ދިވެހި ފުލުހުންގެ ޔުނީފޯމްގައި ހަރަކާތްތެރި ވަމުން ދަނީ ގޭންގް މެންބަރުން ކަމަށާއި ފުލުހުންގެ ޔުނީފޯމްގައި ގޭންގް މެންބަރުން މަގުމައްޗަށް ނެރެނީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ނަޝީދަށް ހުސައިން ވަހީދު ރައްދު ދެއްވައިފިއެވެ.

ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓަށް ރައްދު ދެއްވުމުގެ ގޮތުން ހުސައިން ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ސަރ މޮޔަފުޅުވީތޯ؟ އަޅުގަނޑު ނުޖެހޭނެ ބަޔަކު ނެރޭކަށް. ދިވެހި ސިފައިންނާއި ފުލުހުންގެ ކިބައި މަގުތައް އަމާން ކުރުމުގެ ގާބިލްކަން ހުންނާނެ. އެބޭފުޅުން އެކަންކަން ކުރައްވާނެ" ކަމަށެވެ.

ހުސައިން ވަހީދު މިރޭ "ވަގުތަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭނާ ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވެވި ސައުވީހަކަށް އަހަރު ތެރޭގައި ގައުމުގެ އަމާންކަން ގާއިމް ކުރުމަށް އެތައް ބަޔަކު ތަމްރީން ކުރައްވާފައި ވާނެ ކަމަށާއި އެހެންކަމުން މިއަދު ބޭރުން ބަޔަކު ފުލުހުންގެ ޔުނީފޯމް ލައްވާފައި ނެރެން ނުޖެހޭނެ ކަމަށެވެ.

"އަޅުގަނޑުގެ ވެސް އަދި ދިވެހި ރައްޔިތުންގެ ވެސް އިތުބާރު ފުލުހުންނާއި ސިފައިންނަށް އެބައޮތް. ގައުމަށް ގެއްލުމެއް ލިބިދާނެ ކަމެއް ސިފައިންނާއި ފުލުހުން ނުކުރައްވާނެ. އިތުރު ހަމަނުޖެހުމަކަށް ނުގޮސް ކަންކަން ހަމަޖައްސާ ގައުމު އަމާން ކުރުމުގެ ގާބިލްކަން ފުލުހުންނާއި ސިފައިންގެ ކިބައިގައި އެބަހުރި. އެހެންވީމާ އަޅުގަނޑު ވެސް އެހެން މީހަކު ވެސް ނުޖެހޭ ބޭރުން ބަޔަކު ވައްދައިގެން ކަންތައްތަކެއް ކުރާކަށް." ހުސައިން ވަހީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ޔުނީފޯމްގައި ގޭންގްތަކުގެ 45 ކުދިން ނެރެއްޖެ ކަމަށާއި މިކަމުގައި އިސްކޮށް ހުންނެވީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ކަމަށެވެ.

"ފުލުހުންގެ ޔުނީފޯމްގައި ގޭންގްތަކުގެ 45 ކުދިން ނެރެއްޖެ. މިކަމުގައި އިސްކޮށް ހުންނެވީ ކުރީގެ ސީޕީ ހުސައިން ވަހީދު. އެމްއެންޑީއެފް އަދި ފުލުހުން ރައްޔިތުންގެ ދިފާޢުގައި ނިކުމެވަޑައިގަންނަވާ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ގޭންގްތަކަށް ނިސްބަތްވާ 45 ކުދިން ފުލުހުންގެ ޔުނީފޯމް ލައިގެން ނިކުމެއްޖެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އިރު އެމަނިކުފާނު ވަނީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން މިފަދަ ސާބިތު ނުހިފޭ ވާހަކަފުޅު ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ކިނާން

    ކުރީގެ ރައީސް ކަމަޢް އަޅުގަނޑުމެން ގަބޫލް ނުކުރަން ނަސީދު ހަމައިން ކަޓާފަ ހުންނާނި އަބަދު އެހއން ވީމަ މޮޔަފުޅުވާނެ ނޫން ތޯ

  2. ސްމައިލް?

