ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ޕްރެސިޑެންޓް އަހުމަދު އަދީބު ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

އަދީބު ގޭބަންދަށް ބަދަލުކޮށްފައި ވަނީ، ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ވަކިގޮތެއް ނިމެންދެން، ގޭ ބަންދަށް ބަދަލުކުރަން ހައިކޯޓުން މިއަދު ނެރުނު ވަގުތީ އަމުރާއި ގުޅިގެންނެވެ.

އެމްޓީޑީން ވަނީ އަދީބު ގޭބަންދަށް ބަދަލުކޮށްފައިވާކަން ޔަގީންކޮށްދީފައެވެ. އެ ޕާޓީން ބުނީ، މީގެ ކުޑައިރުކޮޅެއް ކުރިން އަދީބު ގެއަށް ބަދަލުކޮށްފައިވާކަމަށެވެ.

އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް އެދި ހައިކޯޓުގައި އަމުރަކަށް އެދުނު މައްސަލައިގައި ކޯޓުން ވަކި ގޮތެއް ނިންމަންދެން، އެމަނިކުފާނު ގެއަށް ބަދަލު ކުރުމުގެ ވަގުތީ އަމުރަކަށް އެދުނީ އިއްޔެ ހައިކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ ތެރެއިންނެވެ.

އަދީބުގެ ފަރާތުން އަމުރަށް އެދިފައިވަނީ، 2018 ވަނަ އަހަރު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް އިއްޔެ ހައިކޯޓުގައި ބޭއްވި ޝަރީއަތުގެ ތެރެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. އޭނަ

  މުޅިގައުމަށް ހުރިނުރައްކަލެއް އަދީބު އަކީ. ކޮބާހޭ ރައްޔިތުންގެ މިލްކިއްޔާތުން ވަގައްނެގިހާ ފައިސާއެއް

 2. ބަކުރުބެ

  ތިޔަހެން ގެޔަކު ނޯވެވޭނެ، ކޮބާ ލާރިގަޑު ، ހަމަ ހުސް ގޭމުޖައްސާފަ، ބައްޔޭ ކިޔާގެން،

 3. ލަބީބު

  މިއީ މީނަގެ ޢާއިލާއާ ވަގުސަރުކާރާ ސިއްރުން ވާހަކަދައްކާ ރާވާފައި އޮތް ގޮތެވެ.

 4. އެލެކްސް

  މާ ރަނގަޅު ތަކެއްވާނޭ ކަމަށް މީނާގެ ހުރިހާ އިލެކްޓްރޯނިކް ޑިވައިސްތަކެއް ކެނެރީގޭ މުޖުރިމާ ހަވާލު ކުރުވީ ބަލާބަލަ މިހާރު އެވީގޮތް އެތަކެތީގެ އަލީގައި މީނާގެ މައްސަލަ ބަލަން އެމްޑީޕީ އިން އެއުޅެނީ. ދެން އޮތީ ފަހު ތަޅާލުންގަނޑު ކަމަށް ބެލެވެނީ އިންޝަﷲ މިގައުމަށް ރަނގަޅު ގޮތްތަކެއް ﷲ މިންވަރު ކޮށްދެއްވާންދޭވެ. އާމީން

 5. ޗިއްލޫ

  އަބަދުވެސް މިގައުމުގެ ބައިތުލްމާލުން ވައްކަންކުރާ މީހުންނަކީ އެމީހުން ބޭނުންގޮތަކަށް ހުރިހާކަމެއްވެސް ވަމުންދާބައެއް، ނިކަމެތިމީހަޔަށް ނިކަމެތި ނުހައްގުން އަދަބު!

 6. މޯދީ

  ކޯޓުތަކުގަ ތިބި މީހުނަށް އަނެއްކާވެސް މިލިއަނުން ލާރިގަނޑެއް ތިޔަ ލިބުނީ

 7. ސާބަސް

  މީނަ ގޭގައި ބަހައްޓާކަށް ނުވާނެ.

 8. ރައްޔިތެއް

  އެމަނިކުފާނު ކިޔުން ހައްޤު މީހެއްތޯ އަދީބަކީ. އަދީބު، ސަގަރު ނާސިރު އަދި ލުތުފީ ފަދަ ޤައުމަށް ގައްދާރުވެފަ ތިބި މީހުނަށް އެދަރަޖަ ދޭންޖެހޭ ކަމަކަށް ޤަބޫލެއް ނުކުރެވޭ.

 9. މިއަދު

  ދެންނިކަން ދެކެބަލަ ނިތްކުރިމަތިން ދުޅަވިތަނުގައި ރިއްސަނީ ކީހާދުވަހެއްގައިތޯ
  މިގައުމުގައި ސިޔާސީ މީހުންގޭމް ކުޅެނީ ރަޢިއްޔަތުން އެމީހުންގެ އަވާގައި ޖެހި ހަނާވަނީ މިއީދެން ބޮޑުވަރެއް
  ރ ޓީވީން އަބަދުވެސް މިދައްކަނީ ލާރިއަށް ވޯޓު ނުދީ އިހުލާސްތެރިން މަޖިލިހަށް ހޮވާދޭށޭ އެމްޑީޕީއަށް މެޖޯރިޓީ ހޯދަދޭށޭ މިރާއްޖޭގެ އިންތިޚަބުތައް ފައިސާއަށް ބަދަލުކުރީ ސީދާ އެމްޑީޕީއިން މިހާރުވެސް ވޯޓަށް އެއްމެގިނަފައިސާ ރަޢިއްޔަތުންނަށް ރިސްވަތުގެ ގޮތުގައިވެސް ދެނީ ހަމަ އެމްޑީޕީއިން
  މިސޮރުމެންގެ ވާހަކަ އަކީ މުދިންކާޅުގެ ވާހަކަ ކަލޭމެން ގުއިނުކާށޭ ބުނެ ގޮޑުދޮށުގައި ހުރިހާ ގުލެއް މުދިންކާޅު ކައިހުސްކުރުން

 10. ޖޮއްބެ

  ކަލޯގެޔާ ގަނެލައިފި ގަނެލައިފި އަނހަ މިބުނީނޫންހޭ ގަނެލައިފިޔޭ. މާތްކަލާކޯ މިއޮއްގައުމެއްތާދޯ. ފަނޑިޔާރުންވެސް ލަދެއް ޙަޔާތެއް ބިރެއް ނެތް. ސުބްޙާނަﷲ.