އަންނަ އޭޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ އިލެކްޝަން ކޮމިޝަންގެ އާ ކުލަ އާއި އާ ލޯގޯ އިފްތިތާހްކުރުމަށް ބޭއްވި ޖަލްސާގައިއެވެ. އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މާދަމާއިން ފެށިގެން މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް ހުށަހެޅޭނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ބޭނުންވާ ހުރިހާ އިދާރީ މަސައްކަތްތައްކޮށް ނިމިއްޖެ ކަމަށެވެ. އަދި މިހާރު ދައުލަތުގެ ކަމާއި ބެހޭ މުއައްސަސާއަށް ބަޖެޓުގެ ހުރި ތާށިކަމުގެ ވާހަކަ ދަންނަވާފައިވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މުވައްސަސާތަކުން އަޅުގަނޑުމެންގެ އިންތިހާބަށް ބޭނުންވާ އިތުރު ބަޖެޓް ދެއްވާނެކަމަށް އުއްމީދު ކުރަން". ޝަރީފް ވިދާޅުވިއެވެ.

އިންތިހާބުގައި ހުރިހާ މުވައްސަސާތަކުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމަށް އުއްމިދު ކުރައްވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މަޖިލީސް އިންތިހާބަށް ޕާޓީތަކުގެ އެތެރޭގެ ޕްރައިމަރީތައް ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ދިން މުއްދަތު ހަަމަވެފައި ވަނީ މިއަދުއެވެ. އޭގެ ކުރިން ޕްރައިމަރީ ބާއްވާފައި ވަނީ ހަމައެކަނި އެމްޑީޕީން އިންނާއި، އަދާލަތު ޕާޓީންނެވެ.

އިތުރު ޕާޓީތަކުން ޕްރައިމަރީ ބާއްވާފައިނުވާއިރު، އެ ޕާޓީތަކުގެ ޓިކެޓުގައި މަޖިލީސް އިންތިހާބަށް ވާދަކުރައްވާނެ ފަރާތްތައް މިހާރު ދަނީ އިއުލާނު ކުރަމުންނެވެ.

މަޖިލިސް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލިކަން އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރެއްވި ނަމަވެސް މަޖިލިސް އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލި އިއުލާން އަދި ސަރުކާރުގެ ގެޒެޓްގައި ޝާޢިއު ކުރައްވާފައެއް ނުވެއެވެ. އެހެންކަމުން އިންތިޚާބަށް ކުރިމަތިލުމުގެ އިތުރު ތަފްސީލްތަކެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެލެކްސް

    އިލެކްޝަންސް އިން މީހުން ހޮވާފަ އިއުލާނު ކުރަންވީނު. ރިޔާސީ އިންތިހާބުގަވެސް ކަންކުރި ގޮތައް. ކީއްކުރަން ކުރިމަތިލާން ހުޅުވަންވީކީ. ރާގޮނޑި ސަރީފު ބޭނުން ގޮތަކަށް ކަންކަން ކުރަން މީހުންއަތުން ކޮންހަރަދެއް ކުރުވާކަށް

  2. ޜާއްޖެ އިސްލާމް

    ތިކޮމިޝަންގަ ތިތިބި މެމްބަރުން ތިބޭނެބާ ކޮމިޝަނުގަ އިންތިހާބުގެ މަސައްކަތްކުރަން .ނެގިހައި ފައިސާ ޝްރީލަންކަގަ ފޮރުވާފަ ހުރިކަން ވަނީ އެނގިފަ