ރާއްޖޭގެ ރަށްރަށަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަންގެ ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ފަށައިފިއެވެ.

ފެނަކަ ވަޒީފާ އިން މިއަދު ވަކިކުރި މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ވަޒީފާ އިން ވަކިކުރި ކަމުގެ ލިޔުން އޭނާ އަށް މިއަދު ލިބިފައިވާ ކަމަށާއި ވަޒީފާ އިން ވަކިކުރި ސަބަބެއް ކަމަށް ބުނެފައި އޮތީ އިތުރަށް ވަޒީފާގައި ބެހެއްޓުމަށް އެކަށީގެންވާ މިންވަރަށް ފެންވަރު ބަލާ ފޯމުން ޕޮއިންޓް ލިބިފައި ނެތުން ކަމަށެވެ.

"މިއީ ސިޔާސީ ނިންމުމެއް ކަމަށް ގަބޫލު ކުރެވެނީ. އެމްޑީޕީގެ ޕްރައިމަރީގައި ވަކި ކެންޑިޑޭޓަކަށް ތާއިދު ނުކުރުމުން ވަޒީފާ އިން ވަކިކުރީ. ޕޮއިންޓް ނުލިބުނު ކަމަށް ވިދާޅުވަނީ އޮޅުވާލަން ވެގެން. އަޅުގަނޑު ނޯންނާނެ އެންމެ ދުވަހަކު ވެސް ހަވާލުކޮށްފައި އޮތް ޒިންމާ އަދާނުކޮށެއް. ކޮންމެ ދުވަހަކު ވަޒީފާ އަށް ނިކުމެ، ވެރިން ބުނި ހުރިހާ މަސައްކަތެއް ކޮށްފައި އޮންނާނީ. ދެން އެބޭފުޅުން ފުރާ ފޯމެއްގައި އެބޭފުޅުން ޖެހި ޕޮއިންޓެއް ދެއްތޯ ލިބޭނީ" އޭނާ ބުންޏެވެ.

ފެނަކަގެ އިތުރު ދެ މުވައްޒަފަކު ވެސް މިއަދު ވަނީ އެމީހުން ވަޒީފާ އިން ވަކިކުރިކަން "ވަގުތު" އަށް ކަށަވަރު ކޮށްދީފައެވެ.

މިދިޔަ ހަފްތާގައި ފެނަކަ އިން ވަނީ ގިނަ އަދަދެއްގެ މުވައްޒަފުން ސަސްޕެންޑް ވެސް ކޮށްފައެވެ. އެއީ ސިޔާސީ ގޮތުން ނިންމި ނިންމުމެއް ކަމަށް މުވައްޒަފުން ބުނި ނަމަވެސް ފެނަކަ އިން ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ. ފެނަކަ އިން ބުނީ ސަސްޕެންޑް ކުރީ ކުންފުންޏަށް ގެއްލުންވާ ގޮތައް މަސައްކަތް ކުރާ މުވައްޒަފުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ އެއްވެސް މުވައްޒަފަކު ގެންގުޅޭ ސިޔާސީ ފިކުރެއްގެ ސަބަބުން މުވައްޒަފުންނާއި މެދު ފިޔަވަޅު ނާޅާނަން ކަމަށް ވައުދުވެވަޑައިގެންނެވެ. ނަމަވެސް މީގެ ކުރިން ސްޓެލްކޯގައި މަސައްކަތް ކުރާ ޕީޕީއެމްއަށް ސަޕޯޓް ކުރާ ބައެއް މުވައްޒަފުން ވެސް ވަޒީފާ އަދާކުރާ ރަށް ބަދަލު ކޮށްފައި ވެއެވެ.

ހާއްސަކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިހާރު ސަރުކާރު ހިންގާ ޕާޓީތަކުން ގެންދަނީ ވަޒީފާ އިން ވަކިކުރާނެ ކަމުގެ އިންޒާރުތައް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. މަރީނާ

  މުޅިންވެސް ތާކުން ތާކުން ނުޖެހޭ ވާހަކަ ދައްކާ ސަރުކާރެއް ކިތަންމެވަރަކަން މޫނުމަތި ރީތިކުރަން އުލުނަސް މިހާރު ދިވެހީންނަން އެގޭނެ މި ސަރުކާރު ދޯދިޔާކަން އިބޫެަސް ކުރެވޭހާވެސް ކަމަކީ ކޮމިޝަންތައް އުފެއްދުން

 2. އަސްލަހަތު

  ތިޔަ ކަމުގެ ބަދަލް މިއަންނަ މަޖިލީސް އިންތިހާބުން ހިފާލާން ވާނެ. ރާއްޖޭގެ ތާރީހުގަ ވެސް މިގޮތައް މީހުން ވަޒީފާއިން ކަނޑާ މުސާރަ ކެނޑީ 2 ފަހަރު. އެދެފަހަރަކީވެސް އެމްޑީޕީ. މިހާރު ރައްޔިތުންނަށް އެނގޭނެ އަނިޔާވެރިކަމާ ވަޒީފާގެ ބިރަކީ ކޮބާކަން

 3. މެދުރާއްޖެތެރެ

  ތިކަންކުރުންލަސްވެއްޖެ ނުހައްގުން އެތަނގަތިބި މީހުންވަކިކޮށްބޭރުކޮށްފަ މަގުމަތިން މީހުންވެއްދިހަދާންވޭ

 4. މާދަން

  ތިކަންކުރުންލަސްވެއްޖެ ނުހައްގުން އެތަނގަތިބި މީހުންވަކިކޮށްބޭރުކޮށްފަ މަގުމަތިން މީހުންވެއްދިހަދާންވޭ

 5. ޙށނ

  ޢޯގާތެރި ސަރުކާރު. ދެންބާރައް އަތް ޖަހާ..

 6. Anonymous

  ތިޔަ ވަކި ކުރެވުނު މުވައްޒަފުގެ މަގާމާއި އަދި ތިޔަ މުވައްޒަފުގެ ތައުލީމީ ފެންވަރު މި ލިޔުމުގައި ހިމަނާލިނަމަ ޚަބަރު ކިޔާ މީހާއަށް ލިޔެފައި އޮތް އެއްޗެއް ފަހުމުވީސް!!

 7. ދޮންކަލޯ

  ބަލަ ޔާމީނު ސަރުކާރުގައިވެސް ހަމަ ހެދި ގޮތް އެއީ ވަކި އާކަމެއް ނުކުރޭ.؟އޭރު ފެނަކައިގެ ތިބި އެންމެން ކަނޑާ ބޭރު ކުރީ އެއްވެސް ހަމައެއް ލަމައެއް ނެތް.މިހާރު ވަޒީފާގައި ތިބިމީހުންނަށް ނަށް އެގޭނެ ސައްހަކޮށް ނޫންކަން ވަޒީފާ ލިބުނީ؟ދުވަހަކު ސުކޫލަކަށް ނުދާމީހުންނަށްވެސް މެނޭޖަރުކަންދީފައި އެބަތިބި’ވީމާ މިހާރު ތިވާހަކަ ދައްކާނެކަމެއް ނެތް

 8. މައުވާ

  ހިތްވަރުކޮށްލާ ކެތްތެރިވެލައްވާ! ހިތްވަރުހުރި ކެތްތެރިންގެ ދަރުމާ ގެއްލެނިވެގެންނުވާނެ! އންޝާއަﷲ މިފެންނަނީ ވަގުސަރުކާރު ވެއްޓެންއުޅޭކަމުގެ ސިގްނަލްތައް!

 9. ވަޒީފާ

  ތިވާނީ ދޮގުވާހަކަ އަކަށް މިހާއޯގާތެރި ސަރުކާރަކުން ތިކަލަކަ ކަމެއް ނުކުރާނެ

 10. ބުލީ

  ޟުކުރިއްޔާ ރައިސް ..???

