ކުރިއަށް އޮތަ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ކެމްޕެއިން މެނޭޖަރަކަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެންބަރު އަހްމަދު ޝާހިދު (ސާބެ) ހަމަޖައްސައިފިއެވެ. ސާބެ އަކީ ރައްޔިތުން މަޖިލީހުގެ މެންބަރު އީވާ އަބްދުﷲ ގެ ފިރިކަލުންނެވެ.

އަންނަ އެޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 86 ދާއިރާއަށް އެމްޑީޕީން ވާދަކުރުމަށް ވަނީ ނިންމާފައެވެ. ޕާޓީގެ ޕްރައިމަރީ ބާއްވާފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ދުވަހުއެވެ.

އެމްޑީޕީން ބުނީ ޕްރައިމަރީގައި ހޮވުނު ފަރާތްތަކަށް ޕާޓީގެ ފަރާތުން ޓެކްނިކަލް އެހީ ފޯރު ކޮށްދޭނެ ކަމަށާއި އެގެތޭރެގައި ޕާޓީން ކެޑިޑޭޓުންގެ ޕޯސްޓަރު ހެދުމާއި އެބޭފުޅުންގެ ކެމްޕޭނު ލޯންޗު ކުރުމުގެ ހަފްލާތަކުގައި ލީޑަރޝިޕްގެ އިސް ބޭފުޅުންވެސް ބައިވެރިވެ އެ ކެޑިޑޭޓުން ހޮވުމަށް ކުރާ މަސައްކަތުގައި އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

ޕްރައިމަރީން ޓިކެޓް ކަށަވަރު ކުރި ފަރާތްތަކަށް ޓިކެޓް ދިނުމަށް ޚާއްސަ ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން ވާދަނުކުރާ ހަމައެކަނި ދާއިރާއަކީ ފ.ނިލަންދޫ ދާއިރާއެވެ. އެއީ އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް އެއްވެސް ފަރާތަކުން ނަން ހުށަހަޅާފައިނުވާތީ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

މަޖިލިސް އިންތިހާބަށް ކުރިމަތިލުމަށް ރޭ އިލެކްޝަން ކޮމިޝަނުން ރަސްމީކޮށް ހުޅުވާލިއިރު މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ. އަންނަ އޭޕްރީލް މަހުގެ ބާއްވަން ނިންމައިފާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 264589 ކަމަށް އިލްކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 87 ދާއިރާ އަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަބީލާ

    މަކަރުހަދާނެ. ވޯޓް އޮޅުވައިލާނެ. ޔަޤީން

  2. އާތު

    މާވޯޓުލާން ނުދަނަން ފޫހީ ވެއްޖޭ

  3. އާތު

    ޔާގީން މަކަރު ހަދަނޭ