ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم ގެ ނަންފުޅުގައި ހިމެނޭ ﷲ ގެ އިސްމުފުޅު ތާނައިން ލިޔެފައިވާ ލިޔުމެއް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ލިޔުމަކީ ޕްރީ ސްކޫލްގެ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުން ބޭނުން ކުރުމަށް ފޮނުވި ލިޔުމެކެވެ. އެލިޔުމުގެ ކޮޕީއެއް "ވަގުތު" އަށް ވެސް ވަނީ ލިބިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ލިޔުމުގެ ފޮޓޯއެއް
އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ލިޔުމުގެ ފޮޓޯއެއް

ﷲ ގެ އިސްމުފުޅު ތާނައިން ނުލިޔުމަށް އެދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އިސްލާމިކް މިނިސްޓްރީން ބަޔާނެއް ނެރުއްވާފައި ވެއެވެ.

އެބަޔާނުގައި ވިދާޅުވީ "ﷲގެ އިސްމުފުޅު ލިޔަން ވާނީ ﷲ މި ގޮތަށް އަރަބި އަކުރުންނެވެ."

އޭރުގެ އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ކީރިތި ގުރުއާނުގެ އާޔަތްތަކާއި ކީރިތި ރަސޫލާގެ ހަދީސްފުޅުތަކުގެ ނައްސުތައް ވެސް ލިޔަން ވާނީ ވާރިދު ވެފައިވާ ގޮތަށް އަރަބި އަކުރުންނެވެ.

"ވީމާާ މި ކަންކަމަކީ އިސްލާމްދީނަށް އިހުތިރާމާއި ލޯބިކުރާ އެއްވެސް މީހަކު ދެބަސްވާނެ ކަމަކަށް ނުވާތީ، އެއްވެސް މީހަކު ލިޔާ ލިޔުމެއްގައި ﷲ ގެ އިސްމުފުޅު ތާނައިން ނުލިޔުމަށާއި އިތުރަށް މި ބަޔާން ކުރި ކަންކަމަށް ސަމާލުކަން ދިނުމަށް އާންމުކޮށް އަންގައި އިއުލާން ކުރަމެވެ." ބަޔާނުގައިވެ އެވެ.

ﷲ ގެ އިސްމުފުޅު ތާނައިން ލިޔެފައިވާ ލިޔުމެއް އެޑިއުކޭޝަނުން ސްކޫލްތަކަށް ފޮނުވުމާއި ބެހޭ ގޮތުން މިހާރުގެ އިސްލާމިކް މިނިސްޓްރީން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން ވެސް މިކަމާއި ބެހޭ ގޮތުން އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

84 ކޮމެންޓް

 1. ޖަހާންގީރު

  މީ ހަމަ ގަސްތުގަ ރޭވިގެން ކުރާ ކަންތައްތައް ލާދީނީ ސަރުކާރު !

 2. އާތިފް

  ލާދީނީއޭ ބުނަންޖެހޭ އެތައް ކަންތައްތަކެއް އެމްޑީޕީ ސަރުކާރުގައި އަބަދުވެސް ދަނީ ދިމާވަމުން. މިއީ ހިތާމަހުރިކަމެއް.

 3. ވަހީދު

  އަރަބި އަކުރުން ލިއުއްވާ ގޯހުންކުރެވުނުކަމެއް ރަނގަޅުކޮށްލައްވާ

 4. ހައްހައްހާ

  އެއީ ޖަޒީރާވަންތަކޮށް ދީނަށް ފުރައްސާރަކުރާގޮތް. ކޮބާ މަންމަން އިބޫ

 5. ނުބައިހާނު

  މިއީ ފުރައްސާރަ ކުރުމަކީ. ނަބިއްޔާ ޞޢވ ގެ ނަންފުޅުގައިވެސް ނޫނު ސުކުނެއް ނުޖެހޭނެ. މުޙައްމަދު މިގޮތަށް އަލިފު ސުކުން ޖަހަން ތާނައިގެ ޤަވާޢިދުގައިވެސް އޮންނަނީ. ޖާހިލުންނާ ކަންކަމަށް ޙަވާލުކުރީމަ ވާނެ 6 އެތި ތިޔަވަނީ

 6. މްރި

  ނޫނޭ، ތިވާނީ ޔާމީނު ކުރިކަމަކަށް...

 7. ހަސަނު

  ބަލަގަ، ތުންފަތާ އިސްތަށީގަ ކުލަޖައްސާ އަދި އިސްތަށިގަނޑު އިސްތިރި ކޮއްފަ ކަރުވަޅު ކަންޑާފަ އެހުރީ ވަކި ކަހަލަ ގޮތަކައް ވިސްނުން ބައްޓަން ކުރެވި ވަކި ބައެއްގެ ސްޕޮންސަރ ލިބިގެނޭ....