    މީ މި ޤަރުނުގެ ފިރުއައުނު

  3. ފާތިން

    ހިދުކޮޅު އައިސް ހުންނަ ވަގުތު ކިޔޭ ނުކިޔޭ ނޭނގޭ މީހެއް ދެން ކިހިނެއް މި ގައުމުގެ ވެރިކަން މިކަލޭގެ ކުރާނީ!

  4. ާަަގައްޒާފީ

    ޢައްސަލަާމް އަލައިކުމް... ގައުމަށް ބޭނުން ވަނީ

    ބޭރު މީހުން ދިވެހިންނެއް ނެތް .

    ދިވެހިރަާއްޖޭގައި ދިވެހިންނެއް

    މިހާރަކު ނެތް ތިބީ ބަންގްލަދޭސް މީހުން

  5. ާަަގައްޒާފީ

    Dhivehi raajje gai dhivehi neh neh dhivehi raajje ga thibee rahyittun ge gothuga thibee Bangladesh meehun dhen dhivehi rajje ah kihineh tho vani

  6. Anonymous

    Dhivehi raajje gai dhivehi neh neh dhivehi raajje ga thibee rahyittun ge gothuga thibee Bangladesh meehun dhen dhivehi rajje ah kihineh tho vani

  7. ޢަރީފް

    ކުރީގެ ރައީސް ސޮނިބެ، ސޮނިބެ މީ

    މިގައުމަށް ދިމާވެފަހުރި ބަލާ މުސީބާތެށް،

  8. ސީ

    ތީ މޮޔަސޮރު???

  9. ގާސިމްބެ

    46 ނޫންތަ؟ ހެހެ

  10. މުޙަންމަދު

    އަންނި މިޤައުމުގެ ހަލާކު!

  11. މުޙަންމަދު

    ތީ ރާބޯ ގޮލައެއް!ބަލާބަލަ އެސޮރުގެ އަނގަމަތި. ހަމަ ރޭތި ނަޖިހެއް ! މިފަސްގަނޑު މުޑުދާރުކުރުމަށް ތި ކާފަރު ސޮރު މިތަނަށް ނާރުވާތި! އީޔޫ އޮށްނާނެ!

  12. މުޙަންމަދު

    ވެރިކަމުގެ ބޫތު ކައިފައި ހުރިވަރުން ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގޭ!ވާނީވެސް އެހެންތާ އެފަދަ ނޭއްގާނީ ބަޣާވަތްކުރުމާއި އަމަން އަމާންކަން ނަގާލުމުގައި ރެކޯޑު އޮތް ބައިގަނޑެއްގެ ތެރޭގައި ބޮޑުވީމާ ވާނެގޮތް! އަދި ތިސޮރު މﷲޯރިގަދަވާނެ ނޫން. ﷲ މި ސުންޕާ ބައިގަނޑުން މިޤައުމު ސަލާމަތްކުރައްވާށި!

  13. މުޙަންމަދު

    ތީ ކެނެރީ ބޮއްޅަބޭ!

  14. ކޮއްކޮ

    ތިބޭފުޅާ ނޫންތޯ ތަޅާނެ ކުދިންކޮޅެއް ހޯއްދަވަން އުޅުއްވީ.
    އަސްލު ބުނަން ފުޅައް ބުޑުން ދިޔައްޔާ ކެޔޮގަނޑު ކަނޑާނެ އޭ އެސޮރު ހީކުރަނީ

  15. ދެ އަލްޔަން

    ސީޕީގެ ވާހަކަ އަށް ތާއީދު

  16. ސުވާސްތީ

    އިސްތިއުފާ ދިން ރައީސް ނަޝީދަކީ ފިތުނަ ފަސާދަ އުފެއްދުމާއި ދޮގުހެދުމާއި އަނިޔާވެރިކަމަށް ގޮވާލާ މުނާފިގެއް. މުޒާހަރާއަށް މީހުން ނުނިކުންނާތީ ދޮގުހަދައި ރައްޔިތުންނަށް އޮޅުވާލައިގެންވެސް މީހުން އެއްކުރެވޭތޯ އެބަލަނީ. ހަނދާން ނައްތާލާ ބުރޯ.

  17. ތަކުރު

    ނަޝީދުއަކީތާކުންތާކުޖެހޭވާހަކައެއްދެއްކެމމީހެއްނޫން އަބަދުހުންނނީ ބުއްދިފިލާފަ