އަންނަ އޭޕްރީލް މަހުގެ ބާއްވަން ނިންމައިފާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 264589 ކަމަށް އިލްކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

"ވަގުތު " އަށް މައުލޫމާތު ދެއްވަނުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 2،64،589 ކަމަށާއި މި ފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މުޅީން އަލަށް 2336 މީހަކަށް ވޯޓު ލެވޭނެ ކަމަށެވެ.

މަޖިލިސް އިންތިހާބު އެއްވެސް ދަތިކަމެއްނެތި ބޭއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވާއިރު މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ. މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 87 ދާއިރާ އަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހަރެން

    ހަދާން ނައްތާލާ މިފަހަރު ނެތް ވޯޓެއްދެވޭކައް ނުކިޔަވާ ތަންތާ ފިލްމުކުޅެން ތިބެފަ އައިސް މަޖިލީހައްއަރާ ރައްޔިތުންގެބަސް އިއްވާނަމޭކިޔާފަ ބޮޑު އަގައް ރިސްވަތު ހިފައިފަ ޕާޓީބަދަލު ކުރާކައް ނެތް ވޯޓެއް ދެވޭކައް ވ ސަލާން

  2. ހިޔާ

    މިފަހަރު ޖެހޭނެ މިއަލަށް ހެދި ޕާޓީ ޗޮކުން ދުއްވާލަން.