ކުރީގެ ރައީސް އަޙްމަދު އަދީބަށްވެސް އިންސާނަކަށް ވީތީ ލިބެން ޖެހޭ ޙައްޤުތައް ލިބެން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

އަދީބު ހައްޔަރު ކުރުމުގެ ކުރިން ވެސް އަދީބާއި ގާތް ގުޅުމެއް ބާއްވަމުން އައި އަދި މިހާރު ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވާ މުސްތަފާ މިރޭ އަދީބްގެ އަނބިކަބަލުން ކުރެއްވި ޓްވީޓް ރީޓްވީޓް ކުރައްވަމުން ވިދާޅުވީ، އިންސާނީ ޙައްޤުތަކުގެ ވާހަކަ (ސަރުކާރުން) އަންބާއެއްހެން ކިޔަމުން ދާއިރު، އިންސާނަކަށް ވީތީ ލިބެންވާ ޙައްޤު އަދީބަށްވެސް ލިބެން ޖެހޭ ކަމަށެވެ.

މިރޭ މުސްތަފާ އަދީބުގެ ދިފާއުގައި ވާހަކަދައްކަވާފައި ވާއިރު މީގެ ކުރިންވެސް މުސްޠަފާވަނީ އަދީބްގެ ދިފާޢުގައި ވާހަކަފުޅު ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބޯހަލާކު

    މިވެސް ވާނީ އަދީބުގެ ގުއި ރޯނުގައި ޖެހިފައިވާ މީހަކައް

    • ސެްސް

      އެރޯނުން ހަދާފައި އޮތީ ގޮޅި ކުޑަ ދަލެއް.
      ވަރަށް މަދު އެއްޗެއް ސަލާމަތުން އޮތީ

  2. ހެހެ

    އަދީބުގެ ބާރު އޮތަް އިރު ތިބުނާ ކަންތައްތައް ވީތަ..ނައިބު ރައިސްކަންވެސް ފޭރިގަތީ..

  3. ސަޒަން

    އެހެންވެއްޖިއްޔާ އަދީބައް ފައިސާ ކާންލިބުނު ވަރަށް އެފުރުސަތުވެސް 500% އިންސާނުންނޭ މިކިޔާ ހުރިހާ ދިވެހީންނައްވެސް ލިބެންޖެހޭނެ!

  4. އަނެއް

    އަދީބުފޮރުވާފައި ހުރި ލާރިގަނޑުގެ ބޭނުމުގައި މުސްތަފާ ތެޅިބާލަނީ އެއިންބައެއް ހޯދަން.

  5. ޢަބުދުލް ވާހިދު

    މުސްތޮފާ އަކީއަމިއްލަ އެދުމުން ފޯވެ ހަލާކުވެފައިވާ މީހެއް މިކަލޭގެ އެއުޅެނީ އަދީބު ފޮރުވާފައި ހުރި ފައިސާ ތަކުގެ ދަހިވެތި ކަމުގާ މިއީ ހަމަ ޤައްދާރުންގެ ސިފަ އެއްގޮތެއްގައި ނުހުރެވޭނެ

  6. ޭލާރިބަނޑު

    އިންސާނަކަށްވީތީ ޖަލުގައި އޮންނާކަށްނުޖެހޭނެތަ. އިންސާނަކަށްވީތީ ރައްޔިތުންގެ ފައިސާއިން ބޮޑުކޮށް ވައްކަންކުރަންޖެހޭތަ.އިންސާނަކަށްވީތީ ވައްކަންކުރީމަ ޖަލަށްދާންޖެހޭ. ވަގުފައިސާ ލިބުނުމީހުން އަދީބުގެ ދިފާއުގަ މިތެޅެނީ

  7. ދޮންކަލޯ

    ފުރަތަމަ ރަށްތެތުންގެ ހައްގު އަދީބުއަތުންހޯދާ އޭގެފަހުގަ އަދީބައްހައްގުވާއެއްޗެއްހޯދާ