 8. މުޙައްމަދު ކާރިމް، އާވެހި ނައިފަރު

  މި ވާނީ ލާދީނީ މަންދު ކޮލެޖުން ނިކުތް ލިޔުމެއް ކަމަށް. ޖުރި ނުބައިކަމެއް.

 9. ކައުންސެލަރު

  ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ

 10. ވަހީދު

  2008 އަލްޤުރުއާން ލިޔަން ޖެހޭ ތަނެއްގައި، އައުގުރާން މިހެން ލިޔެ ފޮތްތައް ކުޑަ ކުދިންނަށް ބެހި. އަނެއްކާ މިވަނީ އެކަން ތަކުރާރު.

 11. ރާޅު ބޯއީ

  ކީކޭ ދެން ބުނާނީ. ބުޅާ ގޯނިން މިހިރަގެން ނިކުންނަނީ. ލާދީނިއްޔަތު ނޫން ކަމެއް މިވެރިކަމުގައި ނެތް. ހެޔޮނުވާނެ އިސްލާމި ގައުމެއްގެ ހާލު މިހާ ދަށުދަރަޖައަށް ވެއްޓެން. ސަރުކާރުން މިކަންކަމަށް ޖަވާބުދާރީވާންޖެހޭ.

 12. ރާޅު ބޯއީ

  މީ ހަމައެއް ލަމައެއް ނެތް ލާދީނީ ސަރުކާރެކޭ އަބަދުވެސް މިބުނަނީ. ދެން ތިބެފަ ތިން ހަތަރުތަކުން ނެރޭނީ ނޫސް ބަޔާނެއް. އޭގައި ބުނާނީ ހުރިހާވެސް މައްސަލައަކީ ރައީސް ޔާމީނޭ. އަހަރެމެން ކުރި ކަމެއް ނޫނޭ. ވަރަށް ދެރައޭ.

 13. ކަމާލު

  ބެލެވެނީ އޮޅިގެން ހިނގާފަ އޮތް ކަމެއްގެ ގޮތުގައި. ގަސްދުގައި ތިވަރުކަމެއްް ނުކުރާނެކަމަށް އަޅުގަނޑު ޤަބޫލުކުރާނީ

 14. ޕީ އެޗު ޑީ

  އެކަމަނާ ޕީ އެޗު ޑީ ހެއްދެވީ އިގެރޭސި ބަހުން ، އެހެންވީމައި އިސްލާމިކު މިނިސްޓަރަށް ތިކަމުގައި މިއަދު އެއްޗެކޭ ނުބުނެވޭނެ ދެންހުރީ ސޭކު އިލްޔާސް ސޭކު ޒިޔާދު މިވެރިކަމުގައި ކޮންމެފަދަ ކަމެއް ދީނާ ހިލާފަށްކުރިޔަސް އެމީހުއްނަށް ޗުޕުވެސް ނުބުނެވޭނެ.....

 15. ސ

  ބޯން އުޅުނު ބޮޑި ބޮވުނީ! ދެން ކުރާނެ ކަމެއް ނެތް

 16. ނައިސް

  ލާދީނީ ސަރުކާރު އިސްތިއުފާާާާާާާާާާ
  ހަލާކުހުރި މިކަމެއް ގަސްތުގަ ކޮއްފަވާނަމަ. ނޫންނަމަ އަވަހަށް މާފަށްއެދި ކުށް ރަނގަޅުކުރޭ

 17. ައާމިނާ

  ލާދީނީ ނޫން ސަރުކާރެއް ނެތް ރާއްޖޭގެ މަދުބަޔަކު ދީނަށްލޯބިކުރަނަނީ ނޫސްވެރިންވެސް ތަންކޮޅެއް ޒިންމާރުވާން ވެއްޖެއެއްނު

 18. ދސަ

  މި ވެރިކަން އައިފަހުން ދީނަށް ފުރައްސާރަކުރުމުގެ ކަމެއް މިވެރިންގެ މީހުން ނުކުރާ ދުވަހެއް ނުދޭ... ގަސްދުގައި ރާވައިގެން ކުރާ ކަމެއް...ރައީސް އޮފީހުގައާއި ސަރުކާރުގެ މަތީ އެތައް މަގާމެއްގައި ތިބީ މިކަހަލަ މީހުން.. މަޖިލީސް މިވެރީންނަށް ލިބިއްޖެނަމަ ދެން ކަންކަން ވާނެގޮތް ވޯޓުދޭމީހުން ހަދާން ބަހައްޓާތި.. ޤާނޫނު އަސާސީއާ ޤާނޫނުތަކަށް ބަދަލުގެނެސް ރާއްޖެ އެއްފުށުން އަނެއް ފުށަށް ޖަހާލާނެ..