 11. ާއަލަކަ

  ޙިންމަފުށީގައި އުޅޭ މަސްތުވާތަކެތީގެ ވިއަފާރިކުރާ އެމްޑީޕީ އައްނިސްބަތްވާމީހަކުވެސް އެބަ އަންގާ މަޖިލީސް އިންތިހާބައްފަހު ރިހެބް މުވައްޒަފުންނައްވެސް ބަދަލުގެންނާނަމޭ

 12. ޝެނި

  ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު ވެރިކަމަށް ކުރިމަތިލައްވައިގެން ކެމްޕެއިން ކުރައްވަމުން ގެންދެވި ދުވަސްވަރު އެންމެ ބާރަށް ދެކެވުނު ވާހަކަ އަކީ ޤަވާއިދާއި ޚިލާފަށް، މަޤުބޫލު އެއްވެސް ސަބަބެއްބެތި މީހުން ވަޒީފާއިން ވަކިކުރަމުންގެންދާ ވާހަކައާއި، ވަޒީފާ އެއްރަށުން އަނެއްރަށަށް ބަދަލުކުރަމުންގެންދާ ވާހަކައެވެ. ނަމަވެސް، ރައީސް ސޯލިހުގެ ވެރިކަމުގެ ކުރީކޮޅު ފެންނަމުން މިދަނީ އެއްވެސް ސަބަބެއް އެންގުމަކާއި ނުލާ، ގިނަ އަދަދެއްގެ މުވައްޒަފުން ގޭގައި މަޑުކުރުމަށް އަންގާ މަންޒަރެވެ.

 13. ާަަެއަހާހޫ

  ކިހިނެތްމިވަނީ. ކުރިއަރާތީއެއް ނުފެނެ. މިފެންނަނީ ހަމަ އަންނި ވެރިކަމަށް އަރާފަވެސް ހިނގިމަގުން ހިނގާތަން. ވަޒީފާތަކުން މީހުންވަކިކުރުން

 14. އަލި

  ރަނގަޅު ވާހަކައެއް. ކޮންމެ ދުވަހަކު ވަޒީފާއަށް ނިކުމެ ވެރިން އެންގި ހުރިހާ ކަމެއް ކުރަމުން އައީ، އެކަމު އެއީ ނިމިދިޔަ ސަރުކާރުގައި ކުރުވި ސިޔާސީ މަސައްކަތް. އެމަސައްކަތް ކުރުވަން ވަޒީފާ އަށްވެއްދި އެތައް ބަޔެއްގެ ވާހަކަތިއީ ، އެމަސައްކަތް ނިމި އެސަރުކާރުވެސަ ނިމިއްޖެ. އެހެންވީމަ ދެން ފޮނުވައިލުމުގެ ގޯހެއްނެތް.

 15. ަަލލލލ

  ނުކުންނަ ގަޑި ކައިރި ވަނީ.

 16. މަރީ

  ކާކަށް އޮޅުވާލާކަށް ހުސްދޮގު މަސައްކަތެއް ނުކުރޭ އަބަދު އަމިއްލަ މަސައްކަތުގަ.

 17. ޖ

  ކޮބާ މިއީއަހަރެމެން ބުނިތަންމިޖެހެނީ ދެންއޮންނާނީމުސާރަދައްކުރުމާއި ވަޒީފާތަކުން ކެޑުން މިއީއަންނިވެސްހެދިގޮތް މިއޮތީޔާމީނުހިންގިގެން ކަމުނުގޮސްގެން މަގުބީލު ސަރުކާރުހޮވާފައެއްނޫން ދެންތިބެންޖެހޭނީ ހަޅޭލަވަލަވަ އިބޫއައްކުރެވޭހާވެސް ކަމަކީ ކޮމިޓީއުފެއްދުން ދިވެހިރާއްޖޭގައިކުރަމުން އައިހުރިހާތަރައްގީއެއްމިއޮތީ ހުއްޓިފައި

 18. ހަގީގަތް..

