އިޔާދަ ކުރުވަނިވި ހަކަތަ ބޭނުން ކުރުމުގައި ރާއްޖެއިން އެހެން ގައުމުތަކަށް ނަމޫނާ ދައްކަން ޖެހޭ ކަމަށް އެންވަރރަމެންޓް މިނިސްޓަރ ޑރ.ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ޗަންޕާ ސެންޓްރަލް ހޮޓެލްގައި ކެޕޭސިޓީ ބިލްޑިން ފޯ ބެންކަބަލް ނޯޓެސް އެންޑް މޯބަލިޒޭޝަން އޮފް ޕްރައިވެއްޓް ސެއްކްޓަރ ފިނޭންސްގެ ނަމުގައި ފެށި މަސައްކަތު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ހުސެއިން ރަޝީދު ވިދާޅުވީ ރާއްޖޭގެ ދެކުނުގެ ގިނަ ރަށްތައް ހުރީ ޓްރޮޕިކް ސަރަހައްދުގައި ކަމަށާއި އަދި އިރުގެ ހަކަތައިން ކަރަންޓް އުފެދެން އޮތް އިރު އަދިވެސް ބޮޑަށް ކަރަންޓް އުފައްދަނީ ތެޔޮ އެތެރެކޮށް ތެޔޮ އަންދައިގެން ކަމަށެވެ.

"ރާއްޖެ ފަދަ ކުދި ގައުމުތަކުން އެގައުމު ތަކުގެ ހަކަތަ އުފައްދާ ނިޒާމު އިޔާދަ ކުރުވަނިވި ހަކަތަ އުފައްދާ ނިޒާމަކަށް ބަދަލު ކުރުމަކީ ފައިދާ ބޮޑު ގޮތެއް, މިއީ ކުޑަ އިންވެސްޓްމަންޓަކުން ކުރެވިދާނެ ކަމެއް, ރާއްޖޭގެ ދެކުނުގެ ގިނަ ރައްތަށް މިހުންނަނީ ޓްރޮޕިކް ރީޖަންގައި, ނަމަވެސް އަދިވެސް އަޅުގަނޑުމެން ހަކަތަ އުފައްދަން މި ބަރޯސާ ވަނީ ތެލަށް, މި ގޮތް ބަދަލު ކުރުމަކީ ރަގަޅު ހިޔާލެއް" މިނިސްޓަރ ހުސެއިން ރަޝީދު ވިދާޅުވިއެވެ.

ތިމާވެށްޓާ ގުޅުން ހުރި ކަންކަން ހައްލު ކުރުމަށްޓަކައި ޓެކްނޮލޮޖީ އަކީ މުހިއްމު ދައުރެއް އަދާކުރާނެ އެއްޗެއް ކަންފާހަގަ ކުރައްވާ މިނިސްޓަރ ހުސެއިން ރަޝީދު އިތުރަށް ވިދާޅުވީ އެންވާރަމެންޓް މިނިސްޓަރުގެ ހައިސިޔަތުން ދުނިޔޭގެ އެކި ސަރަހައްދު ތަކުގައު ބާއްވާ ތިމާވެއްޓާއި ބެހޭ ބޮޑެތި ބައްދަލުވުންތަކުންގައި ދުނިޔޭގެ ބޮޑެތި ގައުމުތަކުން ޖައްވަށް ބޭރު ކުރާ ވިހަ ގޭސް މަދުކުރުމަށް ހަކަތަ އުފެދުމުގައި ބޭނުން ކުރާ ބޯޓު ދެލި, ތެޔޮ މަދު ކުރަން ހުށައެޅުންތަށް ހުށައަޅާއިރު ރާއްޖެއިން އަދިވެސް ތެލަށް ބަރޯސާވާތީ ކަންބޮޑުވާކަމަށެވެ.

"މި ގޮތް ބަދަލުކޮށް ރާއްޖެއިން އިޔާދަ ކުރުވަނިވި ހަކަތަ ބޭނުން ކުރުމުގައި ދުނިޔެއަށް ނަމޫނާ ގައުމަކަށް ވާންޖެހޭ. އަޅުގަނޑުމެންގެ މި ހަކަތަ އުފައްދާ ނިޒާމު މުޅިން އިޔާދަ ކުރުވަނިވި ނިޒާމަކަށް ބަދަލު ކޮއްލުމަށް ދުނިޔޭގެ އެކި ގައުމުތަކުގެ އެހީ އެބަ ބޭނުންވޭ" މިނިސްޓަރ ހުސެއިން ރަޝީދު ވިދާޅުވިއެވެ.

ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމަކީ އިޔާދަކުރުވަނިވި ހަކަތައާއި ގުޅޭގޮތުން ޖަޕާނުގެ އެންވާރަމެންޓް މިނިސްޓްރީއާއި އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީ ގުޅިގެން ބާއްވާ މަސައްކަތު ބައްދަލުވުމެކެވެ.

މި މަސައްކަތު ބައްދަލުވުމުގައިވަނީ 2017 ވަނަ އަހަރު މުޅި ދުނިޔޭގައި އިޔާދަ ކުރުވަނިވި ހަކަތް ބޭނުން ކުރުން ހަތް އިންސަތަ ކުރިއެރި ކަން ހާންމަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖޮއްބެ

    ނާހަމަތެދެއްތޯ؟ ލައްބަ ލައްބަ ނަމޫނާވާ ތިޔަހަރީ ދެއްކިފައި.

  2. ހުސޭނުބޭ

    ހުސްއަނގަތަޅަން ތިބޭ ބައެއް ކަލޭމެންނަކީ!

  3. މުހައްމަދު

    ފުރަތަމަ ތިމާމެންގެ ހަކަތަރަގަޅުކޮށްބަލަ ދޮގާމަކަރުނުހަދާ ވާނުވާނޭނގޭ ގަމާރާ ކިހާބޮޑުވެއްޖެ އުނދަގުލެއް ތިޔަ މުޑުދާރު އަނގަޔާހެދި

  4. މިއަދު

    ކަރަންޓްގެ އަގުހެޔޮކުރުމަކީ މިސަރުކާރުގެ ވަޢުދެއް މިވަޢުދު ފުދިއްޖެކަމަށް ރައިސް ވިދާޅުވެފައިވާއިރު މިމަހުގެ 28 ވަނަދުވަހުގެ ކުރިން ދެވަނަފަހަރަށް ތިކުޑަކުރައްވަނީކީއްވެތޯ ؟ ނަމޫނާދެއްކުމަކީ ޖަޒީރާރާްއްޖޭގެ ސިފަތަށް ފުރިހަމަކުރުން އެއިގެތެރޭގައި ހަޑަސްބުރިން ވަޅުޖަހައިގެން ފާޚަނާ ކުރުމާއިފުޅިބައްތީގެ އަލީގައިއުޅެން ދަސްކުރުމަށްވުރެ ވަކިން ފައްކާ ގޮތެއް އޮންނާނެތޯ ލ އަތޮޅަށް ޓޫރީސްޓުންވެސް އުފުލާނީ ކަތިރިޔަގެގި ބައްތެލިފަހަރުގައި ކަމަށް އަންނިއޮތީބުފެނޫންތޯ؟