މާލޭގައި އަންހެނަކު ދަންޖެހިއްޖެއެވެ. ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި ގޮތުގައި ދަން ޖެހިގެން މަރުވެފައިވަނީ އުމުރުން 23 އަހަރުގެ ނޭޕާލް އަންހެނެކެވެ.

ފުލުހުން އިތުރަށް ވިދާޅުވީ އެމީހާ ދަންޖެހިގެން މަރުވީ މާފަންނުގެ ގެއެއްގައިކަމަށާއި އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހެނދުނު 07:21 ހާއިރުކަމަށެވެ.

އެހެންނަމަވެސް، އެކަމުގެ އިތުރު ތަފްޞީލެއް ފުލުހުން ހާމަކުރައްވާފައި ނުވެއެވެ.

މިއަދު ނޭޕާލް އަންހެނަކު ދަންޖެހިގެން މަރުވިއިރު، މިދިޔަ މަހުގެ 23 ވަނަ ދުވަހުވެސް ވަނީ މީހަކު އަމިއްލައަށް ދަން ޖެހިގެން މަރުވެފައެވެ. އެކަން ހިނގާފައިވަނީ ރ. އަލިފުށީގައެވެ.

އަމިއްލައަށް މަރުވުމުގެ ޙާދިސާއެއް މިއަދު ކުރިމަތިވިއިރު، ފަހަކަށް އައިސް ރާއްޖޭގައި ވަނީ ގިނަ އަދަދެއްގެ ކުއްލި މަރުތަކެއް ހިނގާފައެވެ. މި މަހުގެ ތެރޭގައި ވިއްސަށްވުރެ ގިނަ މިފަދަ ޙާދިސާ ހިނގާފައިވާއިރު، މިއަދުވެސް ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މަރުވެފައި އޮތް މީހަކުވަނީ ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ދީޑީ

  ސާބަހޭ ކިނބޫ

 2. ޢަހަންމާ

  މަހުލޫފު ފެނޭތަ.. ދެންވެސް ޔާމީން ގެ ބޮލުގަ ދޯ އަޅުވާނީ.. މީނަ ހީކުރަނީ މަރު ހިޕަވަނީ ޔާމީން ކަމަށް ދޯ.. ދެބޯ ގެރި

 3. ފަރުހާދު

  ކޮބާ މަހްލޫފް؟ ކާކާ ހެދިތޯ މިހާރު މިކަން މިވީ؟ ޔާމީީނު ދޯ ހަމަ؟ ދެބޯގެރި ވާހަކަ ނުދައްކާ.

 4. ފުވައްމުލަކު މީހާ

  ސުޢޫދު ކޮމިޝަންގެ މަސައްކައް ފުޅާ ވަނީތާ؟

 5. މޯދީ

  ނިކަން ދެކިބަލަ.. ކުރީ ސަރުކާރުގެ ބޮލުގައި މީހުންގެ

  މަރުގެ ދޮގު އިލްޒާމުތައް އަޅުވަމުން ދުވި މީހުންނަށް

  ވެރިކަން ލިބުމަށްފަހު ކަންތައް ވަމުން ދާ ގޮތް. އެވެސް

  ވަޅިން ހަމަލާ ދީ މާރާނަމަ ޔާމީނު ބޮލުގަ އަޅުވާނީ.

 6. ޢެނަަާ

  ކަލޭމެންގެ އީމާންތެރިކަމުގެ ކަންފުޅެއްވެސް ނެތީތަ. މީހުން ބޮލުގަ މަރު ތި އޅުވަނީ. ނަފްސް އިސްލާޚް ކޮށްބަލަ.

 7. މާރިޔަތު

  އެއީ 100 ދުވަހުގެ ވަޢުދު ތެރޭ ހިމެނޭކަމެއްކަމެއްހެއް ހިވަނީ މިހާ ގިނަ މަރުތަކެއް މިހިގަނީ

 8. ކެނެޑީ

  ދަންޖެހޭ މީހުންގެ ކޮނިޝަން ކޮބާ؟؟

 9. ފަރީސަ

  މަސްދުވަހުތެރޭގައި 20 މީހުންމަރުވާނަމަ 1 އަހަރުތެރޭގައި ހާދަ ގިނަމީހުންމަރުވާނެކަން ޔަގީނެވެ. މިހެންދިމާވަނީ ކީއްވެގެންތޯ ސަރުކާރުގެ ކަމާބެހޭފަރާތްތަކުން ބައްލަވާނެކަމަށް އުއްމީދުކަރަން

 10. ޏގބޔ

  ސީޒަން އައީ ދޯ...

 11. އއސ

  ކޮބާ މަހްލޫފް

 12. ނީބުމަ

  ﷲ އީ އެންމެ މޮޅައް ކަންކަން ބައްލަވާވޮޑިގެންވާ ރަސްކަލާންގެ .އަދި އެކަލާންގެއީ އެންމެމޮޅައް ކަންކަންދެނެވޮޑިގެންވާ ރަސްކަލާންގެ.
  ހީތަކުގެތެރެއިންގިނަކަންކަމާ ތިޔަބައިމީހުން ދުރުވެގަންނާށެވެ. އަދި ކެހިވެރިކަމުގެ ވަގުތީއުފަލެއް ދޭއެއްޗެއްކަމުގަ މެނުވީ ދުނިޔޭގެ ދިރިއުޅުންނުވެއެވެ. ހަމަކަށަވަރުން އަޅަމެން އެނބުރިދިއުން ވަނީ އއކަލާންގެ ހަޡްރަތަށެވެ.

 13. Anonymous

  ބައިބޯވެ މާލެގަ އުޅެން އުނދަނގޫވެއްޖެ.

  މިކަމަށް އަވަސް ހައްލެއްބޭނުން.

  ދުނިޔޭ

 14. މަރްޔަމް

  މިކަހަލަ ކަންތަށް ސިޔާސީ ނުކޮށް މި ވަގުތިީ ދުނިޔެ އާ ދޭތެރޭ ވިސްނާލާ ހެއްދެވި ފަރާތަށް ބިރުވެތިވުން ރަނގަޅު

 15. ސާފުރާއްޖެ

  މީހުންގެ މަސައްކަތްކުރަން ގެނެސް ދޭންޖެހޭ މުސާރަނުދީ ގުބޯހައްދަނީ ބޭރުމީހުން މިއަންނަނީީ އަތުގަހުރިއްޔާހުރި އެއްޗެއްވިއްކާފަ. މިކަމާވިސްނަންވެއްޖެ. މިދިޔަހަފުތާ ސަންއައިލެންޑް ރިސޯޓްގަ ވެސްމީހަކު ދަންޖެހިއްޖެ އެމީހާގެ އެއްބަޑު މީހަކު މަރުވުމުންވެސް އޭނާ ނުފޮނުވި ގައުމަށް ބަލިވެގެން ބުނީމާވެސް ނުފޮނުވީ ދެން ކިހިނެއްތޯ ވާނީ؟؟ އަތުންފައިން ގޯސްހަދާނީ