 19. އިބްރާހިމް

  މި ކަމުގައި މިސަރުކާރު ހޮވަން ވޯޓްދިން އެންމެން ޒިންމާވާން ޖެހޭނެ. ޔަޢުނީ މި ސަރުކާރަކީ ލާދީނިއްޔަތު އިސްކުރާނެ ބަޔަކު ގިނައިންތިބި ސަރުކާރެއްކަން ހަމަ އެނގިތިބެ ވޯޓް ދީފައިވާތީއެވެ. މިސާލަކަށް މިސަރުކާރުން ޓްރާންސިޝަންގައި އިސްލާމިކް ޔުނިވަރސިޓީ އެސެސްކުރަން އިބްރާ އާއި މުސްޓަފާ ލުޓްފީ ފޮނުވީވެސް "އިސްލާމް" މިބަހަށް ޖޯކްޖެހުމަށްކަމަށް އަޅުގަނޑު ޝައްކުކުރަމެވެ.

 20. ައާމިނާ

  އެޑިޔުކޭޝަންގައި ދީނަށްލޯބިކުރާމީހުން ގިނަކުރަންވީ މިއީ އެއްވެސް ސަރުކާރެއްގައި ވީ ކަމެއްނޫން

 21. އަލީ

  الله އަށް އިޚްތިރާމް ނުކުރާ ބަޔަކު ތިކަން ކުރުމުން ޙައިރާނެއްވާނެ ކަމެއްނެތް. ޢިސްލާމިކް މިނިސްޓަރަކައް ހުރީ އަނިއްލަ ނަފްސައްވެސް އޮޅުވާޅާފަ ވާ އިން ސާނެއް! އަމިއްލަ ތައުލީމީ ސަނަދުތައްވެސް ހޯދާފަވަނީ އަންހެނުންގެ އެހީތެރިކަމުގަ އޮޅުވާލައިގެން. ދެން ކޮން އުންމީދެއްތޯ ކުރެވެނީ އެބޭފުޅާޣެ ކިބައިން؟

 22. ކޮމެޓީ

  މިކަމަށްވެސް އަވަހަށް ކޮމިޓީ އެއް އެކުލަވާލަން އުޅޭ.
  ކޮމިޓީ ސަރުކާރު.

 23. ައާމިނާ

  ﷲގެ އިސްމުފުޅު ދިވެހިން ނުލިޔެވޭނެ
  އެޑިޔުކޭޝަންތެރެ ސާފުކޮށްލްންޖެހޭ ވަރަށްއަވަހަށް

  • ނޫނޭ

   އަޖައިބު ހީވޭ. އިނގިރޭސިން ލިޔެވެޭ.ލިޔެފާވެސް އެބަހުރި.
   ގޯސްކަމަކައްވެގެން ތަޅާފޮޅާ އރާރުމެއްނުވޭ. ކީއްވެ؟

   • މުޙައްމަދު

    އިގިރޭސިން މޮހަމެޑު ލިޔާތީ އަހަރެމެން ނުޖެހޭ އެހެން ލިޔާކަށް. އިނގިރޭސިން ހަދާނީ އިނގިރޭސި ލިޔާ ގަވައިދު. ދިވެހިން ނުޖެހޭ ކޮންމެހެން އިނގިރޭސި ފަހަތުން ދުވާކަށް.

 24. ައާމިނާ

  ކޮންމެ ބަޔަކުވެސް ބަލަނީ އެބަޔަކު ސަޕޯޓުކުރާ ޕާޓީއަށް ފައިދާހުރި ގޮތަށް ހަޤީގަތުގައި ދީނަށް ލޯބިކުރަނީ ވަރަށް މަދު ދިވެހިން

 25. ައާމިނާ

  ކޮބާތަފޮނުވި ކޮމެންޓްތައް

 26. މަހަލްދީބު

  މިހާޜޫ ޢިސްލާމްދީނޭ ކިޔާނެ ކަމެއްނެތް. ދީނަށް އިޙްތިރާމު ކުރާ ސަރުކާރެއް ނެތް، ތިޔަ ކަހަލަ ކަންތަކުގެ ވާހަކަ އަޑު ނާހާނެ. އެމީހުން ބޭނުންވަނީ ތިކަންވެސް ދިފާޢުކޮސްފައި ބަޔާނެއް ނެރެން.

