަމަކުންނެއް ނޫން ﷲ އެކަމަށް އިރާދަ ކުރައްވައިފިނަމަ އެކަން ވާނެ

 22. ނޫރު

  ތިއީ ބޮޑް ފޮނިކަނޑާ.. އެއްވެސް ކަންބޮޑުވުމެއްބެތް. ވެލިކާނެ ދުވަސް އަންނާނެ. ޖޭޕީ ޕީޕީ އެމް.ގުޅިއްޖެނަމަ ރަގަޅު ކާމިޔާބު ލިބިދާނެ. އެކަނި ނެގޭނީ ބޯވަ.

 23. އަހްމަދު

  ހާލަތު އެގޭނީ ރިޔާޒަކަށް ނޫން. ﷲ އެފަދަ ހާލަތްތައް މެދުވެރި ކުރައްވަނީ. ދާދިއަވަހަށް އެފަދަހާލަތެއް އަތުވެދާނެ. ރިޔާޒަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ.

 24. ބޮޑުތަކުރުފާނު

  ގާފުރޮޅާ

 25. އިސްލާމް

  ހާލަތާއި ވަގުތު ދެނެވޮޑިގެންވަނީ ﷲޞުބުހާނަހޫ ވަތައާލާކަން ނޭނގޭތޯ

 26. އަހުން

  ރިޔާޒުތީ ހަގީގަތުގަވެސް ވަރަށް ކަރަޕްޓް މީހެއް ހަމަ، ކަމިޝަނަރަކަށް އުުޅުނު އިރުވެސް މިހާރުވެސް. ކޮބާ އޭރު ހިންގި ޖަރީމާތައް މަގާމުގެ ނަޖާއިޒު ބޭނުން ކޮށްގެން.