ގެއްލިގެން ހޯދަމުންދާ "ޖަމްބޯ" ދޯނީގެ ޚަބަރެއްވެއްޖެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ. ގެއްލިގެން ހޯދަމުން ދިޔަ އެ ދޯނީގައި 12 މީހުން ތިއްބެވެ.

އެެމްއެންޑީއެފް އިން ވިދާޅުވީ، މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ގެއްލުނު އެ ދޯނީގެ ޙަބަރެއްވެއްޖެކަމަށް އެމްއެންޑީއެފްއަށް އެ ދޯނީގެ ވެރިފަރާތުން އަންގާފައިވާކަމަށެވެ. އަދި އެކަން އެމްއެންޑީއެފްއަށް އަންގާފައި ވަނީ މިއަދު މެންދުރު 14:29 ހާއިރުކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ދޯނި އެންދަމަންވެގެން ލ. އަތޮޅު ތެރޭގައި އުޅޭކަމަށް ވެރިފަރާތުން ބުނެފައިވާކަމަށެވެ.

75 ފޫޓުގެ އެ ދޯނީގެ ޚަބަރެއް އެންމެ ފަހުންވެފައިވަނީ ޖަނަވަރީ 20 ވަނަ ދުވަހުގެ 19:00 ހާއިރުކަމަށް އެމްއެންޑީއެފް އިން އެއިރު ހާމަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ކެޔޮޅު

  ތިޔަ ގޮތަށް ނާންގައި، އެތަން މިތަނުގައި އެންދަމަން އުޅުމުގެ ސަބަބުން ތިޔަ ދޯންޏެއް ހޯދަން ކިހާ މަސައްކަތެއް ކުރެވިއްޖެ. އަދި ކިހާ ފައިސާއެއް ބޭކާރު ވެއްޖެ. އެހެންކަމުން، މިފަދަ ޙާލަތްތަކުގައި ދޯނީގެ ވެރިފަރާތް ޒިންމާދާރު ކުރެވޭ ގޮތަށް ގަވާއިދެއް ހަދަން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އިލްތިމާސް ކުރަން.

  • ޖުނައިދު

   ރަނގަޅުވާހަކައެއް.

 2. ވަގުތު

  އެމީހުންގެ ޚަބަރެއްވީ އެނބުރި ރޭންޖްލިބޭ ހިސާބަށް އައިސް ވަގުތުންތަ ؟
  އެހެން ނޫނީ ރޭންޖް ލިބޭ ހިސާބަށް އައިމަ ބޮސް ބުނީތަ އަތޮޅުތެރެއަށް ވަދެ ދެން އަންގާށޭ.
  ފޯން ކޯލް ތަފްސީލް ބަލައި މިކަން ހިނގި ގޮތް އެބަޖެހޭ ބަލަން. މިއީ ކުޑަކމެއްނޫން. މިކަމުގައި އޮޅުވާލން ތަކެއް އެބަހުރ.

 3. އަހުމަދް

  އަލްހަމްދުލިﷲ

 4. ހައިދަރު

  ހަބަރު ނުވެ މާގިނަ ދުވަހު މަހަށްގޮސް އުޅޭ މީހުން ބަލާ ކޮމިޝަނެއް އުފައްދަން ވެއްޖެ

 5. ޟާމިރު

  އެމްއެންޑީއެފް ގެ ފެންވަރު...؟