ޕީޕީއެމްގެ ކޮންގްރެސް ބަލައިގަންނަން ހައިކޯޓުން ކުރި ޙުކުމް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ކުރިއަށް ގެންދާ ޝަރީޢަތުގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން މިއަދަށް ތާވަލް ކޮށްފިއެވެ.
ދެންމެ ސުޕްރީމް ކޯޓުން ވަނީ އެމައްސަލައިގެ އަޑުއެހުމެއް މިއަދު 12:45 ގައި އޮންނާނެ ކަމަށް ވިދާޅުވެފައެވެ.
ޕީޕީއެމް އިން މިދިޔަ ސެޕްޓެމްބަރ މަހު ބޭއްވި ކޮންގްރެސް ގައި ޕާޓީގެ ރައީސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި ޕާޓީގެ ނައިބު ރައީސުންނަށް އަބްދުއްރަހީމް އަބްދުﷲ އާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު އިންތިޚާބު ކުރިއެވެ. އަދި ޕީޕީއެމްގެ އަސާސީ ގަވާއިދަށް 10 އިސްލާހެއް ކޮންގްރެސްގައި ގެނެސްފައިވެ އެވެ.
ޕީޕީއެމް ކޮންގްރެސް އެންޑޯޒް ކުރެވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. ހައި ކޯޓުން ނިންމާފައި ވަނީ ޕީޕީއެމް ކޮންގްރެސް ބާއްވާފައި ވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާއި އިންތިޚާބުތަކާ ބެހޭ ގަވާއިދާ އެއްގޮތަށް ކަމަށެވެ.
ޕީޕީއެމްގެ ކޮންގްރެސްއަކީ ޕާޓީގެ އަސާސީ ގަވައިދާ އިންތިހާބުތަކާ ބެހޭ ގަވައިދުތަކާ އެއްގޮތަށް ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާއުތަކެއް ފުރިހަމަކޮށްފައި ބޭއްވި ކޮންގްރެސްއެއް ކަމަށް ހައިކޯޓުގެ ޙުކުގައި ވެއެވެ.
އެ ޕާޓީގެ ހިންގުން އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރަން އެ ޕާޓީގެ އާންމު ދެ މެމްބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގެ ފައިލްތައް ސުޕްރީމް ކޯޓަށް ގެންގޮސް ސުޕްރީމް ކޯޓުން ވަނީ އެމައްސަލަ ބަލަން ފަށާފައެވެ. އެމައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިމިފައެވެ. ދެން އެމައްސަލައިގައި އޮންނާނީ ޙުކުމް އިއްވުމެވެ.
ސުޕްރީމް ކޯޓުގައި މިހާރު އޮތް ޕީޕީއެމްގެ މައްސަލަތައް ޕީޕީއެމްގެ މިހާރު ލީޑާޝިޕުން ބޭނުންވާ ގޮތައް ނުނިމޭނެތީ ޕީޕީއެމްގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ކޮންގްރެސް ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ.
ތި ޕާޓީގެ މިލްކްވެރިކަން ރައީސް ޔާމީނަށް ނުދެވިއްޖެނަމަ، މިގައުމުގެ ހަލާކު ކައިރިވެއްޖެކަމަށް ބަލާ. ޝައިޠާނުންނަށް އަޅުކަންކުރާ ބަޔަކު މިގައުމުގެ ވެރިކަމަށް އިސްވެ، މަޖްލިސް ހިސޯރު ކުރުމަށް އެތިބަ ތައްޔާރުވަނީ. ﷲ އަށްޓަކައި ކޯޓުން މިކަމަށް ވިސްނަވާ.
ތިޔައެތިގަނޑު މައުމޫނަށް ދީ! ހުރެދާނެނު ބައްކޮށްގެން.
ރާއްޖޭގައި އިދިކޮޅު ޕާޓީއެއް އޮތަ ނުދިނުމަށްޓަކައި ޕީޕީއެމް މައުމޫނަށް ދޭން ސުމޯޓޯ ވެރީން އޮތީ ނިންމާފައެވެ. މި ރާއްޖޭގައި "އެވެރީންގެ" ސިފައިންގެ ބާރު ގަދަކޮށް މި8ނިވަންކަމަށް ބުރޫ އަރުވައި ސެކިލާރ ސްޓޭޓެއް ތަޢާރުފުކުރެވޭނީ އޭރުންކަން އެވެރީންދަންނާތީ "މިވެރީން" ހިތްފުރެންދެން ވަނީ ފައިސާ އޮއްސާފައެވެ. ބަލަން ތިބެމާހެއްޔެވެ؟ މި ނޫންގޮތަކަށް ސުމޯޓޯއެއް ނުނިންމާނެއެވެ. އެކަމަކު ހުރިހާ ކަމެއް ނިމުނީމާ "މިވެރީން" ވެސް ބޭރުކުރާން އޮތީ ނިންމާފައެވެ.