އިސްލާމް ދީނާއި ދިވެހި ޤައުމުގެ ހިމާޔަތުގައި، ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ވާން ޖެހުނު ކޮންމެ ޤުރުބާނީ އަދި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ތައްޔާރުކަމަށް، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަދި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

"އިސްލާމް ދީނާ ދިވެހި ޤައުމުގެ ހިމާޔަތުގަ، ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް، އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް، އިން ޝާ ﷲ އަޅާނަން." އިމްރާންގެ ޓްވީޓުގައި ވިދާޅުވިއެވެ.

އިމްރާން މިހެން ވިދާޅުވިއިރު، ފަހަކަށް އައިސް މީސް މީޑިޔާގެ އެކި ވަސީލަތްތަކުގައި، ފާޅުކަން ބޮޑު ގޮތެއްގައި ދީނާ ޚިލާފު ވާހަކަތައް ދެއްކުން ވަނީ އާއްމުވެގެން ގޮސްފައެވެ. ކުރިން ދީން ހިމާޔަތް ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގެވި އިމްރާން، މިކަންކަމާ ގުޅިގެން ފިޔަވަޅެއް އަޅަމުން ނުދާތީ، އެތައް ބައެއްގެ ފާޑު ކިޔުން އޭނާ އަށް އަމާޒުވެގެން ގޮސްފައިވެސްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ށަނާ

    ފޮނި ވާހަކަ ނުދައްކާ މަގާމްގެ ދިފާއުގަ ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރާނެ ތި ކަލޭގެ ދީނާގައުމުގެ ދިފާއުގަ އެއްކަމެއް ވެސް ނުކުރާނެ ކަން އަހަރެމެނަށް މިހާރު ޔަގީންވެއްޖެ

  2. އެދުރު 29 ޖެނުއަރީ

    ދެންކީވެބާ ފިޔަވަޅެއް ނޭޅިގެން މިއުޅެނީ މިހާވަރައް ދީނައް ފުރައްސާރަކުރާއިރުވެސް އެއްވެސް ކަމެއްނުކުރެވެނީކީވެބާ؟

  3. ފާއިޒް

    ނުކުރޭނެ ތިހިރީ މިނިސްޓަރުކަން ދިނީމަ މަވަރެއް ނެތިފަ ޤައުމު ވިކި ހަލާކުވެއްޖެ..އަޅުވެތި ވެއްޖެ ކެރޭނަމަ ނިކުމެބަލަ...

  4. ޜާއްޖެ އިސްލާމް

    ތިވަނީ އެ ޤުރްބާނީތޯ.

    ފާޅުގަ ﷲއަށާ އެކަލާންގެ ނަބިއްޔާއަށް ފުރައްސާރަ ކުރަމުންދާއިރު މަޤާމް ދިފާޢްކުރުމުގަ ތިހުންނެވީ ލާދީނީ އަދި ލާޤައުމިއްޔަތަށް ބައިއަތު ހިފައިގެންކަން މިޔަދު ތިޔަބައިމީހުން ނޫން އެންމެން ގަބޫލްކުރޭ.

    މިސަރުކާރުގެ ބޭނުމަކީ ތިބޭފުޅުންގެ ރުހުމުގަ ހުރިހާ ނުބައި ނުލަފާ ކަމެއް ކުރުން އިބޫއަށް އެނގޭ އެމީހުން ކޮންމެ ކަމެއްކުރިޔަސް މިފަހަރު ތިޔަބައިމީހުން ސަރުކާރާއެކުގަ ތިބޭނެކަން އެހެންކަމުން ސަރުކާރުން އެގެންދަނީ އެމީހުންގެ ޕްލޭން ވަރައްރަނގަޅަށް ތަންފީޒް ކުރަމުން.

    ތިޔަބައިމީހުންނާ ނުލާ މިފަހަރު ޤައުމާއި ދީން ހިމާޔަތް ކުރާނީ ރައްޔިތުން ތިޔަބައިމީހުން މަޤާމް ފާހަގަކޮއްގެން ތިބޭ ދައުރު ހަމަކުރެވޭތޯ

  5. Anonymous

    ބޭނުމީ މިނިސްޓަރުކަން.

  6. އޮޅުންއަރާމީހާ

    ސިޔާސީ މައިދާނުން ޓެރަރިޒަމް ޢަމަލުތަކަށް ބަދަލުވެގެން ދިޔަ ޢަރަބި އިސްލާމީ ގައުމުތަކުގައި އެމީހުންވެސް ދައްކާ ޒާތުގެ ވާހަކަ ތިއީ.

  7. އެލެކްސް

    ތިޔަ އިމުރާނަކީ ދީނީ މީހެއްނޫން އޭނާ އަކީ ސިޔާސީ މީހެއް. އަމިއްލަ ނަފުސަށްވިރެ ދުރެއް އޭނާއަކަށް ނުފެންނާނެ. މީނާ މީގެ ކުރިން އެކިއެކި މީހުންނަށް ގޮވީ ޓެރެރިސްޓުންނަށް މީނާ މިހާރުވަނީ އެޓެރަރިސްޓުންގެ ދަށުވެފައި. މީނާ އަކީ ޓެރެރިސްޓެއްކަން އެމްސީ ހަމީދުމެން ހެދި ރިޕޯޓްތަކުން ފެންނާން އެބަހުރި. އަމިއްލަ އެދުމުން ފޯވެފައިވާ މީހަކަށް ހިމާޔަތް ކުރެވޭނެ ދީނެއް ނޯންނާނެ.

  8. ހުސޭނުބޭ

    މީހަކަށް ދެން މުނާފިޤު ވެވޭނީ ތިވަރަށެވެ.

  9. Miadhu

    ސަރުކާރުކޯލިޝަންގެ ޚާއްސަކޮށް އެމްޑީޕީ މީހަކަށް ފިޔަވަޅުއަޅާކަށް ނުކެރޭނެ ގުރުބާނީއެއްވުމުގެ ހިއްވަރު ހުރިކަމަށްވާނީ މަގާމުން އިސްތިއުފާދޭންކެރުން

  10. ޖޮއްބެ

    ދެފުށްކެހެރި.

  11. ޖޮއްބެ

    އެމްޑީޕީ އިން އެދަނީ ދިވެހިރާއްޖެ އިންޑިއާގެ މުށުތެރެ އަށް ލަވަމުންކަން ނޭނގޭބާ؟ މިއިންޒަމާނެއްގައިވެސް މިގައުމުގެ މިނިވަންކަމަށް ނުރައްކައު ނުވާވަރަށް މިހާރު މިއޮތީ ނުރައްކައު ވެފައެވެ. އެއީ ހަމަ ޢިމްރާނު މެން އަމިއްލަ އެދުން ކުރިޔަށްނެރެ ރައީސް ޔާމީނާ ޖޭ ވެގެން އެމްޑީޕީގެ އަނިޔާވެރި ޓެރަރިސްޓް ކެރަފާ ނަޝީދު އާއި ބައިވެރިވުމުގެ ނަތީޖާއެވެ.

  12. ނުރަބޯ

    އިމްރާނުގެ ހިމޭންކަން ނިމުމަކަށް އަންނާނީ އެއްމެ ގޮތަކުން އެއީ އޭނާ ވަޒީރުކަމުން ބޭރުކޮށްލަން އުޅޭކަން އޭނާއަށް މުޢުތަބަރު ގޮތެއްގައި އެނގުން.

  13. ބާރީ

    ކަލޭގެ ކަހީނު ކަލޭގެ ހުރީ ނުކިޔަވާސޮރަށް ރަސޫލާގެ ދުއާދެއްވާފަ. ދެން ކޮން ދީނެއް ހިމާޔަތއކުރެވޭނީ

  14. ކަންނެލިއޮޑި

    ތިމާފޭހުނު އިލޮށިގަނޑު ތިމާގެ ލޮލަށް (ބަންދު ނުކަނޑާ ސަތޭކަ ހަމަވާން މިއޮތް ދުވަސް ކޮޅުވެސް ތިބާ ކެނޑި ކަޑުލުގެ ހިތި ތިބާއާއި ތިބާގެ ބާއިވެރިން ފިލުވޭތޯ މަސައްކަތް ކުރުން މޮޅު އިތުރު ވެގެންވަނީ

  15. ޢަސޭލާ،

    މައިކާލޯ އައުކޭމީހަށް.....

  16. އަބުދުﷲ

    އިމުރާނު ގައި ގާސިމުގައިގަ މައުމޫނުގައިގަ
    ލާދީނީކަށިޖަހާނީ އެންމެހަރަކުނޫ

  17. ދދދދދ

    ކަލެއަށް ކުރެވޭނެ ހުރިހާ ކަމެއް ކުރެވި ހަމަވެފަ ތިހިރީ. ދެން ހުރޭ އާދެ މަ ސާހިބު ވެފަ.

  18. ޓަސްޅޮ

    މގާމް ލިބުނީމާ ނުވާނެ ތިކަމެއް ތިޔަބުނާ ބޮޑުމުޒާހަރާގައި ތި އިމްރާން ދޯ ބުނީ އަފުރާސީމް މަރާލީ މީހުން އެގެއޭ މިޔޮތީ އޭލިޔުންތައް..ދެންކީއްވެ ތިހުންނަނީ . މިހާރު ކޮބާ އެދުވަހު ދެއްކިލިޔުންތައް

  19. ޢަބުދުލް ވާހިދު

    ތިޔަހެން ތިޔަކަން ކުރަން ކެރޭނެބާ މާށަކަށް ހީޔެއްނުވެ.

  20. އަބުދުލް ވާހިދު

    މަގާމުން އިސްތިއުފާ ދިނުމަކީ ހައްލެއް ނޫން މަގާމުގާހުރެގެނ ކަންކުރެވޭނީ

  21. ޒަމާން

    ބާރު އޮތް އިރު ފިޔަވަޅެއް ނާޅާހުރެ ފޮނިވާހަކަ ދެއްކިޔަސް ނުވާނެ. ޓްވީޓް ތަކުގަވެސް ހުރީ އަންހެނުން ގެއިން ނެރޭވާހަކަ. އެއީ ދީން ހިމަޔަތް ކުރުންތޯ؟