ޕީޕީއެމްގެ މުދަލާއި ތަކެތި ބޭނުންކޮށްގެން އަލަށް އުފައްދަ ޕާޓީ ޕީއެންސީ އުފެއްދުމުގެ މަސައްކަތް ކުރާ މައްސަލަ ބަލަން ތިން މެމްބަރުންގެ ކޮމިޓީއެއް އިލެކްޝަންސް ކޮމިޝަނުން އެކުލަވާލައިފިއެވެ.

"ވަގުތު " އަށް މައުލޫމާތު ދެއްވަނުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ޕީޕީއެމްގެ މުދަލާއި ތަކެތި ބޭނުންކޮށްގެން އަލަށް އުފައްދަ ޕާޓީ ޕީއެންސީ އުފެއްދުމުގެ މަސައްކަތް ކުރާ މައްސަލަ ބަލަން އެ ކޮމިޝަނުގެ ލޯ ފާމްގެ ބޭފުޅެއް ހިމެނޭ ގޮތަށް ލީގަލް ޑިޕާޓްމެންޓުގެ ދެ ބޭފުޅަކާއި ކޮމިޝަނުގެ ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

އަކްރަމް އިތުރަށް ވިދާޅުވީ އަމިއްލަ ފަރާތަކުން އެކޮމިޝަނަށް ހުށައެޅި މި މައްސަލަ ދެ ދުވަސްތެރޭގައި ބަލައި ނިންމަން މިހާރު އަންގާފައިވާނެ ކަމަށެވެ.

ޕީއެންސީގެ މައްސަލައެއް އިލެކްޝަންސް ކޮމިޝަނުން ބަލަން ފަށާފައިވާއިރު ޕީއެންސީ އިން ވަނީ އެޕާޓީގެ އިފްތިތާޙީ ބައްދަލުވުން ރޭ ބާއްވާފައެވެ. މި ބަދަލުވުމުގައި ޕާޓީ ގެ ނަމާއި، ލޯގޯ، ކުލަ، އަސާސީ ޤަވާއިދު އަދި މެނިފެސްޓޯ ވަނީ ފާސްކޮށްފައެވެ.

ޕީއެންސީގެ މައްސަލައެއް އިލެކްޝަންސް ކޮމިޝަނުން ބަލަން ފަށާފައިވާއިރު އެ ޕާޓީ އުފެއްދުމަށް ދިން ހުއްދަ ބާތިލް ކުރެވޭ ގޮތައް އިލެކްޝަންސް ކޮމިޝަނުން ގަވައިދެއް އެކުލަވާލާ އެގަވައިދަށް އަމަލު ކުރަން އެ ކޮމިޝަނުން ވަނީ ފަށާފައެވެ.

"ސިޔާސީ ޕާޓީގެ ގަވާއިދު" ގެ ނަމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރަން ފެށި ޤަވާއިދުގައި ބުނެފައި އޮންނަނީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަދީފައިވާ ފަރާތުން ޕާޓީއެއް އުފެއްދުމަށް މަސައްކަތްކުރަމުންދަނީ ނުރަނގަޅު ނުފޫޒާއި ބާރު ބޭނުންކޮށްގެން ނުވަތަ އޮޅުވައިލައިގެންކަމަށް އިލެކްޝަންސް ކޮމިޝަނަށް ގަބޫލު ކުރެވިއްޖެނަމަ ޕާޓީ އުފައްދަން ދިން ހުއްދަ ބާތިލް ކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ސަޒާ

    ޕީއެންސީ އާއި އަޅައި ގަނެގެންތޯ ތި އުޅެނީ

  2. ކެޔޮޅު

    އަނގޮޱި ސަރީފުގެ ކޮރޮޕްޱް މައްސަލަ ބަލަން ކޮމެޱީ ހަދާބަލަ!!

  3. ޤިޔާސް

    ބަލާ މުޞީބާތެއްނު ދިވެހިންނަށް މިހުރީ ޖެހިފަ! ޕީޕީއެމް އަކީ ރައީސް ޔާމީންގެ ބެއްލެވުމުގެދަށުން ހިންގަވަން ޝަރުޢީ ކޯޓަކުން އަމުރުނެރެފައިވާ ޕާޓީއެކެވެ. އެ އަމުރު ދެމިއޮތްހައި ހިދަކު ޕާޓީގެ ތަންތަނާ ތަކެތި ބޭނުންކުރާނީ ރައީސް ޔާމީންއަށް ފެނިވަޑައިގަންނަވާ ގޮތަކަށެވެ.

