އިލެކްޝަންސް ކޮމިޝަންގެ އާ ކުލަ އާއި އާ ލޯގޯ އިފްތިތާހްކޮށްފިއެވެ.
މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި، އީސީގެ އާ ލޯގޯ އާއި ކުލަ އިފްތިތާހްކޮށްދެއްވީ އިލެކްޝަންސްގެ ރައީސް އަހުމަދު ޝަރީފްގެ އިތުރުން، ޕާޓީތަކުގެ އިސްވެރިންނެވެ.
އިލެކްޝަންސް ކޮމިޝަންގެ އާ ކުލައަކީ ދަނބު ކުލައެވެ.
އިލެކްޝަންްސް ކޮމިޝަންގެ އައު ލޯގޯ އާއި ކުލަ އިފްތިތާޙް ކޮށްފި pic.twitter.com/k6G3COQWAh
— Elections Commission (@ElectionsMv) January 28, 2019
ޝަރީފް ވިދާޅުވީ، ކުރީގެ ލޯގޯއަކީ އޭނާ އެ ކޮމިޝަންގެ އެސްޖީ އަކަށް ހުންނެވި އިރު ޑިޒައިން ކުރެވުނު ލޯގޯ ކަމަށާއި، މިފަހަރުގެ ލޯގޯ އިފްތިތާހް ކުރެވުނުއިރު، އޭނާގެ މަގާމަކީ ރައީސް ކަމަށެވެ. އަދި އެއީ ވަރަށް މާނަފުން ލޯގޯއެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވިގޮތުގައި، ކުރީގެ ލޯގޯއަށް ވަރަށް ބޮޑަށް ފާޑުކިޔުޔުންތައް އަމާޒުވި ކަމަށެވެ.
"ކުރީގެ ލޯގޯއަށް ވަރަަށް ގިނަ ފަރާތްތަކުން ފާޑުކިޔުންތައް އަމާޒްކޮށްފައިވޭ. އޭގެ ތެރޭގައި އާއްމުންގެ ތެރޭގައި ދެކެވޭ ވާހަކައަށް އަމާޒުކޮށް ލޯގޯ ހީވަނީ ދެއަތުން ވޯޓު ފޮށީގައި ބަނޑުއަޅައިގެން އޮންނަ މީހެއް ދައްކައިދޭ އުސޫލު ދައްކާ ލޯގޯއެކޭ. އެހެން ނަމަވެސް މަޖާ މިޒާޖެއްގައި ދަންނަވާކަމުގައި ވަންޏާމުން އެއިރު ދަންނަވަމުން ގެންދިޔައީ އެއިރުގެ ސަގަފާތޭ އެއީ". ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އާ ލޯގޯ ރަމްޒުކޮށްދެނީ ވަރަށް މުހިންމު ކަމްތައްތަކެއް ކަމަށެވެ. އޭގެ ތެރޭގައި، މި ލޯގޯގައި ހިމެނިފައި އިން ކޮންމެ ލައިނަކީ ރާއްޖޭގެ ޖިއޮގްރެފިކަލީ އެކި އަތޮޅުތައް ބެހިފައި އޮތް ގޮތެވެ. އަދި ދައުލަތުގެ ތިން ބާރުވެސް މި ލޯގޯއިން ދައްކައިދޭ ތިން ލައިނެއް ހިމެނޭނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"އަދި އެ ތިން ލައިނަކީ ދައުލަތުގެ ތިން ބާރު ދައްކައިދިނުމުގެ އިތުރަށް ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެ ބާރު ދައްކައި ދެނީ އެ ވޯޓު ކަރުދާހުން. އަދި އެ ތިން ލައިނުން ރަމްޒުކޮށްދެނީ އިލެކްޝަންގެ ފަރާތުން ބާއްވާ ތިން އިންތިހާބު". ޝަރީފް ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަމުން ޝަރީފް ވިދާޅުވީ، އިލެކްޝަން އިން ބޭނުން ކުރާ އެއްވެސް ކުލައެއް އެއްވެސް ޕާޓީއެއްގައި ކުލައަކަށް ބޭނުން ކުރުމަށް ދަފްތަރުގައި ރެޖިސްޓްރީ ނުކޮށްދޭނެ ކަމަށެވެ. އެހެންވެ އިލެކްޝަންގެ ކުލަވެސް ބަދަލުކޮށްލަން ނިންމީކަމަށް ޝަރީފް ވިދާޅުވިއެވެ.
އެގޮތުން ދަނބު ކުލައަށް ބަދަލުކުރީ ކަމަށާއި، ދާދިފަހުން ޕާޓީއަކުން ދަނބުކުލަ އެ ޕާޓީން ބޭނުން ކުރުމަށް އިލެކްޝަންސްގައި މަޝްވަރާ ކުރިކަން ޝަރީފް ފާހަގަކުރިއެވެ. އެއިރު ކޮމިޝަނުން އޮތީ އެ ކުލަ ނަގާ ބޭނުން ކުރަން ނިންމާފައެވެ.