 27. މުރާސިލް

  ޝޭޚުންޖަވާބުދެއްވާ ﷲގެ އިސްމުފުޅު ތާނައަކުރުން ލިޔެވިދާނެތޯ ނުލިޔެވޭނަމަ މިއީރަގަޅުކަމެއްތޯ ﷲގެއިސްމުފުޅު ލިޔަންޖެހޭގޮތަށް ލިޔަންނޭގޭގާބިލްކަންނެތްފަރާތް
  ތަކަށް ވަޒީފާދެއްވުން ރަގަޅުތޯ ޝޭޚުންހިމޭނުންނުތިއްބަވާ ޖަވާބެއްދެއްވާ އިސްލާމްދީނުގައި
  މުހިއްމީ ރުހޭޕާޓީވީމަ ތާއީދުކުރުމެއްނޫން މުހިއްމީ ތެދުވެރިކަން

 28. މާރިޔާ ބާރަށް

  ކިޔެވުން ނުފަށައި ލަސްކުރީވެސް ހަމަގަސްތުގަ މިކަންކުރަން.

 29. ބޮޑު ދުރުމި

  އޭގެ މާނައަކީ ޔާމީނުގެވެރިކަމުގައިވެސްﷲ ގެއިސްމުފުޅު ވަނީ ތާނައިން ލިޔެފައޭ

 30. ބބބ

  ހެޔޮނުވާނެ މިބައިގަނޑު ވެރިކަމުން ބާލަން ރައްޔިތުން ނިކުންނަން މާލަސްވެއްޖެ. މިނުބައި ޖާހިލުން ހަލާކުކުރައްވާށި އާމީން

 31. ސޮއްބެ މާލެ

  މިއީ ހަމަ ލާދީނީ އެމްޑީޕީ ގަންޖާ ބޯ އިބުރޭސޯލިހުގެ ނުބައި ނުލަފާ ސަރުކާރުން ދިވެހި ޒުވާން ޖީލުން އިސްލާމް ދީން ނައްތާލަން ހިންގާ ޕްރޮޕޮގެންޑާ... އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ... ކޮބާތަ ޖުއްބާ ލައިގެން މިތާ އަރަބިއްޔާ ދޮށުގަ އިހުތިޖާޖުކުރާ ހާބީ ބައިގަނޑު... އިސްލާމީ މަރުކަޒުގަ ހުކުރު ނަމާދައް ފަހު ދުއާ ކުރާ ބައިގަނޑު ކޮބާތަ.. މިކަންތައް ކަލޭމެނަކައް މުސީބާތަކައް ނުވޭދޯ ؟ މިއިބުރޭއަށް ވޯޓުދެވުންތީ މިހާރު ހިތާމަ ކުރަން...

 32. އަބޫ

  ޜައީސް ޔާމީނު ނޫނަސް އޭގެ ކުރީގެ ވެރިކަންތަކުގަވެސް މިގޮތަށް ނުލިޔުމަށް އަންގާފައިވޭ.

 33. ؟؟؟

  ދިވެހި ދުލަކުން ﷲ ގެ އިސްމު ފުޅު ކީދާނެބާ

 34. ސޯޕް ލައިޓް ބްރަދަރ

  މިއީނޭގިގެން ކުރާކަންތަކެއް ނޫން މިކަހަލަ ގޮތެއްފޮތެއް ނެއްބަޔަކަށް

 35. ގ

  ނާގާބިޅް ސަތުކާރު

 36. ޢަބްދުލްމުހައިމިން

  " ނުބައިހާނު "އަށް ދަންނަވާލަން އޮތީ " މުޙައްމަދު، މުޙަންމަދު" މި ދެގޮތަކީ ވެސް ދިވެހި ބަހުގައި ސްކުން ކުރުމުގެ ހަމައިން ބަލާއިރު ރަނގަޅު ދެ ގޮތް ކަމުގައި. ނޭނގޭ ކަމަށްވާނަމަ ޤަވާޢިދު ފޮތްތައް ބައްލަވާ. އޭރުން ފެންނާނެ "އަހާނަމަ" މިފަދަ އަކުރުތަކެއްގެ ވާހަކަ. އެހެންވީމާ، ތިބޭފުޅާ ވެސް ހިމެނެނީ ޖާހިލުންގެ ތެރޭގައިކަން ކަށަވަރު.

  • ތޯހިރު

   ސާފުކޮށްދެއްވިތީ ޝުކުރިޔާ....

 37. ރީތި

  މިނިސްޓަރު މީ ހާދައަންހެންވަންތަ ރީތިކުއްޖެކޭދޯ. މިސްޓޭކެއްހެދުނީކަމަށްވާނީ، އެގޮތަށްލިޔެވުނީ.