  4. ޖޮއްބެ

    ކަލޭމެން 5 މީހުންވެގެން ޕީއެންސީ ދިރުވާލަންވީނު؟ އެހެންނާފަހެ އެއްޕާޓީން އަނެއްޕާޓީއަށް މެންބަރުންނަށް ބަދަލުވެވޭއިރު އެއްޕާޓީގެ ތަކެތި އަނެއް ޕާޓީއަށް ބޭނުންވެސް ކުރެވޭނެނޫންތަ؟ ނޫނޭވާ ތިޔަތިބީ އިންސާފު ގިރައިގެން ބޮއިގެންތިބި ފަސް މީހުން. ކަލޭމެންގެ ތިޔަ ޒާތީ ހަސަދައިގެ އަނިޔާވެރި ކަމުގެ ނުބައި ނަތީޖާ އިންޝާﷲ ވަރަށް އަވަހަށް ކަލޭމެންނަށް ކުރިމަތި ވެގެންދާނެ.

  5. އައްޑޫސިޓީ

    ކޮމިޓީ ހަދާފަ ބަހަށްޓާ ކޮމެޓީ ސަރުކާރު.

  6. ދަތްދޫނި

    ސާބަހޭ އީސީ ޝަރީފޫ. ތިމަރަފުށި ކިޔަނީ ވަނަމަކަށް ނޫންކަން މިހާރު ޔަޤީންވެއްޖެ. އަދި އީސީ ޝަރީފު އަކާއި ފާޑު ފާޑަށް ނުކުލެވޭނެކަންވެސް އަދުރޭ މެނަށް ދައްކާލާތި. އެވެރިންގެ ހުރިހާ މަކަރަކާއި ބޭނުން ކުރަން ގެންގުލޭނެ އުކުލު ތައް އީސީ ޝަރީފަށްވުރެ ބޮޑަށް އެނގޭނެ މީހަކު ނުހުންނާނެ.

  7. ކޮތަރު އިމްރާނު

    ޕާޓީގެ ބޮޑެތިން ލާދީނީވާހަކަ ދައްކާނަމަ ޕާޓީ އުފައްދަން ދިން ހުއްދަ ބާތިލުކުރުމުގެ ގަވައިދު މާ މުހިއްމު. ކީކޭ ކިޔުންތެރިން ބުނަނީ؟

  8. ތަތްމާ

    ރައީސް ޔާމީނަކީ ހަމަ ޖަވާހިރެއް. ޤައުމުދުއް އެންމެ ހިންގުންތެރި ރައީސް. އެހެންވީމާ ޒާތީވެގެން ބަޔަކަށް ނިދިނައިސްގެން އެއުޅެނީ

  9. ވޯޓުވަގު

    ބަލަގަ ކަލެޔަ ހަޖަމް ނުވާނެކަމީ މާކުރީގަވެސް އެމްމެން ދަންނަ ހަގީގަތެ ކަލޭތިޔަ 2018 ގަ ވޯޓުވަގަ ނެގި ބޮޑުވަގު

  10. ހިޔާ

    ޝަރީފް ކުރެވުނު ކަމެއް މިއަދު ކުރާށެވެ. އެކަމު ދުނިޔެމަތީ އެއްވެސް ކަމަކީ ދާއިމަށް ދެމިގެންދާނެ ކަންތަކެއް ނޫނެވެ. ކަލޭގެ ތިމަގާމުވެސް އިސާހިތަކުން ގެއްލިދާނެއެވެ. ކޮންމެ ކަމަކީވެސް އިމްތިހާނެކެވެ. މާދަމާ ހާލަތު ބަދަލުވާއިރު ﷲ ފިޔަވައި ކަލެޔަށް އެހީތެރިވެވޭނެ އެއްވެސް ފަރާތެއްނެތެވެ.

  11. ވާ

    ހުސް ކޮމެޓީ، މީ ކޮމެޓީ ސަރުކާރު.

  12. ާަާަަައަސްލު

    ރިސްވަތު ކައިގެން ވޯޓްއޮޅުވާލިކަން ރައްޔިތުންނައް އިނޣޭ....ކަލޭމެންގެނިމުން ހުރީކިހިނަކުންބާ...ސުބުހާނަﷲ

  13. ބަކުރުބެ

    މާކުރިންވެސްއެގެޔޭދެން ކިޔާނީތިއަންބާކަން ދިވެހިންނާލައިގަނެފައޮއިބޮޑުމުސީބާތެއް

  14. އަލިބިޔާއްކަލޯ

    ޟަރީފޫފޫފޫ އަމާ ހަނދާންކުރަން އުޅެގަބަލަ.... .