ސަރުކާރުގެ މަސް ކުންފުނި މިފްކޯއާ ދިވެހި މަސްވެރިންނާ ދެމެދު އޮންނަ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

އައްޑޫ މަސްވެރިންނާއި ބައްދަލު ކުރައްވައި އިސްމާއިލް ވިދާޅުވީ ފާއިތުވެދިޔަ އަހަރުތަކުގައި މިފްކޯއާ މަސްވެރިންނާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ކަމަށާއި ނަމަވެސް ޚާއްސަ އިސްކަމެއް ދީގެން މިފްކޯއާ މަސްވެރިންނާ ދެމެދު އޮންނަ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ރާއްޖޭގެ މަހުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް މިފްކޯއިން މަސައްކަތް ކުރާނެ ކަން ފާހަގަ ކުރައްވައި ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވެސް ބައިވެރިވި މި ބައްދަލުވުމުގައި އިސްމާއިލް އިތުރަށް ވިދާޅުވީ އައިސް ޕްލާންޓުތަކާއި މަސް ފެކްޓްރީތަކުގެ ފެންވަރުވެސް ރަނގަޅު ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.

"އައިސް ޕްލާންޓުތަކާއި މަސް ފެކްޓްރީތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި. މަހުގެ އަގު ހިފެހެއްޓުމަށް މަސައްކަތް ކުރާނަން" އިސްމާއިލް ވިދާޅުވިއެވެ.

ރާއްޖޭގައި ޒަމާނީ މަސްވެރިކަން ކުރިއެރުވުމަށް މަސްވެރިކަމާ ބެހޭ ގާނޫނީ އޮނިގަނޑު އެކުލަވާލައި މުރާޖައާ ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނަ އިރު ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާއިން މަސްވެރިންނަށް ކޮށްދިނުމަށް ގިނަ ކަންތަތަކެއް ހާމަ ކޮށްފައެވެ.

އެގޮތުން މަސްވެރިންނަށް ހެޔޮ އަގުގައި ޑީސަލް ގަންނަން ލިބޭނެ ގޮތް ހެދުމާއި މަސްވެރިންނަށް ބޭންކިން ނިޒާމެއްގެ ތެރެއަށް ވަދެވޭނޭ މަގު ތަނަވަސްކޮށްދެއްވުމާއި މަސްދޯނި އެކައުންޓް ހުޅުވައި މަސް ގަންނަ ކުންފުނިތަކަށް ފައިސާ ދޫކުރުމުގެ އިންތިޒާމު ގާއިމު ކުރުމާއި އެނިޒާމުގެ ތެރެއިން ބޭންކް ލޯނާއި އަދި ކްރެޑިޓް ސްކީމްތަކުގައި މަސްވެރިންނަށް ބައިވެރި ވެވޭނެ ގޮތް ވެސް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އައިސް ހޯދުމަށް މިހާރުވެސް ދަތިތަށް ނައްތާލައި އައިސް ގަތުމަށް ކުރާ ހަރަދު ކުޑަކުރުމުގެ ގޮތުން މަސްފިނިކުރާ ނިޒާމުތައް ދޯނި ފަހަރަުގައި ގާއިމް ކުރުމާއި މަސްވެރިންނަށް ލުއި ލޯނުތައް ވެސް ދޫކުރުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސޯކާބެ

    މަސްވެރިންނަށް ހެޔޮ އަގުގައި ޑީސަލް ގަންނަން ލިބޭނެ ގޮތް ހެދުމާއި މަސްވެރިންނަށް ބޭންކިން ނިޒާމެއްގެ ތެރެއަށް ވަދެވޭނޭ މަގު ތަނަވަސްކޮށްދެއްވުމާއި މަސްދޯނި އެކައުންޓް ހުޅުވައި މަސް ގަންނަ ކުންފުނިތަކަށް ފައިސާ ދޫކުރުމުގެ އިންތިޒާމު ގާއިމު ކުރުމާއި އެނިޒާމުގެ ތެރެއިން ބޭންކް ލޯނާއި އަދި ކްރެޑިޓް ސްކީމްތަކުގައި މަސްވެރިންނަށް ބައިވެރި ވެވޭނެ ގޮތް ވެސް ހައްދަވާނެ ވާހަކަ އެމްޑީ ވިދާޅުވާއިރު މި5 އަހަރުތެރޭގައި ވާނެބާއެވެ މިކަހަލަ ވާހަކަ އަޑުއަހާ މިހާރު މާބޮޑަކަށް އުންމީދެއް ނުކުރެވޭ ހީވަނީ މަޖްލިސް ވޯޓް އަށް ޖަހާ ސްޓަންޓެންހެން

  2. ބެއްޔާ

    ކުރާނަން، ދުވާނަން، ކުނިކަހާނަން. މިސަރުކާރުން އަބަދުވެސް ކުރާނަން ކުރާނަން. ކޮއްފީމޭ 01 ފަހަރުވެސް ބުނެބަލަ.

  3. ނުރަބޯ

    އަނެއްކާ ކުރިންހެދިހެން މިފްކޯ ބޯކިބަލެއްހެން ފޮތިފޮތި ކޮށްނުލައިފިއްޔާ ވެދާނެ. ބެއްޔާ.......! މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންވާ ފައިސާ ބަރާބަރަށް ދެންޏާ މަސްވެރިން ނާއި މިފްކޯ އާއި ދެމެދު އޮންނަ ގުޅުމަކަށް ބުރުލެއް ނާރާނެ.

  4. މަސްވެރިޔާ

    ރައީސެވެ. މިފްކޯގެ މެނޭޖްމަންޓުން ފެންނަނީ ކުރީގައި ތިބު މީހުންނެވެ. ބަދަލްވެގެން ނޫނީ ރަގަޅު ނުވާނެއެވެ.ކޮންމެރުކާރެއްގައިވެސް މިމީހުންތިބޭނެއެވެ. މިފްކޯއަށް ގެއްލުންވަނީ ރަގަޅަށް މެނޭޖް ނުކުރުމާއި އޮންނަ ސަރުކާރުތަކުގެ ނުފޫޒުންނެވެ.
    2006 އަހަރު ކަލަމިންޖާ 401މޮޑިފައިކުރީ 30 ޓަނުގެ ބޯޓެއް 140 ޓަނަށް ބަދަލްކުރުމެވެ. އޭގެ ދަހުން 2007 ގައި 80 ޓަނުގެ ހަލާކުވެފައޮތް ބޯޓެއް 1.2 މިލިއަން ޑޮލަރަށް ގަތެވެ. ފުލީޓްގައި ހުރިހާ ބޯޓްތަކަކީ 35 އަހަރަށްވުރެ ދުވަސްވި ބޯޓްތަކެވެ.އަދި ސައިޒް ވަރަށް ކުޑައެވެ. ރ.ވަހީދުގެ ސަރުކާރުންވަނީ މިފްކޯގެ ޓެކްނިކަލް އަދި މެނޭޖްމަންޓްގައި ތިބި މީހުން ދުރަށްލާފައެވެ. އަދި މީގެ ތެރޭ ހިމެނޭ ރިޒާ އަކީ ރާއްޖޭގައި ނުއުފެދޭ ފެންވަރުގެ ޓެކްނިކަލް އެކްސް ޕރޓެކެވެ. އެއީ ކަލަމިންޖާ 4 ގުނައަށް ބޮޑްކޮށްލި ވިސްނުން އުފެއްދި މީހާއެވެ. ރާއްޖޭގެ ގިނަ މަސްވެރިންގެ އިތުބާރު އޮންނަ ބޭފުޅެކެވެ. ނަމަވެސް ރ.ޔާމިންގެ ދުވަސްވަރު ކުންފުނި ހިންގީ އަދުލީގެ އަމިއްލަ ގޭ ކޯނަރޝޮޕް ހިންގާހެން.