ސަރުކާރުން މިހާރު އުފައްދަވާފައިވާ ކޮމެޓީތަކުގެ ލިސްޓަށް އަނެއްކާވެސް ކޮމެޓީއެއް އިތުރުވެއްޖެއެވެ.

ފަންނާނުންގެ ޝަކުވާތައް އަޑުއައްސަވަން ކަލްޗާ އެންޑް ހެރިޓެޖް މިނިސްޓަރ ޔުމްނާ މައުމޫން ބޭއްވެވި ފޯރަމަށް ފަހު އެކަމަނާ ވިދާޅުވީ ފަންނާނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ކޮމިޓީއެއް އުފައްދަވާނަން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ވަނީ ފަސް ކޮމެޓީއެއް ސަރުކާރުން ވަނީ އުފައްދަވާފައެވެ. އޭގެތެރޭގައި ފްލެޓްތައް ދީފައިވާ ގޮތް ބަލާ ކޮމެޓީ، ޖަލުތަކުގެ ހާލަތު ބަލާ ކޮމެޓީ އަދި ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އަރުވާ ކޮމެޓީ ވެސް ހިމެނެއެވެ. ކޮމެޓީތަކުގެ އިތުރުން ރައީސް ވަނީ ދެރިޔާސީ ކޮމިޝަނެއް ވެސް އުފައްދަވާފައެވެ.

ރޭ ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީން ބޭއްވި ފޯރަމްގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ވަރަށް ގިނަ އެކްޓަރުންނާއި ޑައިރެކްޓަރުން އަދި ފިލްމް ޕްރޮޑިއުސަރުން ބައިވެރިވިއެވެ. މި ފޯރަމުގައި އަތޮޅުތެރޭގައި ފިލްމު އަޅުވައި އިޝްތިހާރު ކުރުމުގައި ހުރި ދަތިތައް ފަންނާނުން ފާހަގަ ކުރިއެވެ. އަދި އާކައިވްއެއް ނެތުމުގެ ދައްޗާއި ފިލްމު ދައްކައި ޑިސްޓްރިބިއުޓް ކުރުމުގައި ވެސް ކުރިމަތިލާން ޖެހިފައިވާ ދަތިތަކުގެ ވާހަކަ ހިއްސާ ކުރިއެވެ.

މިނިސްޓަރ ޔުމްނާ ވިދާޅުވީ ސަރުކާރު، ޚާއްސަކޮށް ހެރިޓެޖް މިނިސްޓްރީން ފިލްމް އިންޑަސްޓްރީއާ ގާތް ގުޅުމެއް ބާއްވާނެ ކަމަށާއި ދަތިތަކަށް ކޮމިޓީ މެދުވެރިކޮށް ހައްލު ހޯދާ ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކުއްލިއަކަށް ހުރިހާ ކަމެއް ހައްލު ނުވެދާނެ ކަމަށާއި ނަމަވެސް އެއީ މިސަރުކާރުން ކަންތައް މަޑުޖައްސާލާނެ ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރިޒް

    ޕަކާސް... ކޮމެޓީ ސަރުކާރު

  2. އަހުމަދު

    އެންމެ މުހިންމު ކޮމެޓީ އަކީ ލެކިއުޓަށް ހަދާދިން ކޮމެޓީ އެއީ އެތާނގެ ހިއްސާ ދާރުންނާއި އެމީހުންގެ ދަރިން ހެމެނޭ ކޮމެޓީ އެ ކޮމެޓީގެ ރަސްމީ ނަމަކީ ރައީސުލް ޖުމްހޫރިއްޔާގެ އެކްޝަން ކޮމެޓި...... ކީ މިކުރަނީ ކޭކޭ ބުނާނީ.... ކިހާ ދެރަކަމެއް

  3. ކަލޯބެ

    ގްރޭޑް 09 ގެ ސަރުކާރު.!!! ތީ ރައްޔިތުން ޢިގްތިސާދީ ގޮތުންނާއި. ޢުމްރާނީ ގޮތުން ތަރައްޤީ ކުރަނީ!! ސާބަހޭ

  4. ރަންނަމާރި

    ކޮމިޓީ ވަގު ސަރުކާރު

  5. އިބްރާހިމް

    ސަރުކާރު ހިނގަމުންދަނީ ފިނިހަކި ސްޕީޑްގައިކަމަށް ވަރަށްގިނަ ރައްޔިތުން ބުނަމުން އެބަދެއެވެ. އެހެންކަމުން މިކަން ބަލަން ޚާއްސަ ކޮމިޓީއެއް އުފައްދަން ފެނޭ.

    • ދިންޑިއާ

      ފަސް އަހަރު ނިމޭ އިރުވެސް ކަންކުރާ ކޮމިޓީ ހަދާ ނުނިމޭ. ކޮމިޓީ ހަދައިގެން ނޫނީ ކަމެއް ވާ ކަމަކަށް ނުވޭ 25 މިނިސްޓްރީ ހަދައިގެންވެސް. ޔާމީނު ވިއްޔާ ވެރިކަން ލިބުނީއްސުރެ ވޯޓުގެ ފަހުންވެސް ޕްރޮޖެކްޓްތައް ބާރު ސްޕިޑުގަ ކުރިޔަށް ގެންދަން މަސައްކަތް ކުރިތަން ފެނުނީ. އިޚްލާޞްތެރި މީހުން އެނގޭނެ މިހާރު.

  6. ފުވައްމުލަކު މީހާ

    ފުވައްމުލަކު މަގުތައް ނެހެދޭތީވެ މަގުތައް ހަދަން ކޮމެޓީއެއް ހައްދަވައިދެއްވާ.

  7. އިންސާފު

    ސާބަސް އަދި ދެތިން ކޮމެޓީ އުފައްދިނަ އަހަރެމެން އެމީހުންނައް މުސާރަ ދޭން ފައިސާ ގިނަވެގެން މިއުޅެނީ ދެން ޖީއެސްޓީވެސް ދެގުނަ ދައްކާނަން

  8. ޒަވިޔަނި

    ކޮމިޓީ ސަރުކާރުގަ ވުޒާރަތަކުގެ ބޭނުމެއްނެތް.

  9. ސޮންދާލި

    ކޮއްތު ކޮމެޓީ
    ކުކުޅު ކޮމެޓީ
    ހާތައް ބަލާ ކޮމެޓީ
    ފަރުތައް ބަލާ ކޮމެޓީ
    ވެރިކަން ކުރިއަރުވާ ކޮމެޓީ (ވކއ)
    ވެރިކަން ވައްޓާލާ ކޮމެޓީ (ވވކ)
    ވެރިންނަށް ވައްކަން ދަސްކޮށް ކޮމެޓީ (ވވދ)

  10. ނުރަބޯ

    ނޫނޭވާ މިއޮތީ ސަރުކާރެއް. ރައްޔިތަކަށް އަދި ކަމެއް ނުކޮށްދޭ، ކަމެއް ކޮށްދެވޭނީ އެ ކޮލިޓީ ހުރެގެންނު؟ ކުންފުންޏާ، ކަމިޝަނާ، ކޮމެޓީއާ ނުހެދިގެން ސޯލިޙު އުޅޭއިރު އަންނި މިއޮށް އިންޑިއާގައި ރާއްޖެ ގަންނާނެއްބާ ގަންނާނެއްބާއޭ ގޮވަމުން ޖީބުބޮޑު ހަރުވާޅެއްލައިގެން ދުވަނީ. ކިހާބޮޑު ރޯގާއެއްތޯ ގައުމަށް މިޖެހުނީ؟ ބަލަމިހިރަ ގަމާރު ސޯލިހޫ ޔުމްނާ މައުމޫނު އަދި ކޮމެޓީއެއް ހަދަން ސޯލިހު ގާތު އެދުނަސް “ނޫންނޫން ދެން އިތުރު ކޮމެޓީއެއް މިވަގުތު ހެދޭކަށްނެތޭ މިހާރުވެސް ކޮމެޓީތަކާހެދި ރައްޔިތުން ތިމަންނަ ބޮލަށް އަރަނިއްޔޭ “ ބުނަންވާނެނޫންހެއްޔެވެ؟ ތިޔަފަދަބޮޑު ޒިއްމާއަކާ ހަވާލުވެހުރިމީހަކު ބަޔަކު “އެޅިހާ ބަތަކަށް ރިހަ “ވެގެން ހުރެގެން ނުވާނެނޫން ހެއްޔެވެ؟