"ވަގުތު އެހީ" އިން އެހީ ހޯދުމުގެ މަސައްކަތް ކުރިން ކޮށްފައިވާ އަދީން މުހައްމަދު ފިރާޝްގެ ފޮޓޯ ބޭނުން ކޮށްގެން ކާކުކަން ނޭނގޭ ފަރާތަކުން އޮޅުވާލައިގެން ފައިސާ ހޯދަމުން ގެންދާތީ އެކަމަށް ސަމާލުވުމަށް "ވަގުތު އެހީ" އިން އެދިއްޖެއެވެ.
"ވަގުތު އެހީ" އިން ބުނީ ކަށީގެ ކެންސަރަށް ފަރުވާ ހޯދާ މީގެ އަހަރެއްހާ ދުވަސް ކުރިން ރަނގަޅު ވެފައިވާ އަދީންގެ ފޮޓޯ ބޭނުން ކޮށްގެން ފައިސާ ހޯދަމުން ދަނީ އަދީންގެ އާއިލާ އާއި އެއްވެސް ގުޅުމެއް ނެތް މީހެއް ކަމަށެވެ.
ފޭސްބުކްގައި ދައުރުވަމުންދާ ފޮޓޯއެއްގައި އަދީންގެ އާއިލާ މެންބަރެއްގެ އެކައުންޓް ނަމްބަރާއި ފޯނު ނަމްބަރުކަން ދޭހަވާ ގޮތައް ޖަހާފައި ވަނީ އާއިލާ މެންބަރެއްގެ މައުލޫމާތެއް ނޫންކަން އަދީންގެ ބައްޕަ ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދީފައެވެ.
އެފޮޓޯގައި ޖަހާފައިވާ މޯބައިލް ނަމްބަރަކީ 9521735 އެވެ. އެނަމްބަރަށް ގުޅުމުން އަދީން އަށް ކެންސަރު ޖެހުނީ ތިން ހަފްތާ ކުރިން ކަމަށް ބައެއް މީހުންގެ ކައިރީގައި ބުނެފައިވެއެވެ. ފޮޓޯގައި ޖަހާފައިވާ އެކައުންޓް ނަމްބަރަކީ 7730000124309 އެވެ. އެކައުންޓް ނަމްބަރަކީ މުހައްމަދު އާދިލް ނަމަކަށް ކިޔާ މީހެއްގެ އެކައުންޓް ނަމްބަރެވެ.
އެހެންކަމުން މިއެކައުންޓް ނަމްބަރަށް އެއްވެސް ފަރާތަކުން ފައިސާ ނުފޮނުވުމަށް އަދީންގެ އާއިލާއިންނާއި "ވަގުތު އެހީ" އިން ވެސް އެދެއެވެ.
"އަޅުގަނޑުމެން އެދެން އެއްވެސް ފަރާތަކުން ފޭސްބުކް ފޯސްޓަކުން ފެންނަ އެކައުންޓެއްގައި އިންނަ ނަމްބަރަށް ފައިސާ ޖަމާނުކުރަން. "ވަގުތު އެހީ" ގެ އާޓިކަލްއެއް ކަމަށް ވާނަމަ އެކައުންޓް ނަމްބަރު އާޓިކަލްގައި ފެންނަން އިންނާނެ." ވަގުތު އެހީގެ އޮފިޝަލަކު ވިދާޅުވިއެވެ.
ފޭސްބުކްގައި ދައުރުވަމުންދާ ފޮޓޯ އަކީ "ވަގުތު" އިން މީގެ ދެއަހަރެއްހާ ދުވަސް ކުރިން ޕޯސްޓް ކުރި ފޮޓޯއެއް އެޑިޓް ކޮށްގެން ދައުރު ކުރަމުން ގެންދާ ފޮޓޯއެކެވެ.
އަދީންގެ ފޮޓޯ ބޭނުން ކޮށްގެން "ވަގުތު އެހީ" ގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުންދާ މައްސަލަ މިހާރު "ވަގުތު އެހީ" އިން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
ފޭސްބުކްގައި ދައުރުވަމުންދާ "ވަގުތު އެހީ" ގެ އެއްވެސް ޕޯސްޓެއްގައި ހުރި މައުލޫމާތެއް ސައްހަ ކަން ކަށަވަރު ކުރަން ބޭނުންފުޅު ވެއްޖެނަމަ "ވަގުތު" ގެ ނަމްބަރު 9500101 އަށް ގުޅުއްވުމަށް "ވަގުތު އެހީ" އިން އެދެއެވެ.
ވަގުތު އެހީއަށް ޝުކުރިއްޔާ. ތިބާވަތުގެ ކަންކަން ހުއްޓުވޭނީ ކަމާއިބެހޭ ފަރާތްތަކުން ފުރިހަމައަށް ޒިންމާ ނަގައިގެން ކަމަށް ދެކެން.
މި ސަރުކާރު އައުމާއެކު މީހުންމެރުމާ މީހުންގެ ގަޔަށް ވަޅިހެރުމާ ވައްކަންކުރުމާ އޮޅުވާލާގެން ފައިސާ ހޯދުމާ މަސްތުވާތަކެތި އިންތިހާއަށް ތިޔާގެވެ ގޮތްނޭގޭ މަރުތައް ގިނަވުންފަދަ އެތައްކަމެއްވަނީ ޢާއްމުވެފައެވެ. މިއީ ހެއުވެރިކަމެއްގެ ސިފަތޯ ރައީސް އިބޫ ކައިރިން އަހާލަން ބޭނުންވޭ!
ދިވެހިރައްޔިތުން ޓެކްސްދައްކަން މަޖުބޫރުވާއިރު ބޮޑެތި ބަލިތަކަށް ބޭސްކުރުމަށް ސަލާންޖަހަން ޖެހެނީ ކީއްވެބާ؟
ވަގުތުނޫހުންކޮށްދެއްވާ އިޚުލާސްތެރިބޭނުންތެރި މުހިއްމުމަސައްކަތަށް ޝުކުރު
އަދާކުރުމުގެ ބަދަލުގައި މިކަމުންނާޖާއިޒްފައިދާނަގަން ފަރާތަކުންމަސައްކަތް
ކުރާކަންއެއީ ވަރަށްދެރަކަމެއް މިކަމުންއެގެނީ ކިތަންމެހެޔޮނިޔަތެއްގައިވެސް
އަދި ބޭނުންޖެހިފައިވާފަރާތްތަަކަށް އިންސާނީމުހިއްމުޚިދުމަތެއް ދިން