ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގައި މެދު ހެންވޭރު ދާއިރާއަށް ވީބީ ބްރަދާސްގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝިޔާމް (ވީބީ ހަސަން) ވާދަކުރަން ނިންމައިފިއެވެ.
ހަސަންއަކީ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދުގެ ކޮއްކޮއެވެ.
ހަސަން މެދު ހެންވޭރު ދާއިރާއަށް ނުކުންނަވަން ނިންމެވިކަން އިއުލާން ކޮށްފައި ވަނީ އޭނާގެ ޓްވިޓާގައެވެ. ހަސަންގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ ގިނަ ބައެއްގެ އެދުމުގެ މަތިން، މާތް ﷲގެ ވާގިފުޅާއެކު، މަޖިލިސް އިންތިހާބުގައި މެދު ހެންވޭރު ދާއިރާއަށް ކުރިމަތިލާން ނިންމައިފައިވާ ކަމަށެވެ.
ގިނަ ބައެއްގެ އެދުމުގެ މަތިން، މާތް ﷲގެ ވާގިފުޅާ އެކު، މަޖިލިސް އިންތިހާބުގައި މެދު ހެންވޭރު ދާއިރާ އަށް ކުރިމަތިލާން ނިންމައިފިން. މާތް ﷲގެ ހަޟްރަތުން ވާގި އެދެން.
- ހަސަން ޝިޔާމް، ހ.ވާލީވިލާ@ibusolih@MohamedNasheed @qasimibrahim @maumoonagayoom @PresidentYAG @ShimranAb pic.twitter.com/D5BhF8mFFa— Hassan Shiyam (@HassanShiyam) January 28, 2019
ނިމިދިޔަ އެމްޑީޕީ ޕްރައިމަރީން ހޮވި، އެދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ނުކުންނާނީ މިހާރު ވެސް މެމްބަރު އަލީ އާޒިމެވެ. ހަސަން ވިދާޅުވީ އެމްޑީޕީ ޕްރައިމަރީ ކުރިއަށް ދިޔަ ގޮތުން އެ ދާއިރާއަށް ބަދަލެއް ބޭނުންވާކަން އެނގުނު ކަމަށާއި، ނުކުންނާނީ ރައްޔިތުންނަށް އެ ބަދަލު ގެނެސްދިނުމަށް ކަމަށެވެ
އަނެއްކާވެސް ފައިސާވެރި ވިޔާފަރި ފުޅާ ދާއިރާއެއްގާ ކުރައްވާ އާއިލާއަކަށް ނިސްބަތްވާ ބޭފުޅެއް