މިނިސްޓްރީ އޮފް ހެލްތު ގެ ދަށުން ހިނގަމުންދާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުގައި މަސައްކަތް ކުރުމަށް ބޭނުންވާ 164 ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން ހެލްތު މިނިސްޓްރީ އިން އިއުލާން ކޮށްފިއެވެ.

ހެލްތު މިނިސްޓްރީ އިން ވަނީ ކޮންސަލްޓަންޓް އިން މެޑިސިން، އެނެސްތީސިއޮލޮޖީ، އޯތޯޕީޑިކްސް، އެނެސްތީސިއޮލޮޖީ، ސަރޖަރީ، ޕީޑިއެޓްރިކްސް، ޑާމެޓޮލޮޖީ، އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލިޖީ ،ނިއުރޮލޮޖީ، ކާރޑިއޮލޮޖީ، ޕެތެލޮޖީ، ހެމޮޓޮލޮޖީ، ޕިޒީޝިއަން، ސައިކޭޓްރީ، އީ.އެން.ޓީ، ރޭޑިއޮލޮޖީ، ނެފްރޮލޮޖީ، އޮފްތަލްމޮލޮޖިސްގެ މަގާމުތަކަށް މީހުން ހޯދަން އިއުލާން ކޮށްފައެވެ.

މިވަޒީފާތަކަށް މުސާރައިގެ ގޮތުގައި 30990 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 10200 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

މަގާމުގެ ޝަރުތުތަކަކީ މެޑިކަލް އޮފިސަރގެ ޝަރުޠު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ 3 ނުވަތަ 4 އަހަރު ދުވަހަށްވުރެ ކުރުނޫން އެމް.ޑީ/ އެމް.އެސް ނުވަތަ އެއާ އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލްޓީއަކުން ނުވަތަ ސަބްސްޕެޝަލިޓީއަކުން ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުމެވެ.

ނުވަތަ މެޑިކަލް އޮފިސަރގެ ޝަރުތު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ 2 އަހަރުދުވަހަށްވުރެ ކުރުނޫން އެމް.ޑީ/އެމް.އެސް ނުވަތަ އެއާ އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލިޓީއަކުން ނުވަތަ ސަބްސްޕެޝަލިޓީއަކުން ހާސިލްކޮށްފައިވުމާއެކު، ސްޕެޝަލިޓީ ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، ސްޕެޝަލިޓީ ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުމެވެ.

ވަޒީފާއަށް އެދޭ ފޯމް ހެލްތު މިނިސްޓްރީގެ ކައުންޓަރުންނާއި ހޮސްޕިޓަލު ނުވަތަ މަރުކަޒުތަކުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ އިން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންހޭ ތަކެތި ހުށަހަޅާނީ 14 ފެބުރުވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ވަޒީފާއަށް އެދޭ ހޮސްޕިޓަލެއް ނުވަތަ މަރުކަޒަކަށެވެ. ވަޒީފާ ލިބޭނެ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ލިސްޓެސް ހެލްތު މިނިސްޓްރީގެ އިއުލާނުގައި ހިމަނާފައި ވެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 3014439 ނަންބަރު ފޯނަށް ގުޅުވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ހެލްތު މިނިސްޓްރީ އިން އެދެއެވެ.