އިންޑިޔާ އިން ރާއްޖޭގައި ކުރިއަށް ގެންދާ "އަސްކަރީ" ކަންތައްތަކާ ބެހޭ ސާފު މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިޔާ (ރިޓަޔާޑް) އިބްރާހީމް ދީދީ، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙުމަދު ދީދީ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އަބްދުﷲ ޝާހިދަށް ގޮވާލައްވައިފިއެވެ.

އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު ދީދީ މިކަމަށް ގޮވާލައްވާފައިވަނީ ޓްވިޓަރ މެދުވެރިކުރައްވައެވެ.

ބްރިގޭޑިޔާ ދީދީ، އިންޑިޔާ އިން ރާއްޖޭގައި ކުރަން އުޅޭ ކަންކަން ބަޔާން ކޮށްފައިވާ ލިޔުމެއްގެ ލިންކާއެކު ޓްވީޓުގައި ވިދާޅުވީ މިނިސްޓަރުން، ހަމަހިމޭންވެ ތިބުން ހުއްޓަވާލެއްވުމަށްފަހު މިކަންކަން ރައްޔިތުންނަށް ސާފުކޮށްދެއްވަން ޖެހޭކަމުގައެވެ. އަދި ޤައުމުގެ އިސްތިގުލާލަށް ބުރޫ އަރާ، ސަރަޙައްދުގެ ނަޒާހަތްތެރިކަން ގެއްލޭނެފަދަ ކަމަކަށް ޖާގަ ދެވިގެން ނުވާނެކަމަށް ވިދާޅުވިއެވެ.

އޭނާ ޓްވީޓު ކުރައްވާފައިވާ "ދަ މޯލްޑިވްސް ރިޕޯޓް" ގެ ލިޔުމުގައި އިންޑިޔާ އިން ރާއްޖޭގައި ބަހައްޓަން މަސައްކަތް ކުރާ ރާޑަރ ސިސްޓަމް އާއި އެމެރިކާ އިން މި ސަރަޙައްދަށް އަތްގަދަކުރުމަށް މަސައްކަތް ކުރުމާ ބެހޭގޮތުން ލިޔެފައިވެއެވެ.

ލިޔުމުގައިވާ ގޮތުން އިންޑިޔާ އިން ރާއްޖޭގައި މިލިޓަރީ ބޭސްއެއް ގާއިމް ނުކޮށްދާނެކަމަށާއި އަދި އެޤައުމުގެ އަސްކަރީ ހެލިކޮޕްޓަރުތަކަށް ރާއްޖޭގައި މިނިވަންކަމާއެކު އުދުހެވި، އެޤައުމުގެ އަސްކަރީ މަނަވަރުތަކަށްވެސް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބޭނުން ގޮތަކަށް އުޅެވޭނަމަ އެކަމަށް ބޭނުމެއް ނެތްކަމުގައެވެ.

ހަމައެހެންމެ، ޕާކިސްތާނުން ރާއްޖެއަށް އެއަރ އެމްބިއުލާންސް އެއް ދޭން އުޅެނިކޮށް އެކަމަށް ސަރުކާރުން އިޖާބަ ނުދީ، އިންޑިޔާގެ ހެލިކޮޕްޓަރުތަކުގެ އެއްބަސްވުން އައު ކުރަން އުޅުމުން އެކަމަށް ސުވާލު އުފައްދާފައިވެއެވެ.

މީގެއިތުރުން، ޗީފް އޮފް ޑިފެންސް ފޯސް، މަޤާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ދެ ފަހަރަށް އިންޑިޔާ އަށް ދަތުރުކުރެއްވިކަމަށް ބުނެފައިވެއެވެ.

ލިޔުމުގައި އިތުރަށް ވަނީ، ވޯލްޑް ބޭންކާއި އައިއެމްއެފް މެދުވެރިކޮށް އެމެރިކާ އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން އުޅެނީ މި ސަރަޙައްދުގައި އަސްކަރީ ބާރުވެރިކަން އިތުރު ކުރުމަށްކަމަށެވެ. އަދި، އިންޑިޔާ ކަނޑުގެ ސަލާމަތާ ގުޅިފައިވަނީ އެމެރިކާގެ އިންޑޯ-ޕެސިފިކް ސްޓްރެޓެޖީކަމަށް މިނިސްޓަރު ޝާހިދު ދެކެވަޑައިގަންނަވާކަމަށްވެއެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާ އާއި އެކު އަސްކަރީ ގުޅުން ގެންދަވަނީ ވަރަށް ބޮޑަށް ބަދަހި ކުރައްވަމުންނެވެ. ދިވެހިރާއްޖޭގެ އަސްކަރީ ސިޔާސަތު އިންޑިއާ އިން ބޭނުންވާ ގޮތައް ކުރިއަށް ގެންދަން ދިވެހި ސަރުކާރުން އެއްބަސްވުމުން އިންޑިއާ އިން ވަނީ ރާއްޖެއަށް 21 ބިލިއަން ރުފިޔާގެ ލޯނެއް ވެސް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ބަނާނާ ރައިސް