 38. ގަމާރު

  ކޮންމެ ސަރުކާރެއްގަވެސް އެޑިޔުކޭޝަން މިނިސްޓަރަކަށް ލަނީ ތިފާޑުގެ ބޯއިސްތިކުރާ ކަނަބަލެއް ނޫނީ ލާދީނީ ޒާތުގެ ކަލުންނާ ކަނބަލުން. މިދޮގެއްތޯ ވޭތުވެދިޔަ 5-4 މިނިސްޓަރުންނަށް ބަލާލަބަލަ. ޢެމީހުން އުޅެނީ އެހެން ސިއްރު އެޖެންޑާއެއްގަ. މާލޭގެ ގިނަ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ އިސް މަޤާމުތަކުގަ ތިބެނީވެސް އެފާޑުގެ ކަނބަލުން.

 39. ނަވީ

  ރާވައިގެން ރޭވިގެން

 40. މިފްރާ

  އަރަބި އަކުރުގަ އޯބޯފިލިވެސް އޮވޭތަ؟

 41. ބޮލި މުލައް

  މި ދައިތަ މީ ދީނަށް ފުރަށްސާރަކުރުމުގަ އަރާހުރި ދައިތައެއް

 42. ޝަރފު

  މިކަމާ ހާސްކަޑާލާ. އެއީ ޓައިޕިން މިސްޓޭކެއް. އަދި ބިސްމި ޓައިޕްނުވެ ހުރި ލިޔެކިޔުންތައް ބައިވަރު.
  ރަސްމީ މުޢާމަލާތްތަކުގަ މިއަދު މިކަމަށް ސަމާލުކަން ނުދެވެނީ އެކަން ކުރަންތިބި މީހުންނަށް އެއީ މުހިންމު ކަމެއް ކަމުގައި ނުދެކޭތީ. މިއަދު މީ މާބޮޑު ކޮންސާނެއް ނޫން. ދީނީ ގޮތުން މިއީ އަހަރެމެންގެ އަޤީދާކެ ބަލިކަށިކަން ކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުން. މިއީ މައްސަލައެއް ނޫނަކަމަށް ކުރެވޭ ވަކާލާތުގެ ވިސްނުން މިސްރާބު ކުރެވިފައިވާ ދިމާލަށް ވިސްނާލާ. އޭރުން މިއީ ދެރަވަރު ކަމެއް މިއަދު. މާދަމާ އެކަމެއްވީ މިހެންވެގެންނޭ. މި ކަމަށް ފިޔަވަޅެއް ނޭޅީމައޭ ބުނާނެ އެންމެންވެސް.

 43. މިގޭ

  މިހިރަގެން ފެންނަނީ ފަހަރަކު ކަމެއް އަދވެސް ފެންނަމުންދާނެ ބަލަންތިބެ.

 44. ސުޢޫދު

  ކީއްކުރާނީ ތިޔައީ މިގައުމުގެ ރައްޔިތުން ވިސްނާނުލާ ކުރާކަންތައްތަކުން ދިވާ މައްސަލަ! ތިޔަކަމުގެ ޒިންމާވެސް ނަގަންޖެހޭނީ ރއްޔިތުން!

 45. ސުޢޫދު

  ކީއްކުރާނީ ތިޔައީ މިގައުމުގެ ރައްޔިތުން ވިސްނާނުލާ ކުރާ ކަންތައްތަކުން ދިވާ މައްސަލަ! ތިޔަކަމުގެ ޒިންމާވެސް ނަގަންޖެހޭނީ ރއްޔިތުން!

 46. Miadhu

  ތިއީ މިސަރުކާރުން ގަސްދުގަ ކުރުވާކަމެއް ނޫންނަމަ މިއިންކަމަކާއިމެދު ސަރުކާރުން ބަސްބުނާނެ މަޅިންރެކެން ކޮމެޓީއެއް އުފެއްދީމަ ނިމުނީ މިސަރުކާރު ހަމަމަގަށް އަޅުވަން ކުރެވޭނެ އެއްކަމެެްވެސްނެތް ޖޭޕީގައި މިހުންނަ ޢަބުދުﷲ ރިޔާޒުގެ ސަބަބުން އެސޮރުޖޭޕީންބޭރުކޮށް އެމްޑީޕީއަށް ފޮނުވާ

 47. ކާއްޓޭ

  ތިޔަ އެޑިޔު ކޭޝަނަކީ ވަރަށް ކަމުނުދާތަނެއް.އެއްތަނުން ކަމުނުގޮސްގެން އެރަށުމީހުން ބޭރުކޮށްލީމަ.ޖެހިގެން އޮންނަ ރަށަށް ފޮނުވާ ބައެއް.ތިޔަ ފާޑުގެ ކަންކަން މިސަރުކާރުގަ ވަރަށްހިނގާނެ.ކީއްކުރާނީ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

