ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓު ކެޑި ހުއްޓުމަކަށް އައިސް އޮތުމަށްފަހު، މިހާރު އެއާޕޯޓަށް ކަރަންޓް ލިބިއްޖެއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން މިއަދު ހަވީރު 16:30 އިން ފެށިގެން އެއާޕޯޓުގައި ކަރަންޓެއް ނެތެވެ. އަދި އެކަމުގެ ސަބަބުން އެއާޕޯޓުން ދެމުންގެންދާ ހިދުމަތްތަކަށް ވަނީ ބުރޫ އަރާފައެވެެ. އެގޮތުން އެހާއިރުން ފެށިގެން އެއާޕޯޓަށް އެއްވެސް ފްލައިޓެއް ޖައްސާފައިނުވެއެވެ. އަދި ފުރަން ގޮސް ތިބި މީހުންނަށް ފުރޭގޮތްވެސް ވަނީ ނުވެފައެވެ.

މައުލޫމާތު ލިބޭގޮތުގައި، ވެލާނާ އެއާޕޯޓުން ކަރަންޓް ކެނޑިފައި ވަނީ، ޕަވާޕްލާންޓަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.

ވެލާނާ އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ބުނީ، "ރިންގ މެއިން"ގެ މައްސަލައެއް ޖެހިގެން އެއާޕޯޓްގެ ޓާމިނަލް ސަރަހައްދުން ކަރަންޓްގޮސްފައިވާކަމަށެވެ. އަދި ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުން އަންނަކަމަށްވެސް ބުންޏެވެ.

ވެލާނާ އެއާޕޯޓަށް އަލުން ކަރަންޓް ލިބިފައި ވަނީ މިރޭ 19:50 ހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. Anonymous

    ނުކުރެވެންޏާ ކުރިންވެސް ކުރިމީހުނާ ހަވާލުރަންވީނޫން؟

  2. ޫިިމަ

    ޖިންނި

  3. ހޯރަ އިއްބެ

    އިބޫ ވެފަތަ

  4. ހުސްނީ

    ނަާގާބިލް ބަޔަކާއި ހަވާލު ކުރީމަ ވާނެ ހަތަރެއްޗެއް ވަނީ.

  5. ލޮލް

    ބުރާ އަރާފަޔޯ

  6. Miadhu

    ތިއީ ޔާމީނު ސަރުކާރުން ކަންކޮށްފައިހުުރިގޮތަކުންވީކަމެކޭބުނެ ބޯދަމާގަނެވޭތޯބަލާ އަދިވެސް ތަނެއްއޮތިއްތަ ބޯގަޅާލަބަލަ

  7. ޖޭޕީ

    އިބޫ ކައިރީގަ ބުނިން ތަންކޮޅެ ހަރުދަނާ މީހުން އެތަނައް ލާށޭ.

  8. މުހައްމަދު

    ކަރަންޓުވެސް ޞޯލިހުވީދޯ ދެން އަވަހަށް އެއާޕޯޓަށް ކަރަންޓް ލިބޭނެ ކޮމެޓީޢެއް އުފައްދަން ފެނޭ އޭރުން އެނަމެ ރަގަޅުވާނީ ނޫނީ ޤަވާއިދެއް ހަދަން އީސީއާ ހަވާލުކުރަންވެސް ފެނޭ އަދި ސިދާތާލައްވަ ފުރަންދިޔަ މީހުންނާ ކުދީންގެ ހައްގުތައް ހޯދަދިނުމާ އިމުރާނަށް މިކަންވެސް އަންގާލަން އެބަޖެހޭ ހެހެހެހޭ

  9. ބެއްޔާ

    ކަނޑައެޅިގެން ޖެއްސުން މިކުރަނީ! ސްޓެލްކޯއިންވެސް މާލެއިން ކަރަންޓް ކެޑެމުން ދާތީ އިންޒާރެއް ދިން ފަހުން ކަރަންޓެއް ނުކެޑޭ! މިއީ ގަސްތުގައި ރާވައިގެން ޖައްސާ ސުޓަންޓެއް!

    • Anonymous

      ޔާމީން ދޯ އަނެއްކާ؟ ހަމަ ޔަގީން ކޮށްލަނީ އިނގޭ. މިމޮޔައިން ގަބޫލު ކުރާނެ.

  10. ބަކުރުބެ

    ޢަވަހައްކޮމިޝަނެއްހަދާ

  11. ކަލޯ

    އިބޫ އެއުޅެނީ އޭނާގެ ދެއުޅިއަށް ނުވާ ބޭބެ އަކު އެތަނަށް ލައިގެން ވަގުތަށް އިނގޭތަ

  12. މުހާއްމަދި

    އިންޑިއާއާ ހަވާލުކުރަން ނިންމީ ކަމަށް ވެދާނެ.