ތޔަ އޮތީވާ ކަމެއްކުރެވިފަ. ކަރުދާހުގަ ހުންނަނަންތައް ކަރުދާހުން މައްޗަށް އުފުލޭތަން އެބަދައްކައިދޭ ދޮއްތޯ.
ތި އެންމެން އިސްތިއުފާ
އިސްރާފް ކުރުން ތިޔަށް ކިޔާނީ
މިހާރު ލޯގޯ ހީވަނީ، ފޮއްޓަށް ލާއިރުވެސް ޝްރެޑްވެފަ އިންހެން. އަނެއްކާ ވޯޓުފޮށިވެސް ވަށައިގެން ލީކު ވާހެން. ވޯޓު ކަރުދާހަކީވެސް ކުނި، ވޯޓު އެޅެނީވެސް ވަށައިން ލީކުވާ ފޮއްޓަކަށް. ކުރުކޮށް ބުނާނަމަ ޝަރީފު ހުއްޓާ ވޯޓުލުމަކީ ބޭކާރު ކަމެއް
ދަނބު ކުލަ އަކީ ހެހެ ނުވެސް ކެރޭނެ ބުނާކަށް. އަނެއްކާ ޝަރީފުވެސް މީ .......
ޝަރީފުގެ އަންހެނުންނާއި ދަރިން އަދި ރިސްވަތުގެ ހަރާމް ފައިސާ ދައްކުވައިދޭ ތިން އަލިފާންގަނޑު ފެންނަގޮތަށް އިންނަމަ ވަރަށް ފުރިހަމަ ވީސް
އެތައް ބައެއްގެ ކަރަށް ފައިން އެރުމަށްފަހު ކޮންތާކުން ވަލާރިޔަށް ގަނެލި އެއްޗެއްބާ؟ ހީކުރާކަހަލަ މުޅިދުނިޔެ އުމުރަށް ތަޔަތަނުގަ ބަގުޑިބައްދައިގެން އީސީ ޝަރީފަށް ހުރެވިދާނެކަމަށް ތީކުއްހީއެއް ތިޔަކަހަލަ ކިތައްމީހުން ހުތުރުގޮތަކަށް ފޮރުވިގެން ދިޔައީ އެހަން ބަލާ އިބުރަތް ލިބިގަންނަން ނޭގުނު މީހަކީ އާޚިރަތް ދުވަސްވެސް ހަންދާން ހުންނަމީހަކަށް ނުވާނެކަން ދަންނަހުށި!ހެހެހޭ
ބޮޑު ހަޑި ލޯގޯއެއް.ތީ. ޕުލެޓު ދޮންބެގެ ޕުލެޓު ލޯގޯ ތީ.
މި ލޯގޯ އިން ބުނެދެނީ މި ކޮށީގެ ތެރެއިން ނުކުމެވި ހިންދަމާލެވޭނީ އެމްޑީޕީ، ޑީއާރުޕީ،އަދާލަތު ޕާޓީ އަށެވެ.އެހެން ޕާޓީތަށް ތިބެންޖެހޭނީ މި ކޮށިގެ ތެރޭގައޭ!
ކުރީގެ ލޯގޯއަކީ ފޮށޯގައި ބަޑު އަޅުވައިގެން އޮތްމަންޒަރުކަމަށްޝަރީފު ބުނިއިރު މިފަހަރުގެލޯގޯއަކީ ޝަރީފަށްލިބުނު ރިސަތުގެ ފައިސާ ފޮއްށިދޯ
ކޮންމެ ލައިނަކުން ދައްކާކަމަށް މާނަކުވިދާނެ ކޮންމެލައިނަކީ ރިސްވަތުގެގޮތުގައި ޝަރީފުއަށް ލިބުނު މިިއަންރުފިޔާކަމުގަ
ދަނބު ކުލައަކީ ޔާމީންއަށް އެންމެ ރީތި ކުލަ. ޔާމިން ޕާރޓީ ހަދަންވީމައި އިލެކްޝަނުގެ ކުލަ އޭނާއަށް ދީފައި ލޯގޯ އާއި ކުލަ ބަދަލުކުރަން ޖެހޭ. އަދިވެސް ނުފޫޒު އެބައޮތް.
މިހާރު ލޯގޯ ހީވަނީ ފޮއްޓަކައް ލާރިއަޅާފަ އޭގެ މަތީ ކޮމިޝަންގެ ރައީސު ބަނޑުއަޅާފަ އޮތް ހެން މަށައް މަށައް ކިޔަ ކިޔާ ޕަޕެޓޫ
ކުރީގެ ލޯގޯ އިފްތިތާހް ކުރިއިރު އަޅުގަޑު ހުރީ އީ.ސީ ގެ އެސްޖީއަކަށް މިފަހަރު ލޯގޯ އިފްތިތާހް ކުރާއިރު އަޅުގަނޑު މިހިރީ އީސީގެ ރައީސަކަށް. އޭރުގެ ލަޯގޯއަށް މީހުން ވަރައްފާޑުކި ހީވަނީ ވޯޓްފޮށީގަ ބައްދައިގަނެގެން އޮންނަ ހެންނޭ.
