ކޯލިޝަންގެ ހަތަރު ލީޑަރުންގެ ބައްދަލުވުމަށް ތައްޔާރަށް ހުންނެވިކަމަށް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ "ރާއްޖެ ޓީވީ" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުނެވެ. ގާސިމު ވިދާޅުވީ ލީޑަރުންގެ ބައްދަލުވުން ނުބޭއްވިގެން އުޅޭނީ އެމަނިކުފާނު ބިޒީ ވެގެން ނޫން ކަމަށާއި، ކޯލިޝަން ލީޑަރުންގެ ބައްދަލުވުން ވަކި ދުވަހަކު ބޭއްވުމަށް ރައީސް އަރިހުން އެދިފައި ނުވާނެކަމަށެވެ.

"ކޯލިޝަންގެ ހަތަރު ލީޑަރުންގެ ބައްދަލުވުމަށް އަޅުގަނޑު ތައްޔާރު, ވަރަށް އަވަހަށް ބައްދަލުވުން ބޭއްވިގެން ދާނެ ކަމަށް ގަބޫލުކުރަން" ޤާސިމް ވިދާޅުވި އެވެ.

ގާސިމު މިގޮތަށް ވިދާޅުވިއިރު، ދާދި ފަހުން ގާސިމް ވަނީ ރައީސް ޔާމީން އިސްވެ އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީ ޕީއެންސީގެ އިސްވެރިންނާއި ބައްދަލުކުރައްވާފާއެވެ. އަދި ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ކޯލިޝަން ހަދައިގެން މަސައްކަތް ކުރުމަށް ބޭނުންވާ ކޮންމެ ފަރާތަކާއެކުވެސް މަޝްވަރާ ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.

ޕީއެންސީން ވަނީ ޖުމްހޫރީ ޕާޓީ އާއެކު މަޝްވަރާ ކުރުމަށް ތައްޔާރަށް ތިބި ކަމަށް ބުނެފައެވެ. އަދި އެޕާޓީއަށް ނިސްބަތްވާ ބޭފުޅުން ގެންދަވަނީ ޤާސިމަށް ތަޢުރީފު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ކުރީގެ ރައީސް ޔާމީން ވެސް ވަނީ ގާސިމާއި އެކު މަސައްކަތް ކުރެވިދާނެ ކަމަށް މީގެ މަހެއްހާ ދުވަސް ކުރިން ވިދާޅުވެފައެވެ.

މިމަހު 24 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯލިޝަންގެ ބައްދަލުވުމެއް މި ހަފްތާގެ ތެރޭގައި ބޭއްވޭނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރު ނޮވެމްބަރު 15 ދުވަހު ހޮޓެލް ޖެންގައި ބޭއްވި ބައްދަލުވުމުގައި ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުން ކޮންމެ މަހަކު އެއް ފަހަރު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަނީ

    ތާސްކުޅޭ ބައްދަލުވެފަ!

  2. ލަބީބު

    85 ދާއިރާއަށް ވާދަކުރުމަށް ނިންމި ނިންމުން ހަމަ ބަދަލުކުރުވާތި!!!! ގަދަކޮޅެއް އެގިދާނެ މިފަހަރު! ރޫޅޭނެ ރޫޅޭނެ ކޮންމެ އެއްޗެކޭކިޔަސް!

  3. ހަނީ

    ތެޅެން ފެށީ ދޯ. ކިޔާނެ ހާ އެއްޗެއްކިޔާފަ ދެން ކީއްކުރަން.

  4. އަހުމަދު

    4 ލީޑަރގެ ބައްދަލު ވުމުގައި ބޯ ގިނަ ކުރަން އިތުރު މީހުން ތިބެނީ ކީއްކުރަން. އަންނި އަދި ފައިސަލް ނަސީމް ކިހިނެއް މިވަނީ........ހުސް އަނގަތަޅަން ބައްދަލް ވަނީ ފޮޓޯ އިން ވަރަށް ނަލަ ކޮށް ފެނުނަސް ވަރަށް ހޫނު އަރާ ކަމަށް ވަނީ ބައްދަލް ވުމުގައި ހެހެ

  5. ނޫރު

    ކޮން ކޯލިޝަނެއްތޯ ..
    ރ.ނަޝީދުއަށް އޭނާގެ ސަޕޯޓަރުން 2013
    ގެ އިންތިޚާބުގަ 106000 ގަޑު ވޯޓް ދިން މިފަހަރު ވެސް ނަޝީދުގެ ސަޕޯޓް އެއްޗަކީ.
    ޖޭޕީގަތިބީ.12000 މެނަވަރުން
    އދޕ.5800 މެންބަރުން
    ރ.މައުމޫނުގެ 6000 ސަޕޯޓަރުން
    ރ.އބމ.ސޯލިހު7000 ސަޕޯޓަރުން
    .......................
    އެއްވެސް ކޯލިޝަނެކޭ ކިޔާނެކަމެއްނެތް. ސަރުކާރު ނިހިންގޭނެ ބައި އަޅައިގެން. މިއީ އެމްޑީޕީގެ ސަރުކާރެއް. މިފަހަރު ފުރުސަތުދީ .3ފަހުން ރ.އިބޫ އިސްތިއުފާދީފަ ޖޭޕީއަށް 2 އަހަރު ދިނީމަ އޯކޭ.

  6. Anonymous

    ގާސިމް މޮޔަފުޅުވީތޯ؟ މިގައުމު މިދަނީ، ހަލާކުގެ ތެރެއަށް. ގާސިމް ތިހެން ބައްދަލުވުމުގަ ހުއްޓަ، މަޖްލިސް މޑޕ ގެ އަތްދަށަށް ގެންގޮސް ގާސިމް، މަޖްލިސް ރައީސްކަމުން ދުރުކޮށް، ގާނޫނުތަށް ބޭނުންގޮތަކަށް ހަދާ ވެރިކަމުގެ ނިޒާމު ބަދަލުކޮށް، ވެރިކަމުގެ ތެރޭގައި ތިބި ބޭރު ޕާޓީތައް ނެރެލާނެ. މިހާރު ކަމެއް ކުރިއްޔާ އެކަނި ކުރެވެން އޮންނާނީ. މަޖްލިގެ ރައީސްގެ ހައިސިއްޔަތު ނުގެއްލެނީސް، މަޖްލިހުން ކަންކަން ނިންމާލަބަލަ.

  7. ޢާމިރު

    ލީޑަރުންގެ ބައްދަލުވުމުގައި އެއްމެ މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެނީ ލާދީނީ އަތާއި ދެކޮޅަށް އަޑު އުފުލުން