ޖެންޑާ މިނިސްޓްރީން ބަލަހައްޓަމުން އައި އުމުރުން 85 އަހަރުގެ މީހަކު މަރުވި މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލަން ފަށައިފިއެވެ.

އެޗްއާރްސީއެމް އިން މިއަދު ހެނދުނު ކުރި ޓްވީޓެއްގައި ވިދާޅުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ އުމުރުން ދުވަސްވީ ފިރިހެނަކު މަރުވި މައްސަލައެއް އެޗްއާރްސީއެމް އިން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ. އޭނާ އަކީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި މީހެއް ކަމަށް އެޗްއާރްސީއެމްގެ ޓްވީޓްގައި ވެއެވެ.

އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނިކޮށް ރޭ އޭނާ މަރުވީ ގުދުރަތީ މަރަކުން ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެ މައްސަލަ ހިއުމަންރައިޓްސް ކޮމިޝަނުން ބަލަމުންދަނީ، ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ މީހަކު ނިޔާވެއްޖެ ނަމަ ބަލަން އޮންނަ އާއްމު އުސޫލުން ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ވިދާޅުވެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވި މައްސަލަ އެޗްއާރްސީއެމް އިން ބަލަމުން އަންނަނީ ޝައްކު ކުރެވޭ ކަމެއް ހިނގައިގެން ކަމެއް ނުވަތަ ނޫންކަމެއް އެޗްއާރްސީއެމް އިން ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޓްރޭސް

    އެކަމަކުވާ! ތީދެން ކުރާނެކަމެއް ނެތިގެން އުޅޭބައެއްތަ؟

  2. ލަބީބު

    ރައީސް ޔާމީންގެ ވެރިކަމުގައި ތިޔަގޮތަށް މީހަކުމަރުވުމުން އެއީ ސަރުކާރުގެ އިހްމާލުކަމަށް ގޮވައި ނެގިމީހުން މިއަދު ތ ކިޔަނީ ޤުދުރަތީގޮތުންނޭ! ބަލަގަ ކޮންމެ މީހަކީވެސް އަޖަލުހަަމަވުމުން މަރުވާނޭ މީހެކެވެ. އޭގައި ކުޑައެއް ބޮޑެއް މުސްކުޅިއެއް ޒުވާނެއް ކުޑަކުއްޖެއް އިސްތިސްނާއެއް ނުވާނެއެވެ. އަދި އެވަގުތު އެ ނަފްސް ހުރި ނުވަތަ އޮތް ކޮންމެ ތަނަކުން އޭނަ ގެންދެވޭނެއެވެ. މައްސަލައަކީ އެއީވެސް ސިޔާސީ ކަމަކަށް ހެދުމެވެ. އޭރު ކަލޭމެން ގޮވި ހުރިހާކަމެއް އެދަނީ މިއަދު ކަލޭމެންގެ އަތަށް ގޮވަމުންނެވެ.

  3. ޅިޔަނު

    މިހެން މަރުވާ މީހުންގެ މަރުޒިންމާ މީގެ ކުރިން އަޅުވަނީ ރައީސްގެ ނަމުގަ..މިހާރު މިކަން އޮތީ ކިހިނެހްބާ..

  4. މުޙައްމަދު

    ހިއުމަން ރައިޓްސް އޭ ކިޔާ،މިބައިގަނޑުމީ ހަމަ ޔަހޫދީ ބައިގަނޑެއް .. މާތްﷲ ބާވާލެއްވި މާތް ފޮތުގަ އޮތް ޤާނޫނަށް ތަބާވާ ބައެއްނޫން ..

  5. މިގޭ

    މިހާރަކަ ގުދުރަތީ މަރަކުންނޫނީ މަރެއް ނުވާނެ.