 48. ކާފު

  ސަރުކާރުގެ ލާދީނީކަން

 49. Anonymous

  ﷲ ގެ އިސްމަފުޅެއް ތާނައިން ނުލިޔެވޭނެ އެފަދަކަމެއްކުރި މީހާ ޒިއްމާވާންޖެހޭނެ ޔާމީންސަރުކާރުގައި ެވެސް އުޅުނު މުވައްޒަފަކަށްވެސް ވެދާނެ

 50. ސޫދު

  މިކަހަލަ ލާދީނީ ކަންތައްތައް މިސަރުކާރުގެ އެންމެ އިސް ފަރާތްތަކުން ކުރުމަކީ އާކަމެއްނޫން. ހައިރާނެއްނުވޭ. ލާދީނީ ސަރުކާރު އިސްތިއުފާ

 51. ބެއްޔާ

  ހިތާމަ ހުރިކަމެއް

 52. މާ ކަންބޮޑު ނުކުރޭ

  އެއީ އެއްގޮތަކަށްވެސް ގޯސް ކަމެއް ނޫން. ހަރާމް ކަމެއް ނޫން. ފާފަވެރިވާނެ ކަމެއްވެސް ނޫން. ލާދީނީ ކަމެއް ނޫން. އިހްތިރާމް ކުޑަވާނެ ކަމެއްވެސް ނޫން. ﷲ ގެ އިސްމުފުޅު އެހެން ބަސްބަހުން ވާހަކަ ދައްކާ މުސްލިމުންވެސް އެމީހެއްގެ ބަހުން ލިޔެއުޅޭ. އޭގެ ތެރޭގައި އިގެރޭސިބަސްވެސް ހިމެނޭ.

 53. ފެންނަގޮތް

  ޤައުމުން އިސްލާމް ދީން ފުހެލަން މިފަހަރު ޤާސިމް ވެސް ބައިވެރިވި .. އެހެންވީމަ އިނގޭ ޤާސިމް އަކީވެސް އަންނި އަދި މައުމޫނު ފދަ ލާދީނީ ހައިވާނެއްކަން .. ޤާސިމް ގެ ރިސޯޓު ތަކުން މީހުން އެހާ ގިނަ ގިނަ އިން މަރުވަނީ ވެސް އޭނައަށް ހުރި ފިލާވަޅަކަށް

 54. އަޙްމަދު

  ދައުލަތުގެ އިސްބޭފުޅުން ދިނަށް ފުރައްސާރަ ނުކުރުމަށް ނަސޭޙައްތެރިވަން. ޝޭހް އިމްރާންމެން ހަނުތިބޭތީ ހިތާމަކުރަން. މިދަނީ ގޯހުންގޯހަށް. މިއަޅޭ ބަޔަކުމީހުން ގަސްތުގައި ކުރާ ކަމެއްތަ ނޫނީ އޮޅިގެންތޯ ނުނީ ނޭނގިތޯ؟

 55. އަބުދުﷲ

  ސޭހުންނެތް

 56. އަހްމަދު

  އެއްޗެއްބުނެވޭނީ އެއީކިހާވަރެއްގެ ކަމެއްކަންސާފުކޮށްދޭނެ ކޮމެޓީއެއްހެދިގެން

 57. އަހުމަދު

  އޮރިޔާން ހާލުގައި ހުރި ރީބޮންޑިންގ ލާދީނީ ކަމަނާ ތިޔަކުރީ ވަރަށް ނުބައި ދަށުދަރަޖައިގެ އަމަލެއް. ކަލެއަށް ހަލާކުހުރި.

 58. އޮޅުންއަރާމީހާ

  މިހާރު ޢަދާލަތު ޕާޓީ ހަމަހިމޭން ދުނިޔެއެއްގައި ... ފައިސާ ބަނޑުއަޅަން ހައިބޮނޭޝަންގަ!

 59. ރާއްޖެތެރެ މީހާ

  އެޑިއުކޭސަންގަ ތިބި ވެރިން އިސްތިއުފާ ދޭން ޖެހޭ ވަރުގެ ކަންތަށް ތަށް މީ. ކިހޭ ދެރަކަމެއް!

