ސައިކަލެއްގެ މަޑިދަށުން ވައްކަން ކުރި މީހަކު ހޯދުމަށް ފުލުހުން ވީޑިއޯއެއް އާންމުކޮށްފިއެވެ.

ފުލުހުން ބުނެފައި ވަނީ ވީޑިއޯއިން ފެންނަ މީހާއަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ، ކަންބައިއައިޝާ ރަނިހިނގުން އައިޖީއެމްއެޗް ކައިރީގައި ޕާކްކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުން ވައްކަން ކޮށްފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ.

އެހެން ކަމުން އެމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ. އަދި އެފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަނު

    '' ސައިކަލެއްގެ މަޑިދަށުން ވައްކަން ކުރި މީހަކު ހޯދަނީ '' ވައްކަން ކުރި މީހާ މަޑިދަށުގަ އޮތްކަމުގެ މަޢުލޫމާތު ލިބުނީކަމަށްވާނީ އެހެންވެ ސައިކަލެއްގެ މަޑިދަށް ހޯދާނީ