މިފަހަރު ލޯގޯއަށް ފާޑިކިޔާ މީހުން ކިޔާނީ މިފަހަރު ލޯގޯއިން ފެންނަނީ ރިއާސީ އިންތިހާބުން ރިޝްވަތުގެ ގޮތުގަ ހޯދި ފައިސާ އަނދަމުންދާ މަންޒަރު. ރަތްކުލައިންް ރަމްޒް ކޮއްދެނީ ނަރަކައިގެ އަލިފާނުގަ ހުންނާނެ ހޫނުމިން . ދެން އެފެން ަނަނީ މީހުންގައިން ފައިބާ ދިޔަ ބޯންޖެހޭ މަންޒަރު މިހެން މާގިނައިން ކިޔަން ވެއްޖިއްޔާ ތިބޭފުޅުން ޖަލްސާ ދޫކޮއްފަ ހިނގާދާނެ. ބާކީ ބައި ކިޔައި ދޭނަން މަޖިލިސް އިންޔިހަބުގައި ރިޝްވަތުގެ ގޮތުގަ ލިބޭނެ ފައިސާގެ ޢަދަދު އެނގުނީމަ
" އޮަޅުވާލި ވޯޓްގެ މޭސްތިރިޔާ "
ވޯޓުވަގުން ދެން މަތިޖަހަން ރައްޔިތުންގެ ފައިސާއިން ބޭކާރު ހަރަދުކޮށްގެންވެސް އެކިދުވަހު އެކި ކުލައިގެ ޓީޝާޓު ލައިގެން އުޅޭނެ. އެކަމަކު ވޯޓުވަގުންވާނީ ވޯޓުވަގުންނަށް ހާއްސަކޮށް 5 މިލިޔަން ޑޮލަރު ރާގޮޑިވަގު.
އެހެންދެއްތޮ ތިޔަލޯގޯ ވައްތަރީ ވޯޓުވިއްކާލި ލާރިގަނޑު އެޅި ފޮށްޓާ. ލަދުކުޑަ ނުލަފާމީހުން ތަންތާ އުޅޭ އެކަމަކު މިވަރުގެ ކަމެއް ނުދެކެން. ?
އިލެކްޝަނުންވެސް އާ ޕާޓީއެއް އުފެއްދީތޯ..<!
ޔާމީން ވަގަކަށްވީމަ އެންމެނަށް އެހެން ގޮވަނީ ފިނޑިން. ޝަރީފްގެ މަސައްކަތަށް ސާބަސް ހަމަ ، ކުރިއެރުމެއް މި ފެނުނީ
ތި ލޯގޯ ވަރަށް ހަޑި، އެއްގޮތަކަށްވެސް ކަމަކުނުދޭ، ވަރަށް ހުތުރު، ހަމަ ސުމެއް...
ކުންފުނިތައް ރީ ބްރީޑް ކުރާ ގޮތަށް އުފެދިފައި ހުންނަ މުއައްސަސާތައް ރީ ބްރޭންޑް ކުރަނީ މޮޔައިން ތީ މިޒަމާނުގައި ހިންގުމުގެ އެއްވެސް އަސާސް ނޭގޭ މީހުން ކުރާ ކަމެއް . އެއް މިސާލު ދިރާގު ވަތަނިއްޔާ އައި އިރު ދިރާގުގެ ކުލަ އަކީ ނޫކުލަ ކުއްލި އަކަށް ވަތަނިއްޔާ އަށް ޖެއްސުން ކުރަން ރަތް ކުަލަ އަށް ބަދަލް ކޮށްލައިފި އާޚިރުގައި ދެކުންފުނީ އެއް ބަޔަކު ހިންގަން ފެށުމުން އަނެއްކާ އޮރެންޖް ކުލަ ޔަށް ބަދަލް ކޮށްފި މީ ހިންގުން ދޯދިޔާ ތަންތަނުން ކުރާ ހަރުދަނާ ކަމެއް ނެތް ކަންކަން މިފަހަރު ތިޔަ ކުރީ މޮޔަ ކަމެއް އަނެއްކާ އާބަޔަކު އައިސް ބުނާނެ ލޯގޯ އަކީ މަސްހުންނި ގަނޑެކޭ މިބަދަލް ކުރަންވީ އޭ
ދަނބުތިނެގީ ޔާމީންގެ ޕީއޭކުލަ
ލޯގޯގެ ވީޑިއޯ ކޮޅުން ފެންނަނީ ސ އަތޮޅު (އައްޑޫ) ދޫ ކޮށްލާފަ އެހެން އަތޮޅުތައް ކަވަރ ކުރަމުން އަންނަތަން. އީ ސީ ޝަރީފޫ. އައްޑޫ ދޫކޮށްލީތަ؟؟؟؟؟