 60. ވިސްނޭމީހާ

  ކީއްކުރާނީ މީހަމަ ރާއްޖޭގެ ގިނަމީހުން ބޭނުންވިގޮތް ދެން މިވާހަކަ ދައްކާނެކަމެއްނެތް

 61. ޢާހް

  ކީއްކުރާނީ މީހަމަ ރާއްޖޭގެ ގިނަމީހުން ބޭނުންވިގޮތް ދެން މިވާހަކަ ދައްކާނެކަމެއްނެތް

 62. މުޖޮ

  ޖަރީމާ.ި

 63. ގަމާރުރާޖާ

  ހާދަ ފެންވަރެއް ނުހުންނަ ގަމާރު މީހުންނޭދޯ. ކީކޭ ދެން ބުނާނީ

 64. ދެން

  ތިކަން ބަލަން ކޮމިޓީއެއް އުފެއްދި ވާހަކަ ދެން އިވޭނީ.

 65. ތަމްޒީލް

  މީ ހަމަ އަންނި ކިޔާ މަރުމޯލު ކުރުވާ ކަންތަށް

 66. ގަޅި

  މި ޗެކް ލިސްޓަކީ އިބޫ ސަރުކާރާ ހަވާލުވުމުގެ ކުރިން އެޑިޔުކޭޝަނުން ސުކޫލުތަކަށް ހިއްސާކޮށްފަައިވާ ލިޔުމެއް. އެއްޗެއް ނޭންގުނަސް އަނގަ ގަދަވެގެން އުޅޭތި.

 67. އަލިބެ

  އިންގިރޭސިން އޭ އަކުރާއި އެލް އަކުރާއި އެޗް އަކުރު ބޭނުން ކޮށްގެންވެސް ކަލާންގެ
  ކަލިމަފުޅު ވަރަށް ގިނަ ދިވެހިން ލިޔެ އުޅޭތަން ފެނޭ. މީވެސް ހަރާމް ކަމެއްތޯ. ދިވެހި ތާނަ އަކުރުން ކަލާންގެ ކަލިމަފުޅު ނުލިޔެވި އިންގިރޭސި އަކުރުން ކަލިމަފުޅު ލިޔެވޭ ކަމަށް އޮތް ހަދީސެއް ، އާޔަތެއް ނުވަތަ ދަލީލަކީ ކޮބައިބާވައެވެ ؟

 68. އަހުމަދު

  މިކަހަލަ ހަބަރުތަށް ކީއްވެތޯ މިހާރުނޫހުގައި ނުޖަހަނީ މިހާރު ނޫހުގެ މީހުނަށް މިކަހަލަ ހަބަރުތަށް ނޭންގެނީތޯ ނޫނީ ކަނީތޯ ނޫނީ ލާދީނީތޯ ވަރަށ ދިރާސާކޮށްފިން މިކަހަލަހަބަރުތަށް މިހާރުނޫހުން ފެނޭތޯ އެްގޮތަކަށް ވެސްނުފެނޭ އާވިންނަށް އަންގަން ބޭނުން ނުވނީ އެހެންނު

 69. Anonymous

  ލާދީނީސަރުކާރުގެ ނުބައި ރޭވުންތައް މިދަނީ ފެންނަމުން

 70. ޢާމިރު

  ލާދީނީ ސަރުކާރުގެ ނުބައި ރޭވުންތައް މިދަނީ ބާރަށް ކުރިއަށް

 71. ހެސްކިޔާފަ ކަޑަ

  މަ އަލަށް ސައްޙަ ވޯޓެއް މިދިނީ އިންތިހާބެއްގަ

  ޢެއީ މުޙައްމަދު ސާލިޙް ވެރިކަމަށް ގެންނަން..

  ޢުއްމީދުކުރިން ދީނާ ނުކުޅޭނެ ކަމަށް..

  ދީނަކާ ނުކުޅޭ... މިހާރު މިދެން ބޮޑުވަރު...

  ހެޔޮނުވާނެ ހުރިހާބާރަކަށް އަތްކޮށްޕާ ބާނާ އެއްޗެއް ބާނައިގެންވެސް އިސްލާމް ދީން ސަލާމަތުން ރައްކާތެރިކޮށް އޮތަދީބަލަ....

  އަހަރެމެންގެ ޅަދަރިންގެ މުސްތަޤްބަލް ފަނާނުކޮށް ކަލޭމެން ތެޅޭ ވައްތަރަކަށްތެޅިބަލަ...

