ކޮމަންވެލްތާ އަލުން ގުޅުމުގެ ކުރިން ރާއްޖޭގެ ހާލަތު ދެނެގަތުމަށް އެ ޖަމާއަތުގެ ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ.

ކޮމަންވެލްތުން މިއަދު ރާއްޖެ އައި ވަފްދާ ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މުހައްމަދު ވަނީ ބައްދަލުކުރައްވައި މަރުހަބާ ދަަންނަވާފައެވެ. ކޮމަންވެލްތުގެ ފަރާތުން ވަފުދުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަ ވަނީ, ހެޑް އޮފް އޭޝިޔާ ޕެސިފިކް އަދި އެޑްވައިޒަރު އެލްބާޓް މެރިނާއެވެ.

އެ ބައްދަލުވުމާއި ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މުހައްމަދު ވަނީ، ރާއްޖެ ކޮމަންވެލްތްގެ މެންބަރެއްގެ ގޮތުގައި އޮތްއިރު، ރާއްޖެއަށް އެކި ދާއިރާތަކުން ގިނަ ގުނަ ފައިދާތަކެއް ކުރި ކަމަށެވެ. އެގޮތުން އިންސާނީ ހައްގުތަކާއި މޫސަމަށް އަންނަ ބަދަލު، ޑިމޮކްރަސީ އަދި ދެމެހެއްޓެނިވި ތަރައްގީ ފަދަ ދާއިރާތަކުން ބައިނަލްއަގުވާމީ މައިދާނުގައި ކުރި ބޮޑެތި މަޝްވަރާތަކުގައި ރާއްޖޭގެ ހިއްސާ އޮތްކަމަށް ވިދާޅުވިއެވެ.

ރާއްޖެ ކޮމަންވެލްތުން ވަކިވީ ރައީސް ޔާމީން އަބްދުލް ގައްޔާމްގެ ވެރިކަމުގައެވެ. އަދި ކޮމަންވެލްތުން ވަކިވީ، ރާއްޖޭގެ ދާހިލީ ކަންތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެއެވެ.

ކޮމަންވެލްތާ އަލުން ގުޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމާ އެކަމަށް އެދި ވަނީ ހުށަހަޅާފައެވެ. އަދި އެކަމަށް ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލަންޑް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

އެ ވަފުދުގެ މި ދަތުރުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ އިތުރުން މިނިސްޓަރުންނާއި މިނިވަން މުއައްސަސާތަކާއި، ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާ ބައްދަލުކުރާނެއެވެ.