  13. ކޮމިޓީ ސަރުކާރު

    "ކަރަންޓް ދާތީ އެކަން ބަލާ ކޮމިޓީ" އެކުލަވާލަން ފެނޭ.

  14. ވާރޭ

    ޚޮމެޓީ ހަދާ އަންނިޔާ، ކިބޫލާ އޭރުން ފުރިހަމަވާނީ

  15. Anonymous

    ތިއޮތީ ޖަޒީރާ ވެފަ. ކީއްކުރާ އެއާޕޯޓެއް. ބައްތެލި ދުއްވާ...

  16. އޭނަ

    ދެން އަވަހަށް ޖީއެމްއާރާ ހަވަާލުކުރޭ. އެއީ އެއްނު މި ސަރުކާރަށް ނުވެގެން އުޅޭ ކަމަކީ މިހާރު.. ދިވެހި ރާއްޖޭގެ ރައުސުލްމާލުތަށް ކުއްޔަށް ދީފަ ދިވެހި ރާއްޖެ އަށް ވަންނަ ހުރިހާ ފައިސާއެއް އިންޑިޔާށް ނުވަދެގެން މޯދީ އާ އަނެއް ދީ އުޅެނީ. ރޭޕް އިންޑިޔާ

  17. އއސ

    ދިވެހި ރައްޔިތުންނަން ޖެއްސުން ނުކުރޭ

  18. ހުސްނީ

    ކަރަންޓް ކޮމިޝަން އެކުލަވާލައިފިން.

  19. ނަފާ

    ޖަޒީރާވަނީ.

  20. ާެއެއަރޕޯޓް ބޮޑުމީހާ

    ކަރަންޓް ނެތަސް ބޯޓްތައް ވަނީ ފުރާފަ..ސާބަހޭ އެއަރޕޯޓް ސްޓާފުން..ކަނުއަދިރީގަ ވެސް ފުލައިޓް ފުރުވުމުގެ ގާބިލް ކުޅަދާނަ ބައެއްކަން ސާބިތުކޮށް ދީފި..????

  21. ޒިޔާ

    މި ފެންނަ އާދަޔާ ޙިލާފު ކަންކަމަކީ ޔާމީނު ގެ ސިހުރުވެރިން ހަދަމުންދާ ދެމިގެންވާ ސިހުރު

  22. އަޒާ

    ކޮމެޓީއެއް އުފައްދައިގެން ވީގޮތެއް ބަލަންފެނޭ...

  23. Anonymous

    ކޮންމެސަރުކާރެއް އޮތަސް އެންމެރަނގަޅު ގޮތުގަ ކަމެއްކުރަން ބަޔަކު އުޅެމުން ނުދާނަމަ ފެންނަ ފަދަ ކަމެއް މިދިޔަރޯދަމަހު އެޗްއައިއެޗް އަށް ރޯދަވީއްލަން ގޮސްފަ އައިމަގުމަތީ ފެނުނު. އެތާހުރި ޓޭންކަކުން ، ދިޔަދޮވިންފެންބާހެން މަދަކަބައިވަރެއްނޫން ތެޔޮފައިބަފައިބާ ހުއްޓަފެނުނު. މުޅިހިސާބުން ދުވަނީ އެއްވަހަކައް ޑީސަލްވަސް. ހިތައްއެރި މިހާބޮޑު ހޮޓަލެއްގެ ކައިރީމިވަރުކަންކަން ހިނގާނަމަ މިއީހާދަބިރުހުރިކަމެކޭ. ސިޔާސީވެގެން ވާހަކަތަކެއް ދެއްކީމަ އެވީތަ؟ އިބޫ އެއްޔާމީނެއް ނަޝީދާއެއްނުއޮންނާނެ ގެއްލުމެއްވެއްޖެނަމަ އެވާގެއްލުން އެވަނީ މުޅިގައުމައް.

  24. ދޮން

    ވެލާނާ ކޮމެޓީއެއް ހަދާ އަވަހަށް

  25. އިންޑިއާގެ ދަށުވެފަ

    ނަސީދު ވެސް ނުވީމަ އިސްތިއުފާދިނީ އިބޫވެސް؟؟؟؟؟؟؟
    ދޭންވީނު

  26. އިބްރާ

    މި ސަރުކާރަށް ކުރެވޭނެ ގޮތަކީ ކޮންމެވެސް ބަޔަކަށް ކުއްޔަށްދީގެންނެވެ. މިއީއަކީ ކަންކަން ދެނެގެންތިބިބަޔަކު އުޅޭ ސަރުކާރެއްނޫނެވެ.

  27. އެލެކްސް

    ވެލާ އެއަރޕޯޓަށް ޑައިވާޓް ކުރަން ގާސިމްގެ އަނބި ކުރާ ކަމެއްނޫންބާ. ހަމަ އަހާލީ