 72. އެލެކްސް

  މިސަރުކާރުގެ މަތިފަޑީގައި ތިބި މީނުންނަށް ޝަހާދަތުގެ ދެ ކަލިމަ އެގޭތޯ ސުވާލު ކޮށްލަންޖެހޭ. ސޫރަތުލް ފާތިހާ ދަނޭތޯ ބަލާލަންޖެހޭ ކުރުސި ކިޔަން އެގޭތޯވެސް ބަލާލަން ޖެހޭ. ހީވަނީ ވަރަށް މަދުވާނެހެން. އެހެންވީމާ ﷲ ތާނައިންވެސް ލިޔާނެ

 73. މުޙައްމަދު

  މުޙައްމަދު ލިޔަން ނޭންގޭ މީހުން ތޯ އެފަދަ ތަކެތި ތައްޔާރު ކުރަނީ

 74. އަދަބު

  ނޭނގިގެންކަމަށް އޮޅިގެންކަމަށް ހީކޮށް އެއްޗެއްނުބުނާތި. ތީ ހަމަ ގަސްދުގަ ދިވެހި އިސްލާމުން ރުޅިއަރުވަންކުރާ ކަންކަން. ލަގާ ފެންނާނެ. ހިތިރަހަ ލާނެ. ހިތިބޭސްވެސް ބޯންޖެހޭނެ

 75. ބޯންބެ

  އެކަމަނާ ފުރަތަމަ އިސްލާހުކުރައްވާ ، އައުރަ ނިވާކުރައްވާ

 76. އެލެކްސް

  “ﷲ ގެ އިސްމުފުޅު ތާނައިން ލިޔުމަކީ އިޙްތިރާމް ކުޑަކުރުން ” މިއީ މިވެރިން ކުރަން ބޭނުންވާ ކަމަކީ އާދައިގެ ކަމަކަށް ހަދާލުން. މި މީހުންގެ މި ހުންނަނީ މޮޑީގެ ވިސްނުން އިރުކޮޅަކު ތެޅިތިފަ ވަރުބަލި ވާނެ ދެން އެކަމެއް ހަނދާނަކު ނުހުންނާނެ

 77. ދއަލީ

  ފޮތްތައަ ހަމަވާނޭ ކިޔާފާ ތުޅާދު ސުކުޫލަށް އަދިވެސް ގްރޭޑް 9 ގެ ފޮތް ބައިވެސް ހަމަނުވޭ ކިހާދެރަ ކަމެއް

 78. އިބޫ

  ހައްދަވާ ގެންގުޅުއްވާ އިލާހް. މި ދިވެހިރާއްޖޭގައި އިސްލާމީދީން ނޫން ދީންތަކަށް ޖާގަދޭން އުޅޭ މީހުން ބަލި ކުރައްވައި އެފަދަ މީހުން ނެތި ކުރައްވައިފާން ދޭވެ. އަދި މިއީ ބަޔަކު ރާވައިގެން ގަސްތުގައި ލާދީނީ ފިކުރު ފެތުރުމަށް ކުރާ މަސައްކަތެއް.

 79. ޟ

  ފައިބާ ހަމަ މިހާރު. މަޖުލީހަށް އެމްޑީޕީ އަށް ވަރުގަދަ އަށް ނޯ

 80. ވިސްނަވާވިސްނަވާ

  ދީނީ އެއްވެސް އަސާސެއް އޮތް މައްސަލައެއް ނޫން. އިޙްތިރާމުގެ މައްސަލައެއްވެސް ނޫން. ދިވެހި އަކުރުން އަރަބި އިސްމެއް ލިޔާނެގޮތަކީ ދިވެހިންގެ ބަހުގެ މައްސަލައެއް. އެކަން ނިންމާނީ ދިވެހިން. ރައުޔު ތަފާތުވާ މައްސަލަތަކުގައި އެއްގޮތައް ވުރެ ގިނަގޮތަށް އަމަލުކުރެވޭ ކަންކަންވެސް ހުންނާނެ. ދިވެހިން އާދަކޮށްފައި ވަނީ ﷲ އިސްމުފުޅު އަރަބިން ލިޔަން. އަމިއްލަ އިހުސާސުން ދީނީ ހުކުމްނެރެ ލިޔުނުމީހާގެ ނިޔަތަށް ދާކަށެއް ނުޖެހޭ. ދިވެހިބަހުން ލިޔާނެ އުސޫލާ ގަވައިދަކީ ބަހާގުޅޭ މައްސަލައެއް.

 81. ދެންގޮވާ ސަރުކާރޭ

  މިހާރު އުޅޭ ވަޒީފާ އަދާކުރާ ކުދިންގެ ފެންވަރު. ސަނަދު ފުންޏަކާއި ރީތި ހެދުމާއި މޭކަޕް. ކަންކޮށްފައި ހުންނަ ފެންވަރު. ބްރިޖުގައި ދަމާފައި ހުރި ފޮތިގަނޑުތައްވެސް ކިޔާލަބަލަ. ދިވެހި ބަހުގެ ހަމަތަކުން ކުށް އެހެރީ. ތިވަރު ވުމަކީ އެކަމަކު ވަރަށް ދެރަވަރު.........................