ކ. އެނބޫދޫ ފަޅުގައި ތަރައްގީކޮށްފައިވާ ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާގެ މޫދު ކޮޓަރިތަކެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާ ހިނގައިގެން އެމްއެންޑީއެފްގެ ފަޔާ ޓީމަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 4:48 ހާއިރު ކަމަށެވެ. އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައި ވަނީ 6:15ގައެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، އަލިފާންގަނޑު ނިއްވާލެވުނީ ސިފައިންނާއެކު އެ ރިސޯޓްގެ ފަޔާ ޓީމުގެ މަސައްކަތުންނެވެ.

ތާޖް ރިސޯޓުގެ މޫދު ކޮޓަރިތަކުގައި ރޯވި އަލިފާންގަނޑު ވަނީ ނިއްވާލާާފައި - ފޮޓޯ: އެމްްއެންޑީއެފް

ރޯވެފައި ވަނީ އެ ރިސޯޓުގެ ފަސް މޫދު ކޮޓަރީގައެވެ. އަދި އެ ކޮޓަރިތައް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާކަމަށް މަައުލޫމާތު ލިބެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިވާކަމުގެ މައުލޫމާތެއް ލިބިފައިނުވާކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ތާޖް ރިސޯޓުގެ މޫދު ކޮޓަރިތަކުގައި ރޯވި އަލިފާންގަނޑު ވަނީ ނިއްވާލާާފައި - ފޮޓޯ: އެމްްއެންޑީއެފް

“ފުރަތަމަ އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ ފަތުރުވެރިން ތިބި މޫދު ކޮޓަރިއެއްގައި. ރޫމްގައި ތިބި ފަތުރުވެރިންނަށް ގެއްލުމެއް ނުލިބޭ”، އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި އަލިފާނުގެ ހާދިސާ ހިނގާދިޔަ ގޮތް އެމްއެންޑީއެފް ދަނީ އިތުރަށް ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދިވެހި ރައްޔިތެއް

    މީ ހާދަ ސުންޕާ ސރކރކ. ވާނީވެސް އެހެންނު، ކޮންމެދުވަހަކު ކޮންމެވެސް ލާދީނީ ފިކުރުގެ މީހަކު ފިލާ އިންނަ ހޮރުން ނިކުމެ ގޮވެލިފައްޗެއް އެބަ އަމުނާވިއްޔަ،

    • އާދެ

      ހަމަ ހަގީގަތުގަވެސް ތި ބުނީ ތެދެއް. ފާޅުގާ ލާދީނީވީމަ ދެން ފާ ކުރއްވާނީ ކޯފާ.

  2. މުހައްމަދު

    މިއީ ހަމަ މިގައުމަށް މިހާރު ކުރިމަތިވެފައިވާ ސުންޕާކަމުގެ ލާމަސީލް މިސާލެއް އަދިވެސް ހޭއަރާކަށް ނުވޭތަ މުޅިގައުމުވަނީ ފަސާދަވެފަ ވައްކަމާ ފޭރުން ބަދުއަޚުލާގީ އަމަލުތައް މީހުންމެރުމާއި މުރުތައްދުވުން އާއްމުވެފަ ލާދީނީ ވާހަކަތަކާ ކާފަރުވުން ދިމާލަށް ދީނަށްފުރައްސާރަކުރުމާ ނަމާދުނުކުރާމީހުން ހައްތާވަނީގިނަ ބައެއް ދީނީއިލްމުވެރިން ރިޝްވަތުގެ ވަޅުގަނޑެއްގަ ނިދާފަ އަބުރުކަތިލުން އިންތިހާ ލަދުހަޔާތް ކެނޑި ހެއްދެވިފަރާތަށް ބިރެއްނެތި ލާއިންސާފުން ޝަރީއަތްނިންމުމާއި ދޮގުމައްސަލަތައް ކޯޓުތަކަށް ވަށަދައިގެން ކަންކަން ނިންމުމުގެ ހިތިނަތީޖާ ދައްކަވަމުން މިދަނީ ހުރި ހިތާމައެއްގެ ބޮޑުކަމާ!

  3. ޖަޒީރާ ފަލި

    ޓޫރިޒަމް ބޯއިކޮޓް ކުރަން ގޮވާދުވި މީހުންނަށް އިބުރަތަކަށް ނުވޭބާ. މިނިސްޓަރ ކަމުގައި އެހެރީ އެންމެބޮޑު ކަރަޕްޝަން ވަގު. ރައީސް ކަމަށް އައިސްފައިވާ މީހާއައީ ވަގުވޯޓުން

  4. އައްޑެ

    ތިވާނީ މުސާރަކޮޅު ނުދީގެން ރޯކޮށްލީ ކަމަށް.

  5. ސަމްރާ

    ވަގަށް އައި ސަރުކަރާކަށް ޢިބްރަތަކަށް ފުދޭހައި ކަންތައްތައް މި ވޭތުވި މަދު ދުވަސްކޮޅުގެތެރޭގައި ފެނިގެން ހިގައްޖެއެވެ. ޤަވްމު އެކުގައި ނުފުނޑެނިސް ޤްވްމަށާ ދީނަށްޓަކައިވެސް ނުކިޔަވާހުރި ވަގުއިބޫ އިސްތިޢުފާ ދޭށެވެ.

  6. ޕޮފުބާ

    ބޮޑުހުޅު ސަރުކާރު

  7. عبدالله

    ބޮޑެތި ގެއްލުންތަކާއި މަރުގެ ޙާދިސާތަކާއި މުރުތައްދުވުން އިތުރުވާއިރު، ތިޔަބައި މީހުންގެ ހިތަށް އެއްވެސް އެއްޗެއް ނާރަނީ، ވެރިކަމުގެ މަސްތުގައި މަސްތުވުމުން

  8. ރަށްދު

    ޖައްބާރު ވެރިންގެ މަކަރުވެރި ދަލުގަޖެހުނީމަ ވާނެގޮތް ގައުމަށް މިވަނީ

  9. ބަފާބެާ

    އިންޑިޔާގެ ގޮޑިކޮށްކޮ ސަރުކާރެއްވީމަ، ގެރިޔަށް އަޅުކަން ނުކުރަންޏާ މިކަހަލަ ކަންތައްތައްވާނެ!