މަރުވެފައި އޮތް މީހަކު މާލެ ފަޅުތެރެއިން މިއަދު ހެނދުނު ފެނިއްޖެއެވެ.
މަރުވެފައި އޮތް މީހަކު ފެނުނީ ކަރާ މާރުކޭޓް ހުންނަ ސަރަހައްދު ކައިރިން ފަޅުތެރެއިންނެވެ. މަރުވެފައި އޮއްވާ ފެނުނީ އިންޑިއާ ފިރިހެނެއް ކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މަރުވެފައި އޮތް މީހާގެ ހަށިގަނޑު ފެނިފައި ވަނީ މިއަދު ހެނދުނު 06:08 ހާއިރު ކަމަށެވެ.
ފުލުހުން ވިދާޅުވީ އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއް ލިބިފައިވާކަން ފެންނަން ނެތް ކަމަށެވެ.
މިއީ ފާއިތުވި 20 ދުވަސް ތެރޭގައި ރާއްޖޭގައި ކުއްލިއަކަށް މަރުވެގެން މީޑިއާގައި ރިޕޯޓް ކުރެވުނު 23 ވަނަ މަރެވެ.
ފަހަކަށް އައިސް ކުއްލި މަރުގެ ހާދިސާތައް އާދަޔާއި ހިލާފަށް އިތުރު ވެފައިވާކަން ފާހަގަ ކުރެވެއެވެ.
ފަހަރެއްގައި އޭނާގެ ފޯނު، ނުވަތަ ވޮލެޓް ، ނުވަތަ އެފަދަ އެހެން އެއްޗެއް ވެއްޓުމުން ފުއްމާލީކަމަށްވެސް ވެދާނެ. ރަނގަޅަށް އެސަރަހައްދު ބަލާ.
ދެން އިބްރާ، އާނިޔާ، ޝަހިންދަ ކައިރީ ބުނޭ މައިތިރިވެ ދީނާއި ފުށުއަރާ ފާޑު ފާޑު ވާހަކަ ނުދައްކައި މައިތިރި ވާށޭ. އެމީހުން އުޅޭގޮތުން އަހަރުމެން ބިރުން ހަލާކުވޭ އެބަ. މިގައުމަށް އައިސްގެން މިއުޅޭނީ އެމީހުންނާއި ހެދި ﷲހަޒްރަތުން އިންޒާރުތަކެއް ނޫންކަމެއް ނޭގޭ
މިހާރު ޒިންމާ ވާނީކާކު ؟
ވެރިކަން ހޯދަން ވަގު އެމްޑީޕީން ޖެހި ސިހުރު
ވަގު ޔާމިނަށް ދެން ވެރިކަމެއް ނުލިބޭނެ
އަވަހަށް އިންޑިޔާ ސިފައިން ރާއްޖެ ގެނޭ، އެބައަމީހުން މަރަނީއޭ ކިޔާފަ. ތިވާނީ އެކަމަށް މަގުފަހިކުަރަން ރާވައިގެން ކުރިކަމަކަށް
ރޔ ނަމަ ކަންތައް ހުރީސް
މިހެންމަރުވާ މީހުންގެ ޒިންމާ ނަގަން ޖެހެނީ ކޮންފަރާތަކުން
މި ސަރުކާރު އައިފަހުން ހީވަނީ ވިހާ މަރުވާ ބަލަހައްޓަނީ ވަގުތު ނޫހުންހެން! ކަށުނަމާދަށްވެސް އަންގާލާނަމަ ފަސޭހަވާނެ! ސުކުރިއްޔާ
ކޮބާހޭ މަރުކޮމެޓީ.. ކަލޭމެނަށް ކޮމެޓީހަދައިގެން އެލަވަންސް ކެއުންނޫން ކުރެވުނީ ކޮންކަމެއް؟ އެއްވެސް މަރަކާބެހޭ އެއްވެސް ކަމެއް ހާމައެއް ނުކުރެވުނެއްނު! އަދިވެސް ރައްޔިތުން ބޯކާލައިގެން ވެރިކަމަށް އެރޭތޯބަލާ!
ތިމީހާއައް ކިޔަނީ ކޮންނަމެއްބާ..އިންޑިއާ ގިނަމީހުންނައް ކިޔާނީ މޯދީ..
މިއީ މަރު ކޮމިސަނަށްއިތުރުވި ބޮޅެއް .ގާނޫނުއަސާސީ ބުނާގޮތުން ހުރިހާމަރުވެސް ތަހުގީގު ކޮށް ބެލްންވާނަ ހަމަހަމކަން ގާއިމުކުރަންވާނެ.
ތީ ޖިންނި ފަރާތުގެ ކަމެއް.
މިހާރު ޕޮލިހުންނަށް އެއްވެސް މަރުގެ ތަހުގީގެއް ކުރާކަށް ނުޖެހޭނެ ، މަރުތައް ތަހުގީގު ކުރާ ކޮމެޓީއާ ހަވާލުކޮށްލާ ރާސް ޓަސް .