  މިވަރުކޮއްލަން ނުކެރުނު 30އަހަރު ވެރިކަންކުރިމީހާއަށް.. މިވަރުކޮއްލަންނުކެރުނު މިގައުމުގަ ހުރިހާތަނެ ވިލާ އަޅާފަ ގެންގުޅޭމީހާއަށް މިވަރުކޮއްލަންނުކެރެނު ދީނާ ގައުމިއްޔަތު ބޮލުއަޅައިގެންއުޅޭ މީހުންނަ. ނަމުގަ ސޯލިހު ކިޔާމީހަކު ވެރިކަމަށް ގެނައުމަކީ ހުރިހާކަމެ ސޯލިހުވީކަމަށް އިލްމުވެރިންގެ ތާކިހާއަޅާފަތިބި މަދުބަޔަކު ބުންޏެކަމަކު ކަންތަވަނީ ސޯލިހުކޮށްނޫން. އެއްކޮޅުން ގައުމުނެތި އޮޔާދިޔައީ އަނެއްކޮޅުން ދީން އޮޔާނެތިދިޔައީ. ހޮޓްބާގަ ތިބީ ރައީސްއޮފީހުގެ ސޯލިހުގެ އަރިސްމީހުން. މިމީހުންނާއެކު އަދާލަތުގެ އަލީޒާހިރު ބޮޑީގާޑެހެން ހުންނަނީ. މަރުހަބާ ގާސިމާ މައުމޫނާ އިމްރާ އިލްޔާސާ އިޔާޒާ ޒައިދުއަށް. މަރުހަބަ މަރުހަބާ ރަތްދޫލައި މަރުހަބާ.

  1
  1
 2. Anonymous

  މިއީ ގައުމު ދެކެ ލޯބިވާ ދަރިން. މިބޭފުޅުން ގައުމުގެ ސަލާމަތީ ބާރުގައި މަސައްކަތްކުރީ ގައުމުގެ މިނިަވަންކަން ދިފާއުކުރުމަށް. މިއަދުވެސް އެގޮތުގައި ހުންނެވީތީ ޝުކުރިއްޔާ.

 3. ކަލޯ

  ތިމާއައްވެސް ރަގަޅައް އިންގޭނެ އެކުރަން ރާވާ އަދި ކުރަން އުޅޭކަންކަން. ތިޔައީ އޭގެތެރޭގައި ފިސާރި ރަގަޅައް ސާބިތުވެ ހުންނެވި ފަރާތެއްގެ ހައިސިއްޔަތުން މިރޭ ރ. ޓީވީ އައް އަރާ ނިކަން ރޭވިފައިވާގޮތް ރައްޔިތުންނައް ތިލަކޮއްލަދެއްވާ! ޕްރައިމަރީން ކެޓުމަކުންނެއް ނޫން ހިޚްލާސްތެރިކަން ނެރެންވާނީ!

 4. ހަމީދު

  މިރާއްޖެނެތަސް މިހާރުވެރިކަމުގައި ތިބިމީހުނަށް މަޤާމުތަކުގައި ތިބެވެނިކޮށްނުނީ. ކޮބާރައްޔިތުންގެ މަޖުލިސް. މާރިޔާއާ ޝާހިދުގެ ނޯކޮންފިޑެންސް ވޯޓަކަށް ދާންޖެހިއްޖެނުންތޯ؟

  3
  1
 5. މިގޭ

  ފެންމުން ތިލަވަމުން މިދަނީ ވިއްކާނިމިއްޖެ ދެން އަތެއް ނުވާނެ.

 6. ނޫރު

  ބޖރ.ދީދީ އަށް އޮޅުވާނުލެވޭނެ. ދީދީ ޤައުމުގެ ހައްގުގައި ތެދުވޭ.. ޕާޓީއަކަށްވުރެ މިނިވަންކަން މުހިންމުތާ. ފެންނަނީ އެމްޑީޕީންވެސް ވަކިވެ އަމިއްލަޔަށް ހުރެ.. މާރިޔާމެންގެ ކުޅިފަޑު ފަޅާއަރުވާލުން.

