އިޖުތިމާޢީ ދާއިރާގައި ދިވެހިރާއްޖޭގެ އެންމެ މުޙިއްމު އެއް ބައިވެރިޔަކީ އިންޑިޔާކަމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ނިއު ދިއްލީގައި ވިވަކަންޑަނާ ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ވަށް މޭޒު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ ޒަމާނުންސުރެ އިންޑިޔާ އިން ދިވެހިރާއްޖޭގެ އިޖުތިމާޢީ ތަރައްޤީއަށް މުހިއްމު ހިއްސާއެއްވެސްވާކަމުގައެވެ. ހަމައެހެންމެ، ދެ ޤައުމުގެ ގުޅުމަކީ ތާރީޚީ ގުޅުމެއް ކަމަށާއި، މި ގުޅުން ދެމިގެން ގޮސްފައިވަނީ އިންޑިއާ އަވަށްޓެރި ޤައުމަކަށްވުމުގެ އިތުރުން ދެ ޤައުމުގެ މެދުގައި އޮތް އެއްގޮތް ސަޤާފަތާއި ވައްޓަފާޅީގެ ސަބަބުން ކަމަށެވެ.

ވަށްމޭޒު ބައްދަލުވުމުގެ ތެރެއިން

އިންޑިޔާއިން ރާއްޖޭގެ އެކި ދާއިރާތައް ތަރައްޤީކޮށް ކުރިއެރުވުމަށް ބޮޑެތި އެހީތަކަށް ފޯރުކޮށްދެއްވާކަމަށް މިނިސްޓަރު ވިދާޅުވިއިރު، އިޖުތިމާޢީ ދާއިރާގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށާއި އަންހެނުން ބާރުވެރިކުރުވުމަށް އިންޑިއާއިން ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވާކަމަށް ޝިދާތާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާގެ މި ދަތުރުފުޅުގައި އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވާ ގޮންޖެހުންތައް ސަމާލުކަމަށް ގެންނަވައި، އެ ކަންކަން ޙައްލުކުރުމުގައި ގުޅިގެން ކުރެވިދާނެ މަސައްކަތްތައް ޙިއްޞާކުރައްވައިފައިވެއެވެ. އަދި އަންހެނުން ބާރުވެރިކުރުވުމަށާއި މިންތީގެ ހަމަހަމަ ކަން ގާއިމުކުރުމަށް ސަރުކާރުން އެކަށައަޅުއްވައިފައިވާ ސިޔާސަތުތަކުގެ މަޢުލޫމާތު ވެސް މިނިސްޓަރު ދެއްވައިފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގެރިބޯ

    އިންޑިއާއަކީ ގެރީގެ މުޖުތަމައުއެއް. އަހަރުމެންވެސް ގެރިއަށް އަޅުކަން ކުރަން ފަށައިފިނަމަ އެމީހުންގެ ލޯބި ލިބޭނެ

  2. ފޫޅުމައިބެ

    ފުރަތަމަ އިންޑިޔާ އަކީ އިޖްތިމާއީ ފޭރާން ގެއްލި، ކުޑަކުދިން ރޭޕްކުރަމުން، އަންހެން ކުދިން ބޭނުން ނޫންކަމަށް ބުނަމުން ދުވާ ބައެއް

  3. އިލްހާމް

    ރޭޕިސްތާން ޒިންދާބާދު

  4. މޯދީ

    ބަލަ ކޮން އެއްގޮތް ސަގާފަތެއް،ވައްޓަފާޅި އެއް؟ އަހަރެމެންނަކީ ގެރީގެ ނަޖިހުން ފެންވަރާ އުނގުޅާ އުޅުނު

    ބައެއްނޫން އެއް އިރެއްގައި ވެސް. އަތު ޖެހުނު ކޮންމެ

    އެއްޗަކަށް ، ތަން ތަނަށް، މީހުނަށް އަޅުކަން ވެސް

    ކޮއް އުޅުނު ބައެއް ނޫން. ވެދާނެ މި ސަރުކާރުގެ އުޅޭ

    މީހުނަކީ ގެރި ކަލާނގެ އައް އަޅުކަން ކުރާ މީހުން ކަމަށ

  5. ހުސޭނުބޭ

    އެހެންވިއްޔާ އިންޑިޔާގެ އިޖްތިމާޢީ ދާއިރާ ގައިގައި ވަށައިގެން ދުވޭ! އަހަރެމެންނާ ކައިރިނުވާތި! ވަރަށް ނުބައި ވަސްދުވާ އެއްޗެއް އެއީ!