  އެއީ އެކަމް ހުރިހާ އެންމެނަށް ހަމަހަމައަށް އިންސާފަށް ކަންތައްކުރާ ރައީސޯ، އެއީތަ ތިބުނި އިންސާފަކީ.. އަނެކާގެ އެއްވެސް ކުޝަކާ ނުލާ ވަޒީފާއިން ވަކިކުރުމުން އެކުރެވެނީ ކިހާ ބޮޑު ފާފައެއް ކަމެއް ހިތަކަށް ނާރަ، .. އަޅުގަނޑު މީ ނ.މަގޫދޫ ކުއްޖެއް، މި ރަށުގަވެސް މިހާރު ސްޓޭޝަން މެނޭޖަރަކަށް އިއުލާން ކޮއްގެން މިހާރު ހުރި މެނޭޖަރ ކަނޑާލަން އުޅެނީ، އަޅުގަނޑުވެސް މީ ފެނަކައިގަ އުޅުން ކުއްޖެއް،.. ކީކޭ ބުނާނީ އެކަމް އެއްވެސް މީހަކު ބާކީއެއް ނުކުރާނަމޯ. ހައް.. އަޅުގަނޑުމެންގެ ރައީސް ޔާމީން ބަލާބަލަ ނަމޫނާއަކަށް، ޒުވާނުންނަށް ވަޒީފާ ހޯދައިދޭން އެބޭފުޅާ އުޅުއްވީ އެއްވެސް މީހަކު ބާކީ ނުކޮއް ވަކި ޕާޓީއެއް ވަކި ކުލައެއް ނުބަލަ.. އާނ އަދި އޭގެ ހެއްކަކަށް އޮންނާނެ މިދިޔަ އަހަރު އަޅުގަނޑު މިރަށުގެ ފެނަކައިގަ އުޅުންއިރު ހަމަ މިރަށުގެ އެމް.ޑީ.ޕީ އާ ހެދި ހޭބަލިވެފަ އޮތް ގެއެއްގެ ކުއްޖަކު ފެނަކަ ޔަށް ނެގީ، އެހެންވެ މިބުނަނީ ރައީސް ޔާމީނަކީ ހުރިހާ އެންމެން އެބޭފުޅަކަށް ސެލިއުޓް ކުރަން ޖެހޭނެފަދަ ވެރިއެކެވެ.

 19. ޙީލް

  އިބޫ ފެއިލް ވެއްޖެ މާ ދުވަހެއްނުވެ.

 20. އެލެކްސް

  100 ދުވަހުގެ ވައުދެއް ތޯ؟

 21. އަލީ

  އިބޫ އަވަހައް އިސްތިއުފާދިނުން އެންމެ ރަނގަޅުވާނީ. ވާ ވައުދާ ހިލާފުވުން އެއީ މުނާފިގުންގެ ސިފައެއް

 22. އާދަނު

  މީ ވަރަށް ދެރަކަމެއް ފެނަކާ ސިޔާސީވެގެނުވާނެ މިވީހާދުވަހު ރާއްޖޭގެ ވެރިކަމަށް ވަރަށް ގިނަރައީސުން އަރައިފި އެކަމު ރާއްޖެތެރޭ ރައްރައްށައް ވަޒީފާއެއް އެކަކަށްވެސް ނުދެވޭ އެންމެނަކަނަކަށް މާލޭގައެ ނޫޅެވޭނެ
  ރާޖެއަށް އެންމެ ރަންގަޅު ވާނީ ސިޔާސީ ޕާޓީތައް އުވާލުން އެމެން އެބައިވުން

 23. ޖަމީލުބެއްޔާ

  "ދޮންކަލޯ" ގެ ނަމުގައި ކޮމެންޓްކުރި ކުއްޖާ ޅައީކަންނޭގެ! ޔާމީންގެ ސަރުކާރުން ވަޒީފާއިން ވަކިކުރި މީހެއް ނުހުންނާނެ! ވަކިވިމީހަކު ވަކިވީ އަމިއްލަޔަށް! ސަރުކާރަށް ނޮހޮރުއްޕާންބޮޑުވީމާ ތަން ބަދަލުކޮށްފައި އެބަހުރި މަދުމަދުން. ދެން އެހެނަސް ވަގުސަރުކާރުން ވެރިކަމަށް އައި މިހެން ނުހަދާނޭކަމަށް ހަސަތޭކަފަހަރު ވަޢުދުވެގެން.