ތައުލީމާއި މަސައްކަތް އުގަންނައިދޭ ކުޑަކުދިންގެ މަރުކަޒުގެ ވަޒީފާގައި ތިބި 24 މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފިއެވެ.

މިހާރު ޖެންޑާ މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ މަރުކަޒަށް ޖެންޑާ މިނިސްޓްރީން މިއަދު ފޮނުވި މެމޯއެއްގައި ވިދާޅުވެފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ރިޕޯޓެއްގައި ފާހަގަ ކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް މިހާރު އެމަރުކަޒުގައި ތިބި ހުރިހާ ކުދިން އެހެން ތަންތަނަށް ބަދަލު ކޮށްފައިވާ ކަމަށާއި އެހެން ކަމުން މިހާރު މަރުކަޒުގެ މުވައްޒަފުންގެ ގޮތުގައި ތިބި މީހުން ކުރާނެ މަސައްކަތެއް ނެތް ކަމަށެވެ.

އެމުވައްޒަފުން ކުރާނެ މަސައްކަތެއް ޖެންޑާ މިނިސްޓްރީގައި ނެތުމުން އެހެން ވަޒީފާތަކަށް އެމީހުން ބަދަލު ކުރެވެން ނެތް ކަމަށާއި 24 މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނިންމީ އެހެންވެގެން ކަމަށް ޖެންޑާ މިނިސްޓްރީގެ މެމޯގައި ވެއެވެ.

ވަޒީފާ އިން ވަކިކުރި މުވައްޒަފުންނަށް ސިވިލް ސާވިސް ކޮމިޝަންގެ ގަވައިދުގެ ދަށުން ލިބެން ޖެހޭ އިނާޔަތްތައް ލިބޭނެ ކަމަށް ވެސް މެމޯގައި ވެއެވެ.

ތައުލީމާއި މަސައްކަތް އުގަންނައިދޭ ކުޑަކުދިންގެ މަރުކަޒުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ގިނަ އަދަދެއްގެ މުވައްޒަފުން ކުއްލި ގޮތަކަށް ވަޒީފާ އިން ވަކިކުރުމަކީ ހެޔޮލަފާ ސަރުކާރަކުން ކުރާނެ ކަމެއް ނޫން ކަމަށާއި މިއީ އެތައް އާއިލާއަކަށް ދިން ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.

މުވައްޒަފުން ވަޒީފާ އިން ވަކިކުރުމުގެ ކުރިން އެމުވައްޒަފުން އެއްވެސް ތަނަކަށް ބަދަލު ކުރުމަށް ސިވިލް ސާވިސްގެ ގަވައިދުގެ ދަށުން އެއްވެސް މަސައްކަތެއް ޖެންޑާ މިނިސްޓްރީން ކޮށްފައި ނުވާކަމަށް ވެސް ވަޒީފާ އިން ވަކިކުރި މުވައްޒަފުން ބުނެއެވެ.

އެޗްއާރްސީއެމް އިން ނެރުނު ރިޕޯޓެއްގައި މަރުކަޒު ހުސްކުރަން ލަފާދިނީ 2015 ވަނަ އަހަރު އެވެ. އެއެންގުމާއި އެއްގޮތައް 2016 ވަނަ އަހަރު މަރުކަޒު ހުސްކުރިއެވެ. ނަމަވެސް އޭގެ ފަހުން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް މަރުކަޒުގެ ހިންގުން ބަދަލު ވުމުން 18 އަހަރު ނުފުރޭ ކުދިންތަކެއް މަރުކަޒަށް ގެންގޮސް މަރުކަޒުގައި އެކުދިން ބަލަހައްޓަމުން ގެންދިޔައެވެ. އެކުދިން މަރުކަޒުން އެހެން ތަނަކަށް ބަދަލު ކުރީ މަރުކަޒުގެ ފާހާނާ ނިޒާމަށް މައްސަލަތަކެއް ދިމާވުމުންނެވެ.

ވަޒީފާ އިން ވަކިކުރި މީހުންގެ ތެރޭގައި ހެލްތު ވޯކަރުންނާއި، ޓީޗަރުން ވެސް ހިމެނެއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މުވައްޒަފަކު ބުނީ ދައުލަތުގެ އެތައް މުދަލެއް ހުރި މަރުކަޒެއްގެ ހުރިހާ މުވައްޒަފުން ވަޒީފާ އިން ވަކިކުރި އިރު އެތަނުގެ ސެކިއުރިޓީ ބަލަހައްޓާނެ މީހަކު ވެސް ދެން ނުހުންނާނެ ކަމަށެވެ.

"އެތައް ބައިވަރު މުދަލެއް މިތަނުގައި އެބަހުރި. ބޭރުގެ އެތައް ފަރާތަކުން ދީފައިވާ އެތައް އެހީއެއް ވެސް އެބަހުރި. ނަމަވެސް ދެން އެތަކެތި ބަލަހައްޓާނެ މީހަކު ވެސް ނުހުންނާނެ." މައުލޫމާތު ދިން މީހާ ބުންޏެވެ.

މުވައްޒަފުން ވަޒީފާ އިން ވަކިކުރި މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ ބަހެއް އަދި ނުލިބެއެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ އެއްވެސް މުވައްޒަފަކާއި މެދު އިހާނެތި ގޮތަކަށް ކަންތައް ނުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ނަމަވެސް ސަރުކާރުގެ ކުންފުނިތަކުންނާއި އިދާރާތަކުން މުވައްޒަފުން ވަކިކުރުމާއި، ސަސްޕެންޑް ކުރުމާއި ވަޒީފާ އަދާކުރާ ތަން ބަދަލު ކުރުން ވަނީ އާއްމު ކަމަކަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

51 ކޮމެންޓް

  1. ގޮރުނު ދޯރު

    ރާކަނިމަސް ކެވެމުން ކެވެމުން ދާނީ..

  2. ކިނބޫ

    ކޮބާ އޯގާތެރި ސަރުކާރު ދޯމީ

  3. އިބުރާ

    ނަމޫނާ އޯގާތެރިކަން. އެ 24 މީހުންނަކީ ކިތައް އާއިލާބަލަހައްޓާ މީހުން ކަންވެސް މިސަރުކާރުން ބަލާކަށް ބޭނުމެއް ނުވާނެ. ޢަދިވެސް 15 ވަރަކަށް ނައިބުން ލާންވީ ތޯއްޗެ. ސަރުކާރުގެ އެހެން މަޤާމުތަކަށްވެސް މިމީހުން ލެވޭނެއެއްނު. ބަލަ ސަރުކާރު ހިންގަން ނޭންގެންނާ ހަޑި ނުހާވަ އެހެން ބަޔަކާ ހވާލުކޮށްބަލަ. މި 24 މީހުންގެ އާއިލާ ތަކުން މަޖުލިސް އިންތިޚާބުގައި ވިސްނާފަ ވޯޓް ދޭތި. ޚަރަދު ކުޑަކުރުން މެކުހަށް.

  4. މާމިގިލީ މީހާ

    އެކަމު މީ ސޯލިހުގެ ސޯލިހު ސަރުކާރު.

  5. ބާރު

    ޖެންޑަމިނިސްޓްރީގަ ވަޒީފާ ނެތީމަ މި ސަރުކާރުގަ ވަޒީފާ ދޭނެ އެހެން މިނިސްޓްރީ އެއް ނެތީތަ. ޜާއްޖެތެރޭ ބަޔަކަށްވާތީ އަޑުމަޑުވާނެ ކަމަށް އެހެން އެ ހަދާލީ.

  6. ނިކަމެތި މީހާ

    އަންނި ސަރުކާރުވެސް ފެއިލްވި ގޮތަށް މިސަރުކާރުވެސް ފެއިލްވާތަން މިފެންނަނީ. އަންނިވެސް ރައީސް ކަމާއި ހަވާލްވެފަ ފުރަތަމަވެސް ކުރިކަމަކީ ނިކަމެތި ސިވިލްސާވަންޓުން ވަޒީފާއިން ވަކި ކޮށްފަ މުސާރަ ކޮޅު ކުޑަ ކޮއްލީ.އިބޫވެސް ކަންތައް މިކުރަނީ ހަމަ އެގޮތަށް. މިނިސްޓަރުކަމާއި ވެރިކަމާއި ލިބުނީމަ ނޭގުންދޯ މި ކުޅެލެވުނީ ނިކަމެތި ކިތައް އާއިލާއާއި ކަމެއް. އެ ސައުވީސް މީހުންގެ ވޯޓުން ތޯއްޗެ މީނަ ހޮވިފަވެސް މިހުރީ.ސިވިލްސާވިސް ވަޒީފާގައި މިހާރު ނޯވޭ އެއްވެސް ޖޮބް ގެރެންޓީއެއް. މައުމޫން ސަރުކާރު އޮތް އިރު ސިވިލްސާވިސް ވަޒީފާ އަކީ ވަރަށް ގެރެންޓީ އެއްޗެއް. އެމީހަކު ބޮޑު ކުށެއް ނުކުރާހާހިދަކު ވަޒީފާއިން ވަކި ކުރުމެއް ނޯވޭ.
    މިކަން ހަރުކަށި އިބާރާތުން ކުއްވެރިކުރަން. ތަންތަނަށް ތަންދޮރު ނުދަންނަ މީހުން ލީމަވާގޮތް މިއީ.
    ދެން ބުނެވޭނީ މިސަރުކާރު އިސްތިއުފާދޭށޭ. ކުރިތާައީދު އަބުރާ ގެންގޮސްފީމެވެ.

  7. މަ

    ވަރަށް އޯގާތެރި ސަރުކާރެއް. ހަމަ ވައުދާ އެއްގޮތަށް ހުރިހާ ކަމެއް އެކުރަނީ

  8. ވަޢުދު

    ހެޔޮކޮން ވިއްޔާ މިކަންވެސްވާނީ ވަޢުދަކަށް.

  9. އެލެކްސް

    100 ދުވަހުގެ ވައުދެއް

  10. އިންޑިއާގެ އަޅުވެތިކަމުގަ

    ދިވެހިން ބިކަކުރުން އިންޑިއާއަށް މަގުފަހިކޮށްދޭ ސަރުކާރެއް ހުރިހާދިވެހިން އެކަތިގަނޑަކައްވެ މަޖިލިސް ޕީއެންސީ އަށް މެޖޯރިޓީ ދެމާހިނގާ ހުރިހާ ދިވެހިން އެކައްޗައްކަށް ވަމާހިނގާ

  11. ހާނު

    24 މީހުންނޭ ނުކިޔަބަލަ ސިދާތާ! ކަނބުލޮ ތި ހާލުގަ ޖައްސަން ތިއުޅެނީ 24 އާއިލާ އިގޭތޯ!

  12. ޑޮން

    ތިކަންތައް އެއްގޮތަކަށްވެސް ނުފެތެ މުއައްޒަފުންނާ ދޭތެރޭގަ އިހާނެތިކޮށް ކުރިކަމަކަށް. ތީހަމަ ރަޢީސް ސާލިޙްގެ އޯޤާތެރިކަން. ބަލަގަ ތިޔަސަރުކާރަށް މިވަގުތު މާމުހިމުވާނެ ނައިބުން ކޮޅެއް. ބޮޑު މުސާރަދީފަ ބައިތިއްބަން.

  13. މީނާ

    ތިބައި މީހުން ހޮވި މީހުނަށް ދޯ ހުރިހާ ލަނޑެއް އަހަރެމެނ ހައިރާނެއަ ނުވޭ

  14. ހާނު

    ކެމްޕޭން ތެރޭގަބުނެފަ އޮތީ ހޮވިއްޖިއްޔާ އެތަން ރޫޅާލާނެވާހަކަ. ޢެއީ ކެމްޕޭން ވަޢުދެއް.

  15. އިންސާފު

    ގައިމު މާފުށީ ކައުންސިލުން ކިތެއްމެ ފަހަރަކު މުވައްޒަފުން ބޭނުންވެގެން އުޅުނު. އެމީހުންތައް އެތަނައް މިތަނައް ބަހާލިނަމަ.

  16. ހެހެ

    ދެން އަންނި އެއްޗެއްބުނާއިރައް އަތްޖަހާ

  17. ޢަބެޖާން

    ތިކަމާހަމަ ކަލޭމެން އަތްޖަހަންވި. މިހާރު ކަލޭމެންނަށް ކަމެއް ހީވޭދޯ. ޔާމީން ސަރުކާރުން އެއޮތް ރަނގަޅަށް ކަންތައްތައް ކޮށްދީ ނުކުޅެދޭ މީހުންނަށްވެސް ވަޒީފާދީ ކަންތައް ކުރަީމަވެސް ޔާމީންނަށް ކެހިދިން މީހުންނަކަށް ރަނގަޅުގޮތެއް ނުވާނެ. ދެން ތިބެ އަތްޖަހަން.

  18. ބޯހަލާކު

    100 ތެރެގައި މިސަރުކާރުން ކުރަންނިންމި ކަންތަކުގެ ތެރޭގައި ތިކަންވެސް ހިމެނޭ..

  19. ހަހާ

    ހުރިހާ ރައްޔިތުން ގުއި ރޯނުގައި ޖައްސާފަ ވެރިކަން ދަމައިގަތީ.ހަހަހަހަ

  20. ހައްހައްހާ

    ޖަޒީރާވަންތަ ސަރުކާރުން ބަހާއި އަމަލް ދިމާނުވުމަކީ މައްސަލައެއްނޫން

  21. އއސ

    އަނެއް ދިވެހިރާއްޖެ ހެހެހެ ރާކަނި މަސްކެވިއްޖެއްނު... ދެން އާދިލް ސަލީމް ހޮވަމާ ...

  22. އައްޕަޗި ވަޒީރު

    އިބްތިހާލުގެ މަރުގެ އެއް ބައިވެރިޔާ އަނގަ އައްޕައްޗެއްހެން ހަދައިގެން އަދިވެސް އަނގަ އަރުވާތި.

  23. ވަޒިފާގަ އުޅުނު މީހާަ

    ސިދާތާ އައް އެނގޭނީ އަނގަ ފުޅާކުރަން .... އޭނަޔައް ނޭގޭނެ ތިޔަ މިނިސް ޓްރީ ހިންގާކައް މިޙަރުވެސް އަތައް ގޮވަމުން އެދަނީ މީ ފެއިލް ވެފައި ވާ ސަރުކާރެއް
    ރައްޔިތުން ނައް އޯގާތެރި ޔޯ ހަމަ ހިނި އަން ނަނީ .... މަތި ބަރު ސަރުކާރު މިތާގެ ހާލަތުވެސް ބަލާނުލާ އެންމެ ކުޑަމިނުން ތަން ޒިޔާރަތް ވެސް ކޮށް ނުލާ އެތައް ބައެއް އެއް ފަހަރާ ކަނޑަލީ ... ލެވެން ހުރި ތަންތަން އެބަހުރި ގަސްތުގަ ހާލިގޮތެއް .... ލާހިކެއް ނޫން އެއްމެ ވޯޓެއްވެސް ހަރާމް މި 24 މީހުން ގެ އާއިލާއިން ....

  24. އައްޔު

    ރައްޔިތުންނޭ ވަޒީފާގެ އެއްވެސް ބިރުވެރިކަމެއްނެތި އެއްކޮށް ފިލައިގެން ދިޔުމުން ވަރަށް އުފާކުރަން އޯގާތެރި ވެރިކަމެއް އޯގާތެރި ވެރިކަމެއް ވަޒީފާގެ ބިރުވެރިކަން ނައްތާލުމުގެ ވައުދު ފުއްދިއްޖެ ޝުކުރިއްޔާ ރައީސް ސާލިހް

  25. ހޯބޯލަވާ

    މިއޮތީ ސޯލިހުގެ 100 ދޮގަށް އިތުރުކުރި 24 ދޮގު މިއީ އެއްވެސް މީހަކަށް އިހާނެތި ކޮށް ނުހިތާނެކަމަށް ބުނެ ދޮގު ހެދި ސަރުކާރެއް ހަމަ މިހާރު އިސްތިއުފާދީފަ ރައީސް ޔާމީނާއި ވެރިކަން ހަވާލުކުރޭ !!

  26. Anonymous

    ކީހާޅެން ފަރިއްސައް

  27. ދޮންކަލޯ

    މިހާރު ހުންނާނީ ރާކަނިމަސް ކެވިފަ. ވޯޓްލެވުނު މޮޔަ ހިތައްއަރާނެ.

    • ????

      ތިހުރިހާ މީހުންވެސް ވޯޓް ދިނީ މިސަރުކާރަށް ބަދަލަކަށް އެދި ހެޔޮގޮތް ހޯދުމަށް އެކަމު ވޯޓް ދިން މީހުން އުފަލުން ނަށަނީ ވޯޓްލީމީހާ ރޮއެރޮއެ މަރުވަނީ ވަޘީފާ ގެއްލުމުން

  28. ރަސީދު

    ތިއޮތީ 100 ދުވަހުގެ ވައުދެއް ފުއްދާފަ އަވަހައް ގޮސް ބޯޅައް އެއްލާފަ ފޮޓެއް ނެގޭތޯ ބަލާ

  29. ޒާ

    ކިޔާނެ ކަމެއްނެތް ހިންގުންތެރިކަމެއް، ހިންގާނެ ގޮތެއްވެސް ނެތް ނާގާބިލް ސަރުކާރެއް ދިވެހި ރައްޔިތުން މިނޫނީ ދުވަހަކުވެސް ގެނޭކަމެއް ތާރީޚްގައިވެސް އެނގެން ނެތް. މުވައްޒަފަކަށް ދެރަގޮތެއް ނުހަދާނެކަމަށް ވަޢުދުވަމުން އިބޫ ވެރިކަމަށް އައީވެސް. އެކަމަކު މިއަށްވުރެން އަނިޔާވެރި ވެރިކަމެއްކޮބައިތޯ؟ ރައްޔިތުން ކޮން ބޭނުމަކު ހޯދި ވެރިކަމެއްތޯމިއީ؟ ޔާމީނުގެ ވެރިކަމުގައި ގެންނަމުން ގެންދިޔަ ތަރައްގީ މިއަދު ކޮބައިތޯ؟

  30. ރާކަނި

    އަން ކިޔާ ވަރަށް ކިބުރުވެރި މިނިސްޓަރެއް މާތްކަލާކޯ. އަދި ތިއީ ކުޑަވަރެއް.

  31. އައިސާ

    އާ. ހުރިހާ މުވައްޒަފުންކޮޅު ވަކިކޮށްފަ އަލުން 24 ސްޓޭޓް މިނިސްޓްރުންލާ. އޭރުން ހުރިހާ ކަމެއް ފުރިހަމަ ވީ.

  32. ލަބީބު

    ތިޔަ ވަކިކުރި މީހުންވެސްވާނީ މޮޅުވެލަންކަމަށް ރައީސް ޔާމީންއަށް ދޯކަދިންމީހުންކަމަށް! އެހެންވީމަ ކެހިކަނޑުލުގެ ހިތި އެ ފިލުވެނީ! ޞިއްޙީމަރުކަޒްތަކާ ހޮސްޕިޓަލްތަކަށް ޔާމީންެސަރުކާރުން ފޮނުވާފަހުރި އަގުބޮޑު މެޝިންސްތަކާ ލްބޯޓަރީ އައިސްއަލަމާރިތައްވެސް ހޭބޯނާރާ އެތިބަ ގެންދަނީ! ހޮސްޕިޓަލްތަކުގައި މެޑިކަލް ހަދާލެވޭކަށްވެސް މިހާރަކު ނެތް! ދިވެހިން ބޯންއުޅުނުބޮނޑި މި ބޮވެނީ!

  33. އަލިބެ

    ތިތާ ކުރާނެ މަސައްކަތެއް ނެތިއްޔާ ރަށްރަށުގެ ޤަބުރުސްތާނުތަކާއި ބަނދަރުތަކާއި ކުނިކޮށިތައް ބަލަހައްޓަން ހަމަޖައްސަންވީނޫންތޯއެވެ. އެތަންތަން އެހުންނަނީ ބަލަހައްޓާނެ މީހަކު ނެތި ވާވެފައެވެ.

  34. ސިދާތާ

    ތިކަނޑާލި 24 އާއިލާގެމީހުންގެ ކައިރިއަށް ވޯޓު ހޯދަން އަންނަން ޖެހޭނެކަން ހަނދާން ކުރާތި.

  35. މެކް

    މިނިސް ޓްރީން ތޮޔައެޅުއްވީ ވަރައްވެސް ރަގަޅު ފިޔަވަޅެއް އެތަނުގެ މުވައްޒަފުން އެއްވެސް ކަމެއްނޮކޮށް މުސާރައާއި އިތުރުގަޑިނަގާގެން ކުރާކަމަކީ ކުރުގިކަށް ބުނާނަމަ މަޖާކުރުން މިގޮތަށް މިކަން ހިގާތާ ކިތަށްމެ އަހަރެއް އެތަން ބަންދުކުރާކަން އެގި ބައެއް މުވައްޒަފުން ބައެއް އިދާރާތަކަށް ބަދަލުވި އިރު އަނެއްބައި މުވައްޒަފުން ގޮތްދޫނޮކޮށް ބައެއްގެ ނުފޫޒް ބޭނުން ކޮށްގެން އެތިބެނީ މަސައްކަތް ކޮށްގެން ހަލާލާލުގޮތުގައި ރިޒްޤް ހޯދުމަކީ ދެދުނިޔޭގައިވެސް ކާމިޔާބު ލިބޭނޭކަމެއް

  36. ޔަހޫދު

    ހުންނާނީ އެއްޗެއް ވިސްނިފަ. މަ ކިތައްފަހަރު ވިސްނައި ދިނިން އެކުދިންނަށް ވޯޓު ލުމަށް. ޢެންމެން ގޮސް އިބޫ އަށް ވޯޓު ލާފަ އައިސް. ރީތި ވެއްޖެ އެއްނު. ސޮރީ.

  37. އަހުމަދު

    ސިދާތާ މާބޮޑަށް އަނަގަފުޅާނުކުރާތި! އަަދިވެސް އިބްތިހާލުގެ މައްސަލަވެސް ނުނިމޭ. އެކަމުގަ ކަލޭގެ އިހުމާވެސް އެބަހުރި. ތިވަރުމީހުން ކިހިނެއް މިނިސްޓަރުކަންކުރާނީ.

  38. ނި

    ލަޔާލްމަނިކު ބުނިހެން މިކަމެއް ކުރަން ނޭނގިގެން އެއުލެނި

  39. ފޯއްބެ

    ދެން އުފައްދާނީ ވަޒީފާއިން ވަކިކުރާ ކޮމިޓީ... ކޮމިޓީ ސަރުކާރު..

  40. ނާބެ

    ކުރާނެ ކަމެއްނެތިގެން ވަކިކުރަންޏާ ސިދާތާ ބަހައްޓާފަ އެހެރީ ކީއްކުރަން؟ އޭނަ ކުރާކަމެއް ނުވަތަ ކުރެވުނު ކަމެއް ބުނެލަދީބަލަ

  41. ރުކު

    ތީ ސްޓޭޓް މިނިސްޓްރީއާއި ޑެޕިއުޓީ މިނިސްޓަރުންނަށް މުސާރަދޭން

  42. މިގޭ

    ވައުދު ފުއްދުމުގެ މަސައްކަތް އެބަރަނގަޅުވޭ. ސާބަހޭ ކުރިޔަށް

  43. ލަބީބު

    ޅ. ފެލިވަރު މަސްކާރުޚާނާގައި އަންނިގެޒަމާނުގައި ޕްރޮވިންެސޭކިޔާ ތަނެއްހަދާ ގާތްމީހުންތައްލައިގެން ނާޗަރަންގީކކުލެންތިއްބެވެ. އެކި ކަންކޮޅުތަކުގައި މީގެ ނާޗަރަންގީކުޅޭ ޕްރޮވިންސްތައްހަދާ ގާތްމީހުންތަކަށް މަސައްކަތެއްނނެތް މަޤާމުތައް ދީ ސަރުކާރުގެ މާލިއްޔާ ތަޅާ ބުރުއްސިއެވެ. ޔާމީންގެ ސަރުކާރުން ޕްރޮވިންސްތައް އުވާލާ އެތަންތަނަށް އަންނި ލާފަތިބި އެކަކުވެސް ވަކިނުކޮށް އެހެން ކޮންމެވެސް އޮފީހަކުން އެ އެންމެނަށް މަޤާމެއްދީ ވަޒީފާ ދެމެހެއްޓިއެވެ. ޔާމީން ދިން މަޤާމުތަކުގަ ތިބެގެންވެސް ސަރުކާރަށްކުރީ ފާޅުގައި ޖެއްސުމެވެ. އެހެނަސް އެކަކުވެސް ވަކިކުރިތަނެއް ނުފެނުނެވެ.

  44. ލޮލް

    މިނިކާ ދައިތަ ދޯ

  45. ޢަމިިނަ

    ޢަދިވެސް ސްޓޭޓް މިނިސްތަރުނު އެ ތަނަށް މަދީ

  46. ހާނު

    ސިދާތާގެ ބޭނުން އެބަފުދޭ، އޭނަގެ ބޭނުމަކީ އެމްޑީޕީ އަށް މަޖްލިސް ކާމިޔާބުވިޔަ ނުދިނުން. ޢެހެންވެ މި ދަނޑިވަޅުގަ އި އަވަސް އަރުވާލާފަ ކުރިކަމެއް.

  47. ކަޅުބެ

    ކުރާނެ އެއްކަމެއްނެތަސް ބޮޑެތި މުސާރަދީފަ ގޭގަ ތިބެންދޫކޮށްފަ ބޭތިއްބީމަ އޯގާތެރި ސަރުކާރަކަށްވާނެ އެތާފައިތިބި މުދަލާއިމެދު ކަނޑާލި މީހުން ވިސްނާކަށް ނުޖެހޭނެ އެކަން ސަރުކާރުން ކުރާނެ ބޭކާރު މީހުން ތަންތާގަ ނާޗަރަންގީކުޅެން ބޭތިއްބުމަށް ވުރެން ބޭނުންހިފޭމީހުންގެ މުހިންމުކަން ބޮޑު

  48. ނުރަބޯ

    ޖެންޑާމިނިސްޓްރީން ބަލަހައްޓަމުން އަންނަ މަސައްކަތް ތައް އެހެން މިނިސްޓްރީ އަކާ ޙަވާލުކޮށްފަ ޖެންޑާ މިނިސްޓްރީވެސް އުވާލަންވީ. އެއީ މައުމޫނު ދައުރުގައި ރާޝިދާއަށް ވަޒީރުކަމެއް ދޭންވެގެން އުފެއްދި ވުޒާރާ އެއް. ވަޒީރުކަން ދޭންޖެހުނީ މާލެއިން އޭނާއަށް ގޯއްޗެއް ދޭންވެގެން.

  49. ޥަލުކުކުލު

    ކަމުން އަނިޔާވެރި ނަމުން އޯގާތެރި ސރުކާރު

  50. ާއެކުސް

    އޯގާތެރި ސަރުކާރުގެ އޯގާތެރިކަން ތިޔަފެނިވަޑައި ގައްނަވަނީ