 7. ހިހި

  އެއީ ޖަޒީރާ ވަންތަކޮށް އަޅުވެތިވުން

 8. ގެރި މޯދީ

  ގެރި ފެންވަރުވަން 4 ލައްކަ ދިވެހި އަޅުން ލިބުނީމިއޮ؟

 9. އަބުދުﷲ

  އަލްހަމުދުﷲ ތިޔައީކޮންފަދަބިރުވެރިވާހަކައެއްތޯ
  ދީދީ އަޅުގަޑުދެކެން ސަހީދުއަލީމިސްކިތު
  މަރުހަދާންވާތީ އެހެންވީމަ ގައުމާ ދީނާންޓަކާ
  ތެދުބުނެވޭނެ

 10. ބެއްޔާ

  ރާއްޖެ ވިއްކާ އަވަދިވަނީ. ފިލާތިބިގެން އިންޑިޔާގެ އުނގަށްވެއްޓި ބޮޑެތި މަހުޖަނުންނަށް ވަނީ ދެމިނިސްޓަރުން. މުޅި ދިވެހި އުއްމަތުގެ ދުވަސްމިދަނީ

 11. ސެްސް

  އަައްނި އަޑީގައި ހުރެ ޗެކްމާރކް ރަޝީދަށް ކެމްޕެއިންކުރީ. ޑީޑީ އޮޔާ ދިޔައީ.
  އިންޑިޔާ މީހުން މިގައުމުން ބޭރުކުރަން އަހަރުމެން ނުވިސްނަސް.
  އަދި ޑީޑީ ތިހެން ތެޅިބޭލިޔަސް މޑޕ އަށްވާނެ ގެއްލުމެއްވެސް ނޯންނާނެ.

 12. އަޙްމަދު

  ޑީޑީ އަށްވެސް މިހާރު ރޭކާ ލާފިދޯ ސަރުކާރުން ކަމެއް ގޯސްކޮށް ކުރަން އުޅޭކަމަށް! ޕާޓީން ޓިކެޓުނުލިބުނީމާ ދެކޮޅުވަނީތޯ. އެބައި މީހުންގެ ޙަޤީގަތް ކުރިން ނޭނގެނީތޯ ނުވަތަ އެގުނަސް ނޭނގޭކަމަށް ހަދައިގެން ހުރީތޯ!

 13. ރައްޔިތެއް

  މަކަރުވެރި މޑޕ ގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރަން ހުރިހާ ދިވެހިން އެކައްޗެއް
  ކިޔައި އަތާއި އަތް ގުޅާލަން ޖެހެއެވެ

 14. ފައިޒް

  ބްރިގޭޑިއަރ ރިޓަޔަރޑް ޑީ ޑީ އަށް އައްސަރިބަހާއި ސާވަސް.. މަނިކްފާނު މި ޤައުމު ދެކެ ލޯބިވާ ދަރިއެއްކަން ސާބިތު ކޮށްދީފި...

 15. ނޫސްކިޔާމީހާ

  ދީދީ އަށް ސެލިއުޓްކުރަން. ޢިންޑޔާއިން ތިކުރަން އުޅޭ ކަންތަކުގެ ސީރިއަސް ކަށް ދީދީ ގެ ވިސްނުމަށް އައިސްފަވާކަށް ގަބޫލުކުރެވެ. ދީދީ ތިޔައީ ޤައުމުދެކެ ލޯބިވާ ދިވެހީން ފަޚްރުވެރިވުން ހައްޤު ބޭފުޅެއް.

 16. Anonymous

  ދިވެހިން ގެސިކުނޑި ގުޑުވާލާފަ ޗިޕްޖަހާލާފަ ދެތިން މޮޔައިން ލައްވާ ވައްކަންކުރުވާ ވޯޓުންކުރިވައްކަން ފޮރުވާގެން ތިބެ ރައްޔިތުންގެ ވެރިކަން ފޭރިގަނެ މިއަދުމިދަނީ ރާއްޖެވިއްކާލުމުގެ އެޕިސޯޑުތައް. ދެންއަތްޖަހާ
  ..ހަނދާންކުރަންޖެހޭ... ދިވެހިރައްޔިތުންތެރެއިން 90ހާސް ރައްޔިތުން މިގައުމުގެ ދިފާގަ ތެދުވާނެ .އަދިމިލޭގަ ދިރުންހުރިހާ ހިނދަކު ތިއާލާތުންނައް ހިންދެމިލާގެން ނުތިބެވޭނެ. އަދިމިފަސްގަނޑުން ޖާގައެއްނުދޭނަން. ތިޔަކެހިވެރިކަމުގެ ތެރެއަށް ވައްދާގައުމައް ލިބުނު ކިތަންމެ ކުޑަބޮޑު ގެއްލުމަކަށްވިޔަސް މާފެއްނުކުރާނަން.

 17. ހައްވަ

  މިތިބެނީ އިޚްލާސްތެރިންނަކީ.

 18. Anonymous

  - މިކަންނުކުރެވިގެން އިންޑިއާ އަދި މިކަމަށް ވާގިވެރިވާ އެމެރިކާ އަދި އިނގެރޭސިވިލާތް އުޅޭތާ ވަރަށް ޒަމާންވެއްޖެ. މީކިހާ ސީރިއަސް ކަމެއްކަން ބަލާލަން ބޭނުން ފުޅުވާ ބޭކަލުން "މޮރިޝަސް" "ސީޝެލްސް" ގެ އިކޮނޮމީ އަދި އަސްކަރީ އެހެނިހެން ބާރުތައް އިންޑިޔާގެ މުށުތެރެއަށް ލާފަ އޮތީ ކިހާވަރަކަށްކަން ބަލާލާ ދިރާސާ ކޮށްލުން ވަރަށް މުހިންމު. އެއިރުން ރާއްޖޭގައި އޮޕަރޭޓްކުރާ ހެލިކޮޕްޓަރ ވެސް ދިވެހިސިފައިންނަށް ދުއްވަންނުދެނީ ކީއްވެކަން އެނގޭނެ. ވެރިކަމުގައިތިބެން ބާރެއް ހޯދަން އުޅުނަސް މީކުރަން ހެއޮވާވަރު ކަމެއްނުން. ދިވެހިން ހޭއަރާ ތިބެންވެއްޖެ. އިންޑިއާއިން އަސްކަރީ ތަފާތު މަނަވަރާ މަތިންދާ ބޯޓާއި އެހެނިހެން ވަސީލަތްތައް ވެސް ދޭނެ އެކަމަކު އެމަނަވަރުގަވެސް އެމަތިންދާބޯޓްގަވެސް ކެޕްޓަން އަދި ޕައިލެޓުންނަށްތިބޭނީ އިންޑިޔާގެ އަސްކަރީ ކެޕްޓަނުން ދިވެހިން ތިބޭނީ އެސާފުކޮށް ބަލަހައްޓަން. ޢެމީހުން މިިޤއުމަށްމަށް ފައދާއަކަށް ކަމެއް ނުކުރާނެ. ބޭނުމަކަށްވާނީ އިންޑިޔާބޭނުންވާ މިޝަންތައް ހާސިލް ކުރުން. މީވަރަށް ވާހަކަ. ވަގުތު ފާއިތުވަނީ ހޭއަރާ ޤައުމު އަނދަވަޅަކަށް ނުވެއްޓެނިސް.

 19. ޙުސެން

  ތަމަޅައިން އެރި ދުވަސް އެންމެ ރަނގާޅަށް އެނގިވަޑައިގަންނަވާނެ އެއްބޭފުޅަކީ ޑީޑީ އެވެ. ބަނޑަށް ތިބި ފަންސާހަކަށް ތަމަޅައިން ދޮޅަހަކަށް ބަޑިހިފައިގެން އެރިދުވަހު ދިވެހި ސިފައިން އޫޅުނު ހާލާއި ރައްޔަތުން އުޅުނު ޙާލު އަޅުގަނޑު ވެސް ދުށީމެވެ. ދުނިޔޭގެ ބޮޑެތި ހުރިހާ ޤަވްމެއް ވެސް އުޅެނީ އެމީހުންގެ ޤަވްމީ މަޞްލަޙަތު ހިމާޔަތް ކުރުމަށް،އަބަދު ވެސް ތައްޔާރީ ޙަލަތުގައެވެ. ކުދި ޤަވްމުތަކުގައި ބޭސް ހަދައިގެން އެމީހުންގެ ގޮނޑުދޮށް ސަލާމަތް ކޮށްގެންނެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ރާއްޖޭގައި އޮތް އެއްމެ ބޮޑު އޮޑި ކަނޑު ފައްތާލީ އަޅުގަނޑުމެން ކޮން ކުށެއް ކޮށްގެން ތޯއެވެ؟ ބަދަލެއް ވެސް ލިބުނުތޯއެވެ؟ބަނޑަށް،އެތައްބަޔަކު މަރުވި އިރު މަރުވި މީހުންގެ ޢަދަދެއް ވެސް އެނގިފައި ނުވެއެވެ. ވީމާ އެންމެ ކާރީގައިވާ ބާރު ދޫކޮށް މާދުރުގައި އޮންނަ ބާރަކުން ރާއްޖެއަށް ޙިމާޔަތެއް ނުލިބޭނެއެވެ. ޒަމާން ތަކެއް ވަން ދެން ކިއުބާ ވެސް ރަޝިޔާގެ ރައްޓެހިކަމުގައި އެމެރިކާ އާއި ދެކޮޅަށް އުޅުނެވެ. ކުރެވުނީ ކޮން ކަމެއްތޯއެވެ؟ޤަވްމު ނިކަމެތިވީއެވެ. ފިޑެލް ކާސްޓްރޯގެ ވަރުގަދަ ރެޓަރިކް އަޅުގަނޑުމެން ހަނދާން އެބަހުއްޓެވެ. ވެނެޒިއުލާ އަކީ ތެޔޮ އުފައްދާ،ޤަވްމެކެވެ. އަތަނުގެ ޙާލަތު މިހާރު އެބައެނގޭނޫންތޯއެވެ؟

 20. އޮޅުންއަރާމީހާ

  ކޮއިފުޅާ ތިކަމާ ދެންނޫޅޭ! މިހާރު އެންމެން ހިމޭންވެނިމިއްޖެ. އެކަމު ސޭޓު އަންބޮނޑި ބޮޑުނުކުރެވިގެން ކުޑަކޮށް ނުކުކުރޭ ވާހަކައެއްނޫން މިބުނީ. މައުމޫނު ހިމޭން، ޢިމްރާން ހިމޭން. ސަރުކާރު އެއްކޮށްހިމޭން. ކޯޓުތައް ހިމޭން. ހުރިހާ މުއައްސަސާއެއް ހިމޭން. މިހާރު ނޫސް ހިމޭން. އަވަސް ނޫސް ހިމޭން. ހުރިހާ ޗެނަލްތަކެއް ހިމޭން. ޗެނަލް13 ކުޑަކޮށް ކުކުރެން އުޅޭ.... ދެން ވަގުތު ކުދިންކޮޅު ތިކަމާ ނޫޅެ ހިމޭންވާންވެއްޖެއެންނު

  2
  1
 21. ޗިއްލޫ

  ބުރިގޭޑިޔާ އިބަރާހިމްދީދީ މިދެންނެވި ކަންތައްތަކަކީ ދިވެހިރައްޔިތުން ކަންބޮޑުވާންޖެހޭ ކަމެއްގެވާހަކަ، މިކަމަށް ރައްޔިތުން އަޅާނުލާތިބެފިނަމަ މިގައުމުގެ މިއޮތް މިނިވަންކަން ގެއްލިހިގައިދާނެ! ނޫސްވެރިންވެސް މިކަންތައް ތަކުގެ މައުލޫމާތު ސާފުކުރަން އެބަޖެހޭ ސަރުކާރުން!

 22. އެލެކްސް

  ޖެނެރަލް ޑީޑީ އަށްނޭގިވާކަމެއްނޫނެއްނު ހަމަރަގަޅަށް ޕްލޭންކުރެވިގެން ހިންގަމުންދާ އަޅުވެތި ކުރުމުގެ މަސައްކަތެއްކަން ހަމަރަގަޅަށް އެގޭނެ. ޖެނެރަލް ޑީޑީގެ ހިމެންކަން ހާމަކުރުން މާއައުލާކަން ބޮޑުވާނެ ތައުބާވާން ޖެހޭ އިމުރާނުމެން ފަދަ މީހުންނާއި އެކުވެ ޑީޑީ ވެސް ހަލާކަށް ތައުބާވެލައްވާ. ރައްޔިތުންނަށް ހާމަކޮށްދެއްވާ ވަރަށް ސިއްރު ހުންނާނެ

 23. ހަސަންބެ

  ކަލޭ ނޭ ޤައުމު ވިއްކާލައިފި މާރިޔާ ދީދީ ގެ ބޮޑީގާޑުން ވެސް އިންޑިޔާ އިން ގެންނަނީ.