އަހްމަދު ފާތިހް (ބެންޖޯ) ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ނިންމައިފިއެވެ. ބެންޖޯ ނިންމާފައި ވަނީ ތުލުސްދޫ ދާއިރާގެ މަޖިލިސް އިންތިޚާބަށް ކުރިމަތިލާށެވެ.

ބެންޖޯ ބުނީ ކ.ހުރާ، ތުލުސްދޫ، ހިންމަފުށި އަދި ދިއްފުށީގެ ރައްޔިތުން އެދިތިބީ ރައްޔިތުންނާއި ގާާތުން ހިދުމަތްކޮށްދޭނެ މެންބަރަކަށް ކަމަށާއި އެހެންކަމުން ދާއިރާގެ ގިނަ ބައެއްގެ އެދުމުގެ މަތިން ތުލުސްދޫ ދާއިރާއަށް ކުރިމަތިލުމަށް ނިންމަވާފައިވާކަމަށެވެ.

ބެންޖޯ އަކީ ދިއްފުށީ މީހެކެވެ. އޭނާ ވަނީ ކުރިން ފުލުހުންގެ ތެރޭގައި ވެސް މަސައްކަތް ކޮށްފައެވެ.

ބެންޖޯ އަކީ 2015 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ފިނިފެންމާ ލޯންޗް ބޮން ގޮއްވާލި ހާދިސާ އާއި ގުޅިގެން ހޯދަން އިއުލާން ކުރި މީހެކެވެ. ނަމަވެސް އޭނާ ރާއްޖެ އައުމުން ފުލުހުން އޭނާ އާއި އެއްވެސް ސުވާލެއް ކޮށްފައެއް ނުވެއެވެ.

މަޖިލިސް އިންތިޚާބު ކައިރިވަމުން އަންނަ އިރު ވަރަށް ގިނަ ބަޔަކު އަންނަނީ އިންތިޚާބަށް ކެމްޕޭން ކުރަމުންނެވެ. މިއަހަރުގެ މަޖިލިސް އިންތިޚާބުގައި ވެސް ހާހަކާއި ގާތް ކުރާ އަދަދަކަށް ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ޝިފާއު އަށް ..
    މިހާރު ހެޔޮލަފާ މީހުން ނަށް ބަލާ މީހުންފެންނަނީ ވަރަށް މަދުން ހިތްވަރާ އެކު ނުކުތީތީ މަރުހަބާ އެކަމަކު ފައިސާ އަށް ގިނަ މީހުން ހެއްލެނީ... ހެޔޮލަފާމީހަކީ އަގެއްނެތް މީހެއް .. ނުބައި ނުލަފާ މީހުން މިއަދު އިންޒަތްތެރިންނަށް ވެއްޖެ ކުށްވެރިން ބޮޑެތި މަޝްހޫރު ލީޑަރުންނަށް ވެއްޖެ . ޖަލުގައި ތިބޭ މީހުން ސާފު ހުދު ފޮތި ކޮޅަކަށް ވެއްޖެ . އަބުރު ގެއްލިފާވާ މީހުން މަޝްހޫރު މީހުންނަށް